Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ-ކެނެޑާ ގުޅުން

ކެނެޑާއިން އިންޑިއާގެ ހައިކޮމިޝަނަރާއި ފަސް ޑިޕްލޮމެޓުން ބޭރުކޮށްލައިފި

ކެނެޑާގެ ސަރުކާރުގެ އިސް އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކެނެޑާގައި ހިނގާފައިވާ "އަނިޔާވެރި ޖަރީމާއަކާ" އިންޑިއާ ސަރުކާރާ ގުޅުން ހުރި ކަމަށް ބެލޭ އައު މަޢުލޫމާތުތަކެއް ފުލުހުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް

ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2024 | އަންގާރަ 02:48
ލާއޯސްގައި އޮތް އާސިޔާން ސަމިޓްގައި ކެނެޑާގެ ބޮޑުވަޒީރު އާއި އިންޑިއާގެ ބޮޑުވަޒީރު ބައްދަލު ކުރައްވަނީ

ލާއޯސްގައި އޮތް އާސިޔާން ސަމިޓްގައި ކެނެޑާގެ ބޮޑުވަޒީރު އާއި އިންޑިއާގެ ބޮޑުވަޒީރު ބައްދަލު ކުރައްވަނީ

ކެނެޑާއިން އިންޑިއާގެ ހައި ކޮމިޝަނަރާއި އިތުރު ފަސް ޑިޕްލޮމެޓުން ހޯމަ ދުވަހު ބޭރުކޮށްލައިފިކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ކެނެޑާގެ ސަރުކާރުގެ އިސް އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކެނެޑާގައި ހިނގާފައިވާ "އަނިޔާވެރި ޖަރީމާއަކާ" އިންޑިއާ ސަރުކާރާ ގުޅުން ހުރި ކަމަށް ބެލޭ އައު މަޢުލޫމާތުތަކެއް ފުލުހުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

ހޯމަ ދުވަހު ނިއު ދިއްލީން އިޢުލާނު ކޮށްފައިވަނީ، ކެނެޑާއަށް ފޮނުވާފައިވާ އެ ޤައުމުގެ ހައި ކޮމިޝަނަރު ސަންޖޭ ކުމާރު ވަރުމާ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެވެ.

ކެނެޑާގެ ސިކް ލީޑަރެއް ކަމަށްވާ ހަރުދީޕް ސިންގ ނިއްޖާރު މަރާލި މައްސަލައިގެ ތަޙްޤީޤުގައި ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި ހައިކޮމިޝަނަރު ސަންޖޭ ހިމެނޭ ކަމަށް ކެނެޑާ ސަރުކާރުން ބުނެފައިވާ ކަމަށް އިންޑިއާ އިން ތުހުމަތުކޮށްފައިވެއެވެ.

ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސްގެ ކޮމިޝަނަރު މައިކަލް ޑުހެމް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ޢާންމު ސަލާމަތަށް ނުރައްކާވާފަދަ ކަމެއްގައި" އިންޑިއާ ސަރުކާރުގެ އޭޖެންޓުންނާ ގުޅުންހުރި ކަމަށް ވަނީ ބުނެފައެވެ.

2023 ވަނަ އަހަރުގެ ޖޫން 18 ވަނަ ދުވަހު، ބްރިޓިޝް ކޮލަމްބިއާގައި ހުރި ސިކުންގެ ފައްޅިއެއްގެ ޕާކިންގ އޭރިއާގައި ހުއްޓާ ބަޑިޖަހައި ނިއްޖާރު ވަނީ މަރާލާފައެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައިވަނީ، ނިއްޖާރު މަރާލި މައްސަލައިގައި އިންޑިއާ ސަރުކާރުގެ އޭޖެންޓުންގެ އަތެއް އޮތް ކަމަށް ބެލެވޭ "އިތުބާރުހުރި ތުހުމަތުތަކެއް" ކެނެޑާގެ އިންޓެލިޖެންސް އޭޖެންސީތަކުން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު