Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާ

ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފުރަތަމަ ރައީސަކަށް އިބްރާހިމް ނިޔާޒް

ހުކުރު ވިލޭރޭ ވިލާ ކޮލެޖް ހޯލްގައި ބޭއްވި އެ ޖަމްއިއްޔާގެ އާއްމު ބައްދަލުވުމުގައި، ޑީއޭއެމްގެ ފުރަތަމަ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން ވަނީ އިންތިޚާބު ކޮށްފައި

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 03:47
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުން އިންތިޚާބު ކުރި ފުރަތަމަ ހިންގާ ކޮމިޓީ ފޮޓޯއަކަށް ހުއްޓިގެން

ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުން އިންތިޚާބު ކުރި ފުރަތަމަ ހިންގާ ކޮމިޓީ ފޮޓޯއަކަށް ހުއްޓިގެން

ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް) ގެ ރައީސްގެ މަޤާމަށް، ހއ. ހޯރަފުށީ، މުރިނގު އިބްރާހީމް ނިޔާޒު އިންތިޚާބު ކޮށްފިއެވެ.

ޑީއޭއެމްގެ ރައީސްގެ މަގާމަށް ތިން ފަރާތަކުން ވާދަ ކޮށްފައިވެއެވެ.

Advertisement - newsAdvertisement

ހުކުރު ވިލޭރޭ ވިލާ ކޮލެޖް ހޯލްގައި ބޭއްވި އެ ޖަމްއިއްޔާގެ އާއްމު ބައްދަލުވުމެއްގައި، ޑީއޭއެމްގެ ފުރަތަމަ ދާއިމީ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން ވަނީ އިންތިޚާބު ކޮށްފައެވެ.

ގިނަ އަދަދެއްގެ މެމްބަރުންގެ ބައިވެރިވުމާއެކު ކުރިއަށް ދިޔަ މި އިންތިޚާބުގައި ޑީއޭއެމްގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވީ ދަފްތަރު ނަންބަރު: ރސ.8736، އަޙުމަދު ޙަބީބު އެވެ. ޖަމްއިއްޔާގެ އަމީން އާންމުގެ މަޤާމަށް ގއ. ވިލިނގިލި، މާފޮޅޭގެ މުޙައްމަދު މާތިޢު ނަޖީބު އިންތިޚާބު ކުރި އިރު، އިންތިޒާމް ސެކްރެޓަރީގެ މަޤާމަށް ހޮވިފައިވަނީ، މއ. ނަހީދާ މަންޒިލް މިސްބާޙް ޝަރީފް އެވެ. މީގެ އިތުރުން ޖަމްއިއްޔާގެ ހަޒާންދާރުގެ މަޤާމަށް އިންތިޚާބު ވެފައިވަނީ ސ. މަރަދޫ ސުލްތާންވިލާ، ޢަލީ މުޝައްފައު އެވެ. 

ދާއިމީ ހިންގާ ކޮމެޓީ އެކުލަވާލެވުނުއިރު ރައީސް، ނައިބު ރައީސް އަދި އަމީން އާންމުގެ މަގާމަށް ހޮވުނީ ވަގުތީ ހިންގާ ކޮމެޓީގައިވެސް އެމަޤާމުތައް އަދާކުރަމުން ގެންދެވި ފަރާތްތައްކަން ފާހަގަ ކުރެވެއެވެ.

ހުކުރު ވިލޭރޭ ބޭއްވި ޑީއޭއެމްގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފްވެރި މެހުމާން ހަސަން ރަމީޒް ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބު ވެގެން ގޮސްފައިވަނީ ޑިމޮކްރެޓިކް ހަމަތަކުން ބޭއްވުނު އަދި ޑްރައިވަރުންގެ ފުރަތަމަ އިންތިޚާބު ކަމަށެވެ. މި ދާއިރާ ހަރުދަނާ ކުރުމަށް އަލަށް އިންތިޚާބުވި ހިންގާ ކޮމެޓީގެ ފަރާތުން ރަނގަޅު މަސައްކަތްތަކެއް ފެންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑްރައިވަރުން އަޚްލާޤާއި ސުލޫކު ރަނގަޅުކުރުމަށް ނަޞޭޙަތްތެރިވުމާއެކު، ހުރިހާ މެމްބަރުންވެސް އެކުވެރިކަމާއި އެއްބައިވަންތަ ކަމާއިއެކު ތިބުމަށް އޭނާ ގޮވާލެއްވިއެވެ.

ޑީއޭއެމް އިން ބުނެފައިވަނީ "ފޯރިގަދަ ރޫހެއްގައި ކުރިޔަށްދިޔަ މިއިންތިޚާބުގައި މީގެ ކުރިން ޑްރައިވަރުންގެ ފަރާތުން ނުފެންނަފަދަ ވަރުގަދަ ރޫހަކާއި ޖޯޝެއް މިއިންތިޚާބުގައި ފެނިގެން،" ދިޔަ ކަމަށެވެ. 

ޖަމްއިއްޔާގެ އިންތިޚާބީ ރައީސްގެ ވާހަކައިގައި އަލަށް އިންތިޚާބުވި ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް ނުހަނު ގިނަ ކަން ފާހަގަ ކުރެއްވިއެވެ.

ޑީއޭއެމް އުފެދި އެ ޖަމްއިއްޔާގެ ދާއިމީ ހިންގާ ކޮމިޓީ އިންތިޚާބު ކުރި މި ދަނޑިވަޅަކީ، ސަރުކާރުން ޓެކްސީ ކުރުމުގެ ތެރެއަށް ވަންނަން ތައްޔާރުވަމުންދާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. އަދި އެއާ އެކު ހަމައެކަނި އަމިއްލަ ފަރާތްތަކުން ދިގު ޒަމާނަކަށް ދެމުން އައި ޚިދުމަތެއްގެ ގޮތުގައި އޮތް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ މިކަމުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންކަން ވެސް ފާހަގަ ކުރެވެއެވެ.

ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)އިބްރާހިމް ނިޔާޒް، ޑީއޭއެމްގެ ރައީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
"ސަރުކާރުން ޓެކްސީ ފްލީޓް ހަދަން އުޅެނީ ޑްރައިވަރުން ނިކަމެތި ކުރަން"

"ސަރުކާރުން ޓެކްސީ ފްލީޓް ހަދަން އުޅެނީ ޑްރައިވަރުން ނިކަމެތި ކުރަން"

30 ޖެނުއަރީ 2025
ޑްރައިވަރުންގެ ޖަމްއިއްޔާގެ އިންތިޒާމް ސެކްރެޓަރީ މިސްބާޙްގެ ބަންދާ މެދު ގޮތެއް ނިންމުމަށް، ހުޅުމާލޭ ކޯޓަށް ހާޒިރު ކޮށްފި

ޑްރައިވަރުންގެ ޖަމްއިއްޔާގެ އިންތިޒާމް ސެކްރެޓަރީ މިސްބާޙްގެ ބަންދާ މެދު ގޮތެއް ނިންމުމަށް، ހުޅުމާލޭ ކޯޓަށް ހާޒިރު ކޮށްފި

19 ޑިސެމްބަރު 2024
ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި

ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި

17 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު