Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިޒްރޭލު ހަނގުރާމަ

ލުބުނާނުގެ ބާލްބެކް އަށް އިޒްރޭލުން ބޮން އަޅާ މަދުވެގެން ސާޅީސް މީހުން މަރުވެއްޖެ

ލުބުނާނުގެ އަލް ޖަދީދު ޓީވީން ރިޕޯޓުކުރި ގޮތުގައި ބުރާސްފަތި ދުވަހު މަދުވެގެން 4 ހަމަލާ ދީފައިވެއެވެ. ނަމަވެސް މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދެއް ނުވަތަ ގެއްލުން ލިބުނު ތަންތަނުގެ ތަފްޞީލެއް އަދި ލިބިފައެއް ނުވެއެވެ.

ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2024 | ބުރާސްފަތި 09:57
އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނުގެ ދެކުނު ސަރަހައްދަށް ދިން ބާރުގަދަ ހަމަލާތަކުގެ ސަބަބުން އިމާރާތްތަކުގެ މަތިން ބޯ ދުން އަރަނީ، ނޮވެމްބަރު 6، 2024

އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ލުބުނާނުގެ ދެކުނު ސަރަހައްދަށް ދިން ބާރުގަދަ ހަމަލާތަކުގެ ސަބަބުން އިމާރާތްތަކުގެ މަތިން ބޯ ދުން އަރަނީ، ނޮވެމްބަރު 6، 2024

ބުދަ ދުވަހު ލުބުނާނުގެ ބެކާ ވެލީގެ ބާލްބެކް ސިޓީ ސަރަޙައްދަށް އިޒްރޭލުން ދިން ހަމަލާތަކުގައި 40 މީހުން މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ. އަދި އިރާކޮޅުގެ ވަގުތު ބެއިރޫތުގެ ދެކުނުގެ

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހަމަލާތައް ބަދަލު ކުރެވެމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ. ޣައްޒާ އަށް އިޒްރޭލު ސިފައިން އަރާ ހަނގުރާމަ ފެށުމާއެކު ހިޒްބުﷲ އިން ގެންދިޔައީ އެ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނާ ބައިވެރިވުމުގެ ގޮތުން އިޒްރޭލުގެ ޓާގެޓް ތަކަށް ހަމަލާތައް ދެމުންނެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އިޒްރޭލުން ލުބުނާނުގެ އެކި ޓާގެޓްތައް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމާއެކު، ހިޒްބުﷲ އިން އިޒްރޭލަށް ދޭ ހަމަލާތައްވެސް ވަނީ އިތުރުކޮށްފައެވެ. ވައިގެ މަގުން އިޒްރޭލުގެ ސިފައިން ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކަށް ބޮން އެޅުން އިތުރުކޮށް، ބޯޑަރު ސަރަޙައްދުގެ އަވަށްތަކަށް އެއްގަމު މަގުން ވަނީ ވަދެފައެވެ.

އިޒްރޭލުން ވަނީ ބެއިރޫތުގެ ދެކުނު ސަރަޙައްދުގައި ހުންނަ ހިޒްބުﷲ ގެ މުހިންމު މަރުކަޒުތަކަށް ތަކުރާރުކޮށް ބޮން އަޅާ ހަމަލާދީފައެވެ.

ބުދަ ދުވަހު ބެއިރޫތުގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އެމީހުންގެ ވަޒަން ދޫކޮށް ނުކުތުމަށް އިޒްރޭލުން ދިން އިންޒާރާއެކު ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އިންޒާރުގެ ފަހުން ދެ ފަހަރެއްގެ މަތިން ހަމަލާ ދިނެވެ. އެއް ހަމަލާ ދިނީ ބުދަ ދުވަހުގެ ރޭގަނޑު ދަންވަރުގެ ވަގުތުގައެވެ. އަނެއް ހަމަލާ ދިނީ ބުރާސްފަތި ދުވަހުގެ ހެނދުނު ވަގުތުގައެވެ.

ލުބުނާނުގެ އަލް ޖަދީދު ޓީވީން ރިޕޯޓުކުރި ގޮތުގައި ބުރާސްފަތި ދުވަހު މަދުވެގެން 4 ހަމަލާ ދީފައިވެއެވެ. ނަމަވެސް މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދެއް ނުވަތަ ގެއްލުން ލިބުނު ތަންތަނުގެ ތަފްޞީލެއް އަދި ލިބިފައެއް ނުވެއެވެ.

ބުދަ ދުވަހު ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ނައީމް ޤާސިމް ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުން މި ހަނގުރާމަ ހުއްޓުވޭނެ ކަމަކަށް އޭނާ ޤަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދުޝްމަނުން ހަމަލާތައް ހުއްޓާލަން ނިންމައިފިނަމަ، ލުބުނާނުގެ ސަރުކާރު މެދުވެރިކޮށް މަޝްވަރާ ކުރެވިދާނެ ކަމަށެވެ.

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގަމުންދާ ހަނގުރާމަ 60 ދުވަހުގެ މުއްދަތައް ހުއްޓާލުމަށް އެމެރިކާ ސަރުކާރު މެދުވެރިވެގެން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު