Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓެކްސީ ޚިދުމަތް

"ސަރުކާރުން ޓެކްސީ ފްލީޓް ހަދަން އުޅެނީ ޑްރައިވަރުން ނިކަމެތި ކުރަން"

ސަރުކާރުން ޓެކްސީ ފްލީޓް ހެދުމަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 13:20
ޕާކް ކޮށްފައިވާ ޓެކްސީ ތަކެއް

ޕާކް ކޮށްފައިވާ ޓެކްސީ ތަކެއް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓެކްސީ ފްލީޓެއް ހަދަން މަސައްކަތް ކުރަނީ ޑްރައިވަރުން އެކަހެރިކޮށް ނިކަމެތި ކުރަން ކަމަށް ޑްރައިވަރުންގެ ޖަމްއިއްޔާގެ ރައީސް އިބްރާހީމް ނިޔާޒް ހާމަ ކުރައްވައިފިއެވެ.

ނިޔާޒް ވަނީ 2014 ވަނަ އަހަރުން ފެށިގެން ޓެކްސީ ސެންޓަރުތަކުން ޓެކްސީތަކުން އަގު ނެގުމަށް މީޓަރު ތަޢާރުފް ކުރުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ސަރުކާރުން އެކަންކޮށްފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން އެކަމުގެ ސާރވޭ ޑްރައިވަރުންގެ ބައިވެރިވުމާއެކު ދާދި ފަހުން ނިމިފައިވާއިރުވެސް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އެކަމަށް މާ ބޮޑު ފަރުވާލެއް ބަހައްޓަވާފައި ނުވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ނިޔާޒް ވަނީ ސަރުކާރުން ޓެކްސީ ފްލީޓް ހެދުމަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ގޮވާލައްވާފައެވެ.

"ހަގީގަތުގައި ވެސް މިދާއިރާ ހަރުދަނާ ކުރުމުގެ ބަދަލުގައި ޓެކްސީ ފްލީޓެއް މަޖުބޫރުކޮށްގެން މިނިވަން ޑްރައިވަރުން އެއްފަރާތްކޮށް އެފަރާތްތަކުގެ ދިރިއުޅުން ނިކަމެތިކުރުމަށް ތިޔަ ގެންގުޅުއްވާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން!"

ނިޔާޒް ވަނީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށް ބުރަ ކޮށް މަސައްކަތް ކުރި ޓެކްސީ ޑްރައިވަރުންނަށް ހައްޤު މިންވަރަކީ މިއީތޯ ސުވާލު އުފައްދަވާފައެވެ.

ޒަމާނުއްސުރެ އަމިއްލަ ފަރާތްތަކުން ކުރަމުން އައި މަސައްކަތެއްގެ ގޮތުގައި އޮތް ޓެކްސީ ޚިދުމަތުގެ ތެރެއަށް ސަރުކާރުން ވަނުމަށް ކުރާ މަސައްކަތަކީ ޑްރައިވަރުން އެއްފަރާތް ކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ނިޔާޒު ވަނީ ސިފަ ކުރައްވާފައެވެ.

އެކްސް ގައި ނިޔާޒު ލިޔުއްވި ޕޯސްޓެއްގައި "ޑްރައިވަރުންގެ މަސައްކަތް އެއްފަރާތްކުރުމުގެ ބަދަލުގައި އިންސާފުވެރިކަމާ އެކު ދާއިރާއަށް ހެޔޮ ބަދަލެއް ގެނައުން މާ ރަނގަޅު ވާނެ" ކަން ފާހަގަ ކުރައްވާފައިވެއެވެ.

ޓެކްސީ ޑްރައިވަރުންޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު