Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރުގެ މައްސަލަ

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ

ސައުދީ އަރަބިއްޔާއިން ގަތަރާ ގުޅުން ކަނޑާލީ ޖޫން މަހުގެ ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 17 ޖުލައި 2017 | ހޯމަ 17:35
އަންވަރު ގަރްގާޝް ވިދާޅުވީ ޤަތަރުގެ ވެބްސައިޓްތައް ހެކްކުރީ ޔޫއޭއީގެ ބައިވެރިވުމާއެކު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް

އަންވަރު ގަރްގާޝް ވިދާޅުވީ ޤަތަރުގެ ވެބްސައިޓްތައް ހެކްކުރީ ޔޫއޭއީގެ ބައިވެރިވުމާއެކު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް

ޤަތަރުގެ ސަރުކަރުގެ ސޯޝަލް މީޑިއާއާއި ޚަބަރު ސައިޓްތައް ހެކްކޮށް ގަތަރުގެ އަމީރާ ބެހޭގޮތުން ދޮގު މައުލޫމާތުތައް ޕޯސްޓްކޮށް ގަލްފްގެ ހަމަނުޖެހުންތަކެއް އުފައްދަން ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން މެއި މަހުގެ ފަހުކޮޅު މަސައްކަތް ކުރިކަމަށް ބުނާ ވާހަކަ ޔޫއޭއީގެ ވަޒީރަކު ދޮގުކުރައްވައިިފިއެވެ.

ޔޫއޭއީގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަަޒް އަންވަރު ގަރްގާޝް ވިދާޅުވީ ޤަތަރުގެ ވެބްސައިޓްތައް ހެކްކުރީ ޔޫއޭއީގެ ބައިވެރިވުމާއެކު ކަމަށް އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނާ ހަވާލާދީ ވޮޝިންގޓަން ޕޯސްޓުން އާދީއްތަ ދުވަހު ގެނެސްދިން ރިޕޯޓަކީ "ތެދެެއް ނޫން" ކަމަށެވެ.

"ވޮޝިންގްޓަން ޕޯސްޓް ގެ ވާހަކަ އަކީ ހަމަ ދޮގެއް"ގަރްގާޝް ވިދާޅުވިއެވެ.

ވޮޝިންޓަން ޕޯސްޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ވިދާޅުވިކަމަށް ބުނެ ދޮގު ޚަބަރެއް މެއި މަހު ޕޯސްޓްކޮށްފައިވެއެވެ. އެ ހަބަރުގައިވަނީ ޤަތަރުގެ އަމީރު, ހަމާސްއަށް ތައުރީފް ކުރައްވައި އިރާނަކީ "އިސްލާމީ ބާރެއް"ކަމަށް ވިދާޅުވި ކަމަށެވެ.

އޭގެ ރައްދެއްގެ ގޮތުން ސައުދީ އަރަބިއްޔާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހްރެއިނުންވަނީ ޤަތަރުން ޓެރެރިޒަމަށް ވާގިވެރިވާކަމަށް ތުހުމަތުކޮށް ޖޫން މަހުގެ 5 ވަނަ ދުވަހު އެ ގައުމާ އޮންނަ ޚާރިޖީ ގުޅުން އަދި އަދި ދަތުރުފަތުގެ ގުޅުންތައް ކަނޑާލާފައެވެ. ގަތަރުގެ މައްޗަށް ކުރާ ތުހުމަތު އެ ގައުމުން ދޮގުކުރެއެވެ.

ޤަތަރުގެ އަމީރާ ހަވާލާދީ ހެކަރުން ދޮގު މައުލޫމާތު ފަތުރާފައިވާކަމަށް ޤަތަރުންވަނީ ބުނެފައެވެ. ޤަތަރުން އެހެން ބުނި ނަމަވެސް އެކަން ގެނެސްދިނުމަށް ގަލްފްގެ އެތައް މީޑިއާތަކުންވަނީ ފަހަތަށް ޖެހިފައެވެ.

ވޮޝިންގަން ޕޯސްޓުން ބުނެފައިވަނީ އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ލިބިފައިވާ އާ މައުލޫމާތުތަކެއް މިދިއަ ހަފްތާގައ ދިރާސާކޮށްފައިވާއިރު އޭގެން ދައްކާގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރުކާރުގެ އޮފިޝަލުންވަނީ ހެކް ކުރުމާބެހޭގޮތުން މެއިމަހުގެ 23 ވަނަ ދުވަހު މަޝްވަރާ ކުރައްވާފައެވެ. އެއީ އެ ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިއެވެ.

ނަމަވެސް އެކަން ކުރީ ޔޫއޭއީގެ އޮފިޝަލުންތޯ ނުވަތަ އެކަން ކުރީ ބަޔަކަށް ފައިސާ ދީގެންތޯ ސާފު ނުވާކަމަށް ވޮޝިންގޓަން ޕޯސްޓްގައިވަނީ ބުނެފައެވެ.

ވޮޝިންގޓަން ޕޯސްޓަށް މައުލޫމާތު ދެއްވި އިންޓެލިޖެންސް އޮފިޝަލްގެ މައުލޫމާތު އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

ޔޫއޭއީން ދޮގުކުރުން

ޔޫއޭއީން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޔޫސުފް އަލް-އުތައިބާ ނެރުއްވާފައިވާ ބަޔާނެއްގައި ހެކް ކުރިކަމުގެ ތުހުމަތު ދޮގު ކުރައްވައި ވިދާޅުވެފައިވަނީ ވޮޝިންޓަން ޕޯސްޓްގައި ވަނީ "ދޮގު" ކަމަށެވެ.

"ތެދުވާހަކައަކީ ގަތަރުގެ ކަންކަން ހުރިގޮތް.ފަންޑުކުރުން،ތާއީދުކުރުން، އަދި ތާލިބާނުން ފެށިގެން ހަމާސްއާއި ގައްޒާފީއާ ހަަމައަށް ހައްދު ފަހަނައެޅުން ފަށައިދީފި.ހަމަނުޖެހުންތައް ފެއްޓުން ދީނީ ހައްދު ފަހަނަ އެޅުމަށް ހިތްވަރުދިނުން. އަވަށްޓެރި ގައުމުތަކުގެ ހަމަޖެހުން ނަގާލުން" އުތައިބާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހެކްކުރި މައްސަލަ ތަހުގީގު ކުުރުމަށް އެފްބީއައިއިން ގަތަރާއެކު ކުރިން މަސައްކަތް ކޮށްފައިވާކަމަށްވަނީ އެނގިފައެވެ.

ވޮޝިންގޓަން ޕޯސްޓްގެ ރިޕޯޓާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

22 ޖުލައި 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ

20 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް

17 ޖުލައި 2017
ސޯޝަލް މީޑިއާ ބޭނުންކުރައްވަވާ ގޮތް ރައީސް ޓްރަމްޕް ދިފާއު ކުރައްވައިފި

ސޯޝަލް މީޑިއާ ބޭނުންކުރައްވަވާ ގޮތް ރައީސް ޓްރަމްޕް ދިފާއު ކުރައްވައިފި

02 ޖުލައި 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު