Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެން ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

14 އޮކްޓޯބަރު 2024 | ހޯމަ 04:18

ނޭޕާލް، ބޫޓާން އަދި ލަންކާ އާއެކު ރާއްޖެ އޮތީ ގުރޫޕް ބީގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޮކްޓޯބަރު 2024 | ހޯމަ 04:18
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު

އަންހެން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް، ރާއްޖޭގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު ނޭޕާލަށް ގޮސްފި އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ހުންނަ ދަޝަރަތު ސްޓޭޑިއަމްގައި މިއަހަރުގެ އަންހެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން، 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު ނޭޕާލަށް ފުރީ އާދީއްތަ ދުވަހުގެ ހަވީރު އެވެ.

މުބާރާތުގައި ހަތް ޤައުމަކުން ވާދަކުރެ އެވެ. އެއީ މުބާރާތް ބާއްވާ ޤައުމު ނޭޕާލްގެ އިތުރުން، އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ސްރީ ލަންކާ، ބޫޓާން އަދި ދިވެހި ރާއްޖެ އެވެ. ނޭޕާލް، ބޫޓާން އަދި ލަންކާ އާއެކު ރާއްޖެ އޮތީ ގުރޫޕް ބީގަ އެވެ. ގުރޫޕު އޭގައި އޮތީ އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާން އެވެ.

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ކޮންމެ ގުރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށް މުބާރާތުގެ ސެމީ ފައިނަލް އިން ފުރުސަތު ލިބޭނެ އެވެ. ފުރަތަމަ ސެމީ ފައިނަލްގައި ބައްދަލު ކުރާނީ ގުރޫޕް އޭގެ އެއް ވަނަ އަދި ގުރޫޕް ބީގެ ދެ ވަނަ އެވެ. ދެ ވަނަ ސެމީ ފައިނަލްގައި ބައްދަލު ކުރާނީ ގުރޫޕް ބީގެ އެއް ވަނަ އަދި ގުރޫޕް އޭގެ ދެ ވަނަ އެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕްގައުމީ އަންހެން ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2024

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

26 އޮކްޓޯބަރު 2024
ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި
22 އޮކްޓޯބަރު 2024

ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

22 އޮކްޓޯބަރު 2024
ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި
24 މެއި 2023

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި
14 ޖެނުއަރީ 2023

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

14 ޖެނުއަރީ 2023
އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި
19 ފެބުރުއަރީ 2022

ސީޝިލްސް އިން ފަސޭހަކަމާއެކު، ރާއްޖެ ބަލިކޮށްފި

19 ފެބުރުއަރީ 2022
ސީޝިލްސް އިން ފަސޭހަކަމާއެކު، ރާއްޖެ ބަލިކޮށްފި
02 ފެބުރުއަރީ 2022

ގައުމީ އަންހެން ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ

02 ފެބުރުއަރީ 2022
ގައުމީ އަންހެން ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
20 ޖެނުއަރީ 2022

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސާބިއާގެ ކޯޗެއް

20 ޖެނުއަރީ 2022
ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސާބިއާގެ ކޯޗެއް
26 ސެޕްޓެމްބަރު 2021

މި ފަހަރު ރާއްޖެ ކޮޅަށް ވަނީ ހަތަރު ލަނޑު

26 ސެޕްޓެމްބަރު 2021
މި ފަހަރު ރާއްޖެ ކޮޅަށް ވަނީ ހަތަރު ލަނޑު
23 ސެޕްޓެމްބަރު 2021

ވަރުގަދަ ވިއެޓްނާމުން ރާއްޖެ ކޮޅަށް 16 ލަނޑު

23 ސެޕްޓެމްބަރު 2021
ވަރުގަދަ ވިއެޓްނާމުން ރާއްޖެ ކޮޅަށް 16 ލަނޑު
18 ސެޕްޓެމްބަރު 2021

ކޮލިފައިން މެޗުތަކަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް

18 ސެޕްޓެމްބަރު 2021
ކޮލިފައިން މެޗުތަކަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް