Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރައިވަރުންގެ މުޒާހަރާ

ހައްޔަރުކުރި ޑްރައިވަރުން ދޫކޮށްލަންދެން ހަމަހިމޭން މުޒާހަރާތަކެއް ކުރަނީ

އެގޮތުން ޑްރައިވަރުން އިންތިޒާމް ކުރި ފުރަތަމަ އެއްވުން ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2024 | ހޮނިހިރު 03:35
ޑްރައިވަރުންގެ މުޒާހަރާ

ޑްރައިވަރުންގެ މުޒާހަރާ

ހައްޔަރުކޮށްފައިވާ ޓެކްސީ ޑްރައިވަރުން ދޫކޮށްލަން ދެން ހަމަހިމޭން އިހުތިޖާޖެއް ކުރިއަށްގެންދަން ޓެކްސީ ޑްރައިވަރުން ނިންމައިފިއެވެ.

އެގޮތުން ޑްރައިވަރުން އިންތިޒާމް ކުރި ފުރަތަމަ އެއްވުން ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. އެކަމާއި ގުޅޭގޮތުން ޓެކްސީ ޑްރައިވާސް ކޮމިއުނިޓީން ބުނެފައި ވަނީ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްދާ އެ އިހުތިޖާޖު ކުރިއަށް ގެންދާނީ ސުލްހަވެރިކަމާއެކު ކުރިއަށްދާ އެއްވުންތަކެއްގެ ގޮތުގައި ކަމަށެވެ.

Advertisement - newsAdvertisement

އެ އެއްވުންތަކުގެ ބޭނުމަކީ ހައްޔަރު ކޮށްފައި ތިބި ޑްރައިވަރުން މިނިވަންކުރުމާއި، ޓޯ ކޮށްފައި ހުރި ކާރުތަކުގެ ތެރެއިން ދޫކޮށްނުލާ ހުރި ކާރުތައް ދޫކޮށްލަން ގޮވާލުން ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ. މި އެެއްވުންތައް ސިލްސިލާކޮށް ކުރިއަށްގެންދާނެ ކަމަށާއި ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް އެއްވުންތައް ހުއްޓާ ނުލާނެ ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.

ޑްރައިވަރުންނަށް ޕާކް ކުރާނެ ތަނެއް ނުދައްކާ ކާރުތައް ޓޯކުރަމުންދާކަމަށް ފާހަގަކޮށް އެކަމާއި ދެކޮޅަށް ޑްރައިވަރުން ވަނީ އަޑު އުފުލާފައެވެ. މީގެ އިތުރުން ވެސް ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް އެ އެއްވުމަށް ފަހު ޑްރައިވަރުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަށަން ކުރަމުންދާ މަސައްކަތާ ދެކޮޅު ހަދައި ޑްރައިވަރުން ވަނީ ޓެކްސީ ފްލީޓުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައެވެ. އެހެން ނޫންނަމަ ޓެކްސީ ޑްރައިވަރުންގެ މުޒާހަރާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.

މީގެ ކުރިން ބުދަ ދުވަހުގެ ހަވީރު ޓެކްސީ ޑްރައިވަރުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑު ނާހާ ކަމަށްބުނެ ސުލްހަވެރި މުޒާހަރާއަށް ނުކުމެފައެވެ. ހުޅުމާލެ ރުށްގަނޑު ޕާކު 1 ގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން އެއްވެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި ޑްރައިވަރުންތައް ބުދަ ދުވަހުގެ ހަވީރު 4:00 ގައި މި ސަރަހައްދަށް އެއްވި ނަމަވެސް ފުލުހުން ވަނީ ފުރަތަމަ ހުރަސްއަޅާފައެވެ. އޭގެފަހުން ބުދަ ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ޓެކްސީ ޑްރައިވަރުންތައް ވަނީ މަގުމައްޗަށް އަޑު އުފުލުމަށް ނުކުމެފައެވެ. އެގޮތުން ހައިވޭއަށް 4 ފުރޮޅުލީ ވެހިކަލްތަކަށް ނޭރޭ ގޮތަށް މުޅި ސަރަހައްދުގައި ކާރުތައް ޕާކު ކުރުމަށްފަހު ޑްރައިވަރުން ވަނީ އަޑު އުފުލާފައެވެ.

ބުދަ ދުވަހުގެ ރޭ 8:45 ހާއިރު އެސަރަހައްދު ޑްރައިވަރުންތައް ބަންދުކޮށްލުމާއި ގުޅިގެން 9:00 ހާއިރު ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ގޮސް، މުޒާހަރާގައި އިސްކޮށް އުޅުނު ދެ ޑްރައިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ. އަދި ޕާކުކޮށްގެން ތިބި ޓެކްސީތަކުގެ މީހުންނާއި ސުވާލުކޮށް އެސަރަހައްދުން ފޮނުވާލާފައިވެއެވެ. އަދި ބައެއް ޑްރައިވަރުން ހައްޔަރުކޮށް ބައެއް ކާރުތައް ވަނީ ޓޯކޮށްފައެވެ.

ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)ޓެކްސީ ޚިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު