Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޚިދުމަތް

ޓެކްސީ ޑްރައިވަރުންނާ މުއިއްޒު ބައްދަލު ކުރައްވަނީ

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތައް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އެފަރާތްތަކުން ތަކުރާރު ކޮށް އަންނަނީ ބުނަމުން

ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 12:36
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު

މާލޭގައި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކާ ރައީސް މުހައްމަދު މުއިއްޒު އަންގާރަ ދުވަހު ބައްދަލު ކުރައްވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު ވަނީ ޑްރައިވަރުން ތަމްސީލު ކުރާ ފަރާތްތަކާ އަންގާރަ ދުވަހު ހެނދުނު ރައީސް އޮފީހަށް އައުމަށް ދައުވަތު ދެއްވާފައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ސިޔާސަތުތައް ގެންގެޅެމުން ދާ ގޮތުން ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކަށާއި، އަދި ޓެކްސީ ޑްރައިވަރުންގެ މަސައްކަތައް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އެފަރާތްތަކުން ތަކުރާރު ކޮށް ބުނަމުން ދިޔަނަމެވެސް ސަރުކާރުން މިހާތަނަށް އެ ކަންބޮޑުވުންތަކަށް އެދެވޭ އިޖާބައެއް ދީފައެއް ނުވެއެވެ.

އަންގާރަ ދުވަހު މުއިއްޒު ޑްރައިވަރުންނާ ބައްދަލު ކުރައްވާއިރު، މި ދިޔަ ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހަށް ދައުވަތު ދީގެން ޑްރައިވަރުންތަކެއް ގެންގޮސް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް އާއި، ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޑްރައިވަރުން ވަނީ ކަންބޮޑުވުންތަކުގެ ގޮތުގައި މުހިންމު ކަންތައްތަކެއް ހުށަހަޅާފައެވެ. އެ ގޮތުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި:

• ސަރުކާރުން ޓެކްސީ ފްލީޓް ވުޖޫދަށް ނުގެންނާނެ ކަމަށް ޕަބްލިކަށް އިޢުލާން ކުރުން؛

• ވޭން ޑްރައިވަރުންގެ އަގުތައް ކުރިން ހުރި އަގުތަކަށް ބަދަލު ކުރުން؛

• އެސްއެމްއީ ލޯނުތަކަށް ގެނެސްފައިވާ ކާރުތަކުގެ ރަޖިސްޓްރޭޝަން ޕްރޮސެސް އަވަސް ކޮށްދިނުން؛

• އެއަރޕޯޓް އަދި މާލޭގެ ޓްރެފިކް ފްލޯ ޓެކްސީ ޑްރައިވަރުންނަށް ފަސޭހަ ކަމާއެކު ދުއްވޭނެ ގޮތަކަށް ހަދައި ދިނުމާއި އަދި ފަސޭހައިން ދަތުރު ނެގޭނެ މާހައުލަކަށް ހަދައި ދިނުން؛

• ރައީސް މުއިއްޒު އާ ވީ އެންމެ އަވަހަކަށް ބައްދަލުވާނެ މަގު ފަހި ކޮށްދިނުން؛

• ޓެކްސީ ޑްރައިވަރުންގެ ދަފްތަރު އަލުން ހުޅުވާލުން؛ އަދި

• މާލޭގައި ވަގުތީ އަދި ދާއިމީ ޕާކް ކުރެވޭނެ ގޮތެއް ހަދައިދިނުމެވެ. 

ޓެކްސީ ޑްރައިވަރުން މި ކަންކަން ހުށަހެޅުމުން މެމްބަރުން ވަނީ "ތީގައި ތިއުޅެނީ ވަރަށް ކުދި ކުދި މައްސަލަތަކެއް،" ކަމަށާއި ޑިސެމްބަރު 10 ގެ ކުރިން ރައީސް މުއިއްޒު އާ ޑްރައިވަރުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަދާނެ ކަަމަށެވެ.           

ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި މި ބައްދަލު ވުމުގައި ޕީޖީ ލީޑަރު ފަލާހު ވިދާޅުވި ކަމަށް ވަނީ 10 ޑިސެމްބަރ 2024 ގައި ޤާނޫނު އަސާސީގެ ދިފާޢުގައި ކަމަށް ބުނެ ބަޔަކު މަގުމައްޗަށް ނިކުންނަށް އުޅެނީ، އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.

ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ގެނައި ބޮޑެތި ބަދަލުތަކަކާ ދެކޮޅަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ އެއް ޕާޓީ ކަމުގައިވާ އެމްޑީޕީ އިން އަންނަނީ ޑިސެމްބަރު 10 ވަނަ ދުވަހު ބޮޑު ޖަލްސާ އެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ޓެކްސީ ޚިދުމަތްޓެކްސީ ޑްރައިވަރުންޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު