Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޚިދުމަތް

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

ލޯނަށް ފައިސާ ދައްކަން ޖެހިފައިވަނީ ޓެކްސީ ވެސް އަތަށް ނުލިބި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 09:33
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އިބްރާހިމް ނިޔާޒް

ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އިބްރާހިމް ނިޔާޒް

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ ކާރު އިތުރުކޮށްގެން ނޫން ކަމަށާއި، އެކަން ކުރެވޭނީ މަޝްވަރާ ކޮށްގެން ކަމަށް ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ރައީސް އިބްރާހިމް ނިޔާޒު ވިދާޅުވެއްޖެ އެވެ.

ޓެކްސީ ނަފާގެ ތެރެއިން ޓެކްސީ ޑްރައިވަރުންނަށް ދިމާވި މައްސަލައާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒު ވިދާޅުވީ ސަރުކާރު ހިއްސާވާ ޓެކްސީ ފުލީޓެއް ގެނައުމުގެ މަސައްކަތް އިޢުލާންކޮށްފައި މުވައްޒަފުން ނެގުމަށް ވެސް އިޢުލާންކުރެވިފައިވާ އިރު ޓެކްސީ ޑްރައިވަރުން ބާކީ ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް އާންމުކޮށްފައެއް ނުވާ ކަމަށާއި، މަޝްވަރާކޮށްފައި ވެސް ނުވާ ކަމަށެވެ. ނިޔާޒު ވިދާޅުވީ މި ކަންކަން ކުރިއަށް ގެންދަނީ ވަރަށް ސިއްރު ޕްރޮސީޖަރއެއްގެ ތެރެއިން ކަމަށެވެ.

މީގައި އަޅުގަނޑުމެން ޓެކްސީ ޑްރައިވަރުންނަށް އޮތީ ކޮންކޮން ފުރުޞަތެއްކަން، މީގައި އަޅުގަނޑުމެންނަށް ބައިވެރިވެވޭނީ ކިހާ މިންވަރަކަށްކަން ނޭނގޭ. ދެވަނަ ކަމަކަށް އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ، މި މާލޭގައި ޓެކްސީގެ މައްސަލައަށް އިތުރުކުރެވޭ ކާރަކުން ޙައްލެއް ނުގެނެވޭނެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަމަށް ޙައްލެއް ގެނެވޭނީ އަޅުގަނޑުމެން މަޝްވަރާކުރެވި، މިކަމަށް އެކަށީގެންވާ އެދެވޭ ޙައްލެއް ގެނެވެނީ އަޅުގަނޑުމެން ބައިވެރިވުމާ ވެސް އެކީގައި އިނގޭތޯ.
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ރައީސް އިބްރާހިމް ނިޔާޒު

ނިޔާޒު ވިދާޅުވީ ވަރަށް ފަހުން ޓެކްސީ ނަފާގެ ލޯނުތައް ފައިސާ ދެއްކުމަށް ޓެކްސީ ޑްރައިވަރުންނަށް އަންގައިފައިވާ ކަމަށެވެ. އަދި ޓެކްސީ ނަފާގެ ލޯނަކީ ނިމިދިޔަ ސަރުކާރުން އިޢުލާންކުރެވިގެން ކުރިއަށް ގެންގޮސްފައިވާ ލޯން ސްކީމެއް ކަމަށާއި، އެ ލޯނަށް ކުރިމަތިލުމަށް ހުޅުވައިލިއިރު އެސްޑީއެފްސީ މެދުވެރިކޮށް ކާރު ގެނެސްގެން ޓެކްސީއަށް ރަޖިސްޓްރީކުރެވޭނެ މަގު ކުރީ ސަރުކާރުގައި ފަހިކޮށްދިން ކަމަށެވެ. އެހެންނަމަވެސް ލޯނު ހަމަޖެހިފައި ލޯނަށް ފައިސާ ދޫކޮށްފައިވަނީ މިސަރުކާރުން 2024 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ކަމަށެވެ.

މިހާރުގެ ސަރުކާރު ވުޖޫދުވެފަ ޖަނަވަރީ ފެބުރުއަރީ މަސް ތެރޭގައި އެގްރީމެންޓުތަކުގައި ސޮއިކުރަން ފެށީ މަޖިލިސް އިންތިޚާބު ބޯމަތިވެފައި އޮއްވަ އެވެ. އަދި ޓެކްސީގެ ފައިސާ ޑްރައިވަރުންނަށް ނުދީ އެސްޑީއެފްސީ އިން 'ކާރުއެމްވީ' ކިޔާ ކުންފުންޏަކަށް ފައިސާ ޖަމާކުރި އެވެ. އަދި ކާރުއެމްވީ ކިޔާ ކުންފުންޏަށް 22 މީހުންގެ 60 ޕަސެންޓް ލާރި އެސްޑީއެފްސީ އިންޖަމާކޮށްފައި އޮތް ނަމަވެސް، މިހާތަނަށް އެ ކުންފުނިން ބުނަމުންދަނީ 14 ކާރު އޮތް އިރު 3 ކާރު އޮތީ ބީ ޒޯނަށް ރަޖިސްޓްރީކުރެވިފައި ކަމަށެވެ. އަދި ދެން ހުރި އެއްޗެއްސަށް ވާނުވާ ނޭނގޭ ކަމަށާއި، ޑޮކިއުމެންޓެއް ހަމައެއް ނުވާ ކަމަށެވެ. އެހެންކަމުން ޓެކްސީ ޑްރައިވަރުންނަށް ލޯނު ހަމަޖެހުނު ނަމަވެސް އެ ފައިސާ ކާރުއެމްވީއަށް އެސްޑީއެފްސީ އިން ދޫކޮށް ކާރުތައް ލޯނު ލިބުނު ފަރާތްތަކަށް ލިބިފައި ނުވެ އެވެ.

ނިޔާޒު ވިދާޅުވީ ކާރު ލޮލައް ނުފެނި ކާރު ބޭނުން ކުރެވޭނެ ހާލަތެއް ނެތި ބައެއް ޓެކްސީ ޑްރައިވަރުގެ ބޮލުގައި ވަނީ އެއްލައްކަ ހަތްދިހަ ހާސް ރުފިޔާގެ ލޯނެއް އަޅުވާފައި ކަމަށެވެ. އަދި މިއީ ޙަޤީޤަތުގައި ދައުލަތުގެ ނިޝާން ޖެހި ވުޒާރާތަކުން ޓެކްސީ ޑްރައިވަރުންނާ ދޭތެރޭގައި ޢަމަލުކޮށްފައިވާ ވަރަށް ވިޔާނުދާ ކަމެއްގެ ގޮތުގައި ސިފަ ކުރާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އަދި މިއީ ބޮޑު ސްކޭމް ކަމަށާއި، މިކަމަށް ސަރުކާރުގެ އިދާރާތަކުން ޖަވާބުދާރީވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ނިޔާޒްޓެކްސީ ޑްރައިވަރުންޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު