Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރައިވަރުންގެ ކަންބޮޑުވުންތައް

ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފި

ޑްރައިވަރުން އިންތިޒާމް ކުރި ފުރަތަމަ ހަމަހިމޭން އެއްވުން ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޑިސެމްބަރު 2024 | އަންގާރަ 04:54
ޑްރައިވަރުންގެ މުޒާހަރާ

ޑްރައިވަރުންގެ މުޒާހަރާ

ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓޯކޮށްފައިވާ ޓެކްސީތައް ވަގުތުން ދޫކޮށްލަން ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން އާއްމުކޮށްފައވާ ބަޔާނެއްގައި ބުނެފައި ވަނީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ޓްރެފިކަށް ބާރުބޮޑުވެފައި ވަނީ ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށެވެ. ޑްރައިވަރުން ހައްޔަރުކުރުމާއި ކާރުތައް ޓޯކުރުމަކީ މާލީ ގޮތުން ޑްރައިވަރުންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި އެއީ އަނިޔާވެރިކަން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ އެސޯސިއޭޝަނުން ވަނީ މި އަނިޔާވެރި އަމަލު ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާފައެވެ. މީގެ އިތުރުން ހައްޔަރުކޮށްފައިވާ ޑްރައިވަރުންނާއި ޓެކްސީތައް ދޫކޮށްލަން ދެން އަޑު އުފުލާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ހައްޔަރުކޮށްފައިވާ ޓެކްސީ ޑްރައިވަރުން ދޫކޮށްލަން ދެން ހަމަހިމޭން އިހުތިޖާޖެއް ކުރިއަށްގެންދަން ޓެކްސީ ޑްރައިވަރުން ވަނީ ނިންމާފައވެ.

އެގޮތުން ޑްރައިވަރުން އިންތިޒާމް ކުރި ފުރަތަމަ އެއްވުން ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. އެކަމާއި ގުޅޭގޮތުން ޓެކްސީ ޑްރައިވާސް ކޮމިއުނިޓީން ބުނެފައި ވަނީ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްދާ އެ އިހުތިޖާޖު ކުރިއަށް ގެންދާނީ ސުލްހަވެރިކަމާއެކު ކުރިއަށްދާ އެއްވުންތަކެއްގެ ގޮތުގައި ކަމަށެވެ.

އެ އެއްވުންތަކުގެ ބޭނުމަކީ ހައްޔަރު ކޮށްފައި ތިބި ޑްރައިވަރުން މިނިވަންކުރުމާއި، ޓޯ ކޮށްފައި ހުރި ކާރުތަކުގެ ތެރެއިން ދޫކޮށްނުލާ ހުރި ކާރުތައް ދޫކޮށްލަން ގޮވާލުން ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ. މި އެެއްވުންތައް ސިލްސިލާކޮށް ކުރިއަށްގެންދާނެ ކަމަށާއި ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް އެއްވުންތައް ހުއްޓާ ނުލާނެ ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.

ޓެކްސީ ޚިދުމަތްޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
21 ނޮވެމްބަރު 2025

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު