Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮލިމްޕިކްސް ކޮލިފައިން

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

މިއީ އަންނަ އަހަރު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާގެ ކޮލިފައިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2023 | ހޮނިހިރު 06:39
އެންމެ ފަހުން ބޭއްވި ސާފް ވިމަންސް ޗެމްޕިއަންޝިޕްގައި ރާއްޖޭ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން

އެންމެ ފަހުން ބޭއްވި ސާފް ވިމަންސް ޗެމްޕިއަންޝިޕްގައި ރާއްޖޭ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން

އޮލިމްޕިކްސް ކޮލިފައިންގައި ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި ރާއްޖޭގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު ހިމެނިއްޖެ އެވެ.

މިއީ އަންނަ އަހަރު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ އިވެންޓަށް ކޮލިފައި ވުމަށް ކުޅޭ އޭޝިއާގެ ކޮލިފައިން އެވެ. ކޮލިފައިންގެ މެޗުތައް ކުޅޭނީ މި އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ. ނަމަވެސް ރާއްޖެ ހިމެނުނު ގްރޫޕް ބީގެ މެޗުތައް ކުޅޭނެ ވަކި ސަރަހައްދެއް އަދި ނިންމާފައެއް ނުވެ އެވެ.

ކޮލިފައިންގައި ރާއްޖޭގެ ފުރަތަަމަ މެޗުގައި ނިކުންނަން ޖެހޭނީ މިޔަންމާއާ ދެކޮޅަށެވެ. އެއަށްފަހު ދެ ވަނަ މެޗު އިރާނާ ދެކޮޅަށް ކުޅުމަށްފަހު، ފަހު މެޗުގައި ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝް އަކީ އެންމެ ފަހުން ކުރިއަށް ގެންދިޔަ ސާފް އަންހެން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމެވެ. ހަތް ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކޮލިފައިން އަށްފަހު ދެ ވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ވެސް އެެއް ވަނަ ޓީމެވެ. އެއަށްފަހު ދެ ވަނަ ބުރު ކުރިއަށް ދާނީ ޖުމުލަ 12 ޓީމާއެކު އެވެ. އެއީ ހަތް ޓީމުގެ އިތުރުން، ފީފާ އަންހެން ފުޓުބޯޅައިގެ ރޭންކިންގައި އެންމެ މަތިން ރޭންކު ކުރެވިފައިވާ އޭޝިއާގެ ފަސް ޤަައުމާއެކު އެވެ. މި ފަސް ޤައުމަށް ވަނީ އޮޓޮމެޓިކުން ދެ ވަނަ ބުރުން ޖާގަ ލިބިފަ އެވެ. ދެ ވަނަ ބުރުގައި ކޮންމެ ގްރޫޕަކުން އެއް ވަނަ ހޯދާ ޓީމުގެ އިތުރުން، ތިން ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ވަނަ ޓީމު ދާނީ ތިން ވަނަ ބުރަށެވެ. ތިން ވަނަ ބުރު ކުރިއަށް ދާނީ ހަތަރު ޓީމާއެކު އެވެ. އެ ހަތަރު ޓީމާއެކު ހޯމް އަދި އަވޭ އުސޫލުން މެޗުތައް ކުޅުމަށްފަހު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަށް އޮލިމްޕިކްސް އިން ޖާގަ ލިބޭނެ އެވެ.

ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ވާދަކުރީ ސާފް ވިމަންސް ޗެމްޕިއަންޝިޕްގަ އެވެ. މިދިޔަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުއޮލިމްޕިކްސް ކޮލިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

26 އޮކްޓޯބަރު 2024
ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

22 އޮކްޓޯބަރު 2024
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

14 އޮކްޓޯބަރު 2024
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
ސީޝިލްސް އިން ފަސޭހަކަމާއެކު، ރާއްޖެ ބަލިކޮށްފި

ސީޝިލްސް އިން ފަސޭހަކަމާއެކު، ރާއްޖެ ބަލިކޮށްފި

19 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު