Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު މައްސަލަ

ޤަތަރުގެ ޝާހީ އާއިލާގެ ބޭފުޅަކު ނުރުހުމުގައި ޔޫއޭއީގައި ބަންދުކުރި ކަމަށް ބުނެފި

15 ޖެނުއަރީ 2018 | ހޯމަ 04:18

ސައުދީ އަރަބިއްޔާގެ ނިންމުމާ އެއްގޮތަށް ޔޫއޭއީން ވަނީ ގަތަރާ ގުޅުން ކަނޑާލާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 ޖެނުއަރީ 2018 | ހޯމަ 04:18
އަބޫ ދާބީގެ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން

އަބޫ ދާބީގެ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން

ޤަތަރުގެ ޝާހީ ބޭފުޅަކު އެކުވެރި އަރަބި އިމާރާތުގައި ނުރުހުމުގައި ބެހެއްޓެވިކަމަށް ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރު ޤަތަރުގެ މައްސަލަ ފެންމަތިވުމުން ސައުދީ އަރަބިއްޔާއާއިއެކު މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ޝެއިޚް އަބްދުﷲ ބިން އަލް ޘާނީ އެ ތުހުމަތު ކުރައްވާފައިވަނީ އާދީއްތަ ދުވަހު ޔޫޓިއުބުގައި ޢާއްމު ކުރެއްވި ވީޑިއޯއެއްގައެވެ.

އޭނާ ވިދާޅުވިގޮތުގައި އޭނާ ހިފަހައްޓަވާފައި ހުރީ އަބޫދާބީގެ ވަލީއަހުދެވެ. އަދި އޭނާއަށް ކަމެއް ދިމާވި ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ވަލީއަހުދު ނަންގަވަން ޖެހިވަޑައިގަންނަވާނެއެވެ.

ޔޫއޭއީގެ އޮފިޝަލަކު ވަނީ އެ ތުހުމަތު ދޮގު ކުރައްވާފައެވެ.

ޤަތަރުގެ މިހާރުގެ އަމީރުގެ ބޮޑުބޭބޭފުޅެއް ކަމަށްވާ ޝެއިޚް އަބްދުﷲ ބިން އަލް ޘާނީ ޔޫއޭއީ އާއި ބެހޭގޮތުން ދެއްވާފައިވާ މި ވީޑިއޯ ބަޔާން ދެއްވާފައިވަނީ ސީދާ ކެމެރާއަށް ބައްލަވައިގެންނެވެ.

"އަޅުގަނޑު މިވަގުތު މި ހުރީ އަބޫދާބީގައި،ޝެއިޚް މުހައްމަދުގެ މެހެމާންދާރީގައި ،އެކަމަކު މިއީ މެހެމާންދާރީ ދޭ ގޮތެއް ނޫން. އޭގެ ބަދަލުގައި މި ހުރެވެނީ ބަންދެއްގައި. އެމީހުން ވަނީ އެއްވެސް ތަނަކަށް ނުދިއުމަށް އަންގާފަ" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ"އަޅުގަނޑު ބޭނުން ދަންނަވާލަން، އަޅުގަނޑަށް އެއްވެސް ކަމެއް ވެއްޖެނަމަ،އެއީ ޤަތަރުގެ މައްސަލައެއް ނޫން"

އަބޫދާބީގެ އެޑިއުކޭޝަން ޑިޕާޓްމަންޓް އަދި ކައުންޓަރ އެކްސްޓްރީމިޒަމް ސެންޓަރގެ ވެރިޔާ އަލީ ރާޝިދް އަލް ނުއައިމިވަނީ ޝެއިޚް އަބްދުﷲ ހުންނެވީ ބަންދެއްގައި ނޫން ކަމަށާއި ބޭނުންފުޅު ވަގުތަކު ވަޑައިގަންނަވަންވީ ކަމަށް ވިދާޅުވެ ސިލްސިލާ ޓްވީޓްތަކެއް ކުރައްވާފައެވެ.

ޤަތަރުގެ ހައްޖުވެރިން ސައުދީއަރަބިއްޔާއަށް ހުއްދަދިނުމާ ބެހޭގޮތުން ކުރިޔަށް ގެންދިޔަ ވާހަކަތަކުގައި ޤަތަރުގެ ފަރާތުން ހުންނެވީ ޝެއިޚް އަބްދުﷲ އެވެ.

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2017

ސައުދީ ޝާހީ އާއިލާގެ ބޭފުޅުންނަށް ހިމާޔަތް ދިނުމަށް ޔަމަނުގެ ހޫތީން ހުށަހަޅައިފި

09 ނޮވެމްބަރު 2017
ސައުދީ ޝާހީ އާއިލާގެ ބޭފުޅުންނަށް ހިމާޔަތް ދިނުމަށް ޔަމަނުގެ ހޫތީން ހުށަހަޅައިފި
01 ނޮވެމްބަރު 2017

ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި

01 ނޮވެމްބަރު 2017
ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި
07 އޮކްޓޯބަރު 2017

ސައުދީ ޝާހީ ގަނޑުވަރަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

07 އޮކްޓޯބަރު 2017
ސައުދީ ޝާހީ ގަނޑުވަރަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި
04 އޮކްޓޯބަރު 2017

އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި

04 އޮކްޓޯބަރު 2017
އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި
23 އޯގަސްޓު 2017

އެމްބަސީ ބަންދުކޮށް ޗެޑްއިން ޤަތަރުގެ ޑިޕްލޮމޭޓުން ފައިބަން އަންގައިފި

23 އޯގަސްޓު 2017
އެމްބަސީ ބަންދުކޮށް ޗެޑްއިން ޤަތަރުގެ ޑިޕްލޮމޭޓުން ފައިބަން އަންގައިފި
17 އޯގަސްޓު 2017

ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި

17 އޯގަސްޓު 2017
ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި
22 ޖުލައި 2017

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

22 ޖުލައި 2017
މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް