Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

ދެ ޒުވާނުން މަރާލުމުގެ މައްސަލާގައި ފުލުހުން ވަނީ ދެ މީހަކު ތަހްގީގަށް ހައްޔަރުކޮށްފަައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 2 މެއި 2017 | އަންގާރަ 10:22
އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ވަނީ ގެރި ކަތިލުން މަނާކޮށްފައި

އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ވަނީ ގެރި ކަތިލުން މަނާކޮށްފައި

ގެރިތަކެއް ވަގަށް ނެގިކަމަށް ތުހުމަތުކޮށް އިންޑިއާގެ ހިންދޫންތަކެއް ފުރާއުމުރުގެ މުސްލިމު ދެކުދިން މަރާލައިފިއެވެ.

އިންޑިއާގެ އުތުރުގެ އައްސާމް ސްޓޭޓްގެ އަވަށެއް ކަމަށްވާ ނަގާއޯންގައި ހިންދޫންގެ ބަޔަކު ދަނޑިން ތަޅައި މަރާލާފައިވަނީ އުމުރުން 20 އަހަރު ނުވާ އަބޫ ހަނީފާއާއި، ރިޔާޒުއްދީން އަލީ ނަމަކަށްކިޔާ ދެ ޒުވާނުން ކަމަށްވާއިރު ހިންދޫ ދީނުގައި ގެރި އަކީ "މާތްވެގެންވާ" ޖަނަވާރެކެވެ.

އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ގެރި ކަތިލުމަކި މަނާ ކަމެކެވެ.

ހިއުމަން ރައިޓްސް ވޮޗް ރިޕޯޓެއްގައި މިދިޔަ ހަފްތާގައި ބުނެފައި ވަނީ މެއި 2015 ގެ ފަހުން "ގެރި ކަތިލުމުގެ މައްސަލާގައި" 10 މީހަކު މަރާލައިފައިވާ ކަމަށެވެ.

ދެ ޒުވާނުން މަރާލުމުގެ މައްސަލާގައި ފުލުހުން ވަނީ ދެ މީހަކު ތަހްގީގަށް ހައްޔަރުކޮށްފައެވެ.

މުސްލިމް ދެކުދިންނަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އިންޑިއާގެ ބައެއް ޓީވީ ޗެނަލްތަކުންވެސް އެ މަންޒަރުތައް ދައްކާފައިވެއެވެ. އަދި ވީޑިއޯތަކުން ފެންނަގޮތުގައި ހިންދޫން އެދެމީހުން ވަށާލައި އެމީހުންގެ ގައިގައި ތަޅާއިރު ދެއަތްވެސް ހުރީ ބަނދެފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު