Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް

ޤަތަރުގެ އަމީރާ ހަވާލާދީ ހެކަރުން ދޮގު މައުލޫމާތު ފަތުރާފައިވާކަމަށް ޤަތަރުންވަނީ ބުނެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 ޖުލައި 2017 | ހޯމަ 06:09
ޤަތަރުގެ އަމީރާ ހަވާލާދީ ހެކަރުން ދޮގު މައުލޫމާތު ފަތުރާފައިވާކަމަށް ޤަތަރުންވަނީ ބުނެފަ

ޤަތަރުގެ އަމީރާ ހަވާލާދީ ހެކަރުން ދޮގު މައުލޫމާތު ފަތުރާފައިވާކަމަށް ޤަތަރުންވަނީ ބުނެފަ

ޤަތަރުގެ ސަރުކަރުގެ ސޯޝަލް މީޑިއާއާއި ޚަބަރު ސައިޓްތައް ހެކް ކޮށް ގަތަރުގެ އަމީރާ ބެހޭގޮތުން ދޮގު މައުލޫމާތުތައް ޕޯސްޓްކޮށް ގަލްފްގެ ހަމަނުޖެހުންތަކެއް އުފައްދަން ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން މެއި މަހުގެ ފަހުކޮޅު މަސައްކަތް ކުރިކަމަށް އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނާ ހަވާލާދީ ވޮޝިންގޓަން ޕޯސްޓުން އާދީއްތަ ދުވަހު ރިޕޯޓްކޮށްފިއެވެ.

ވޮޝިންޓަން ޕޯސްޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ވިދާޅުވިކަމަށް ބުނެ ދޮގު ޚަބަރެއް މެއި މަހު ޕޯސްޓްކޮށްފައިވެއެވެ. އެ ހަބަރުގައިވަނީ ޤަތަރުގެ އަމީރު, ހަމާސްއަށް ތައުރީފް ކުރައްވައި އިރާނަކީ "އިސްލާމީ ބާރެއް"ކަމަށް ވިދާޅުވި ކަމަށެވެ.

އޭގެ ރައްދެއްގެ ގޮތުން ސައުދީ އަރަބިއްޔާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހްރެއިނުންވަނީ ޤަތަރުން ޓެރެރިޒަމަށް ވާގިވެރިވާކަމަށް ތުހުމަތުކޮށް ޖޫން މަހުގެ 5 ވަނަ ދުވަހު އެ ގައުމާ އޮންނަ ޚާރިޖީ ގުޅުން އަދި އަދި ދަތުރުފަތުގެ ގުޅުންތައް ކަނޑާލާފައެވެ. ގަތަރުގެ މައްޗަށް ކުރާ ތުހުމަތު އެ ގައުމުން ދޮގުކުރެއެވެ.

ޤަތަރުގެ އަމީރާ ހަވާލާދީ ހެކަރުން ދޮގު މައުލޫމާތު ފަތުރާފައިވާކަމަށް ޤަތަރުންވަނީ ބުނެފައެވެ. ޤަތަރުން އެހެން ބުނި ނަމަވެސް އެކަން ގަބޫލުކުރަން ގަލްފްގެ ގައުމުތަކުންވަނީ ދެކޮޅު ހަދާފައެވެ.

ވޮޝިންގަން ޕޯސްޓުން ބުނެފައިވަނީ އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ލިބިފައިވާ އާ މައުލޫމާތުތަކެއް މިދިއަ ހަފްތާގައ ދިރާސާކޮށްފައިވާއިރު އޭގެން ދައްކާގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރުކާރުގެ އޮފިޝަލުންވަނީ ހެކް ކުރުމާބެހޭގޮތުން މެއިމަހުގެ 23 ވަނަ ދުވަހު މަޝްވަރާ ކުރައްވާފައެވެ. އެއީ އެ ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިއެވެ.

ނަމަވެސް އެކަން ކުރީ ޔޫއޭއީގެ އޮފިޝަލުންތޯ ނުވަތަ އެކަން ކުރީ ބަޔަކަށް ފައިސާ ދީގެންތޯ ސާފު ނުވާކަމަށް ވޮޝިންގޓަން ޕޯސްޓްގައިވަނީ ބުނެފައެވެ.

ވޮޝިންގޓަން ޕޯސްޓަށް މައުލޫމާތު ދެއްވި އިންޓެލިޖެންސް އޮފިޝަލްގެ މައުލޫމާތު އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2017

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

22 ޖުލައި 2017
މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު
20 ޖުލައި 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ

20 ޖުލައި 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ
02 ޖުލައި 2017

ސޯޝަލް މީޑިއާ ބޭނުންކުރައްވަވާ ގޮތް ރައީސް ޓްރަމްޕް ދިފާއު ކުރައްވައިފި

02 ޖުލައި 2017
ސޯޝަލް މީޑިއާ ބޭނުންކުރައްވަވާ ގޮތް ރައީސް ޓްރަމްޕް ދިފާއު ކުރައްވައިފި
08 ޖޫން 2017

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު