Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ އަންހެން ޓީމުގެ މެޗުތައް

ގައުމީ އަންހެން ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ

އަންހެން ޓީމުގެ ކޯޗަކަށް ދާދި ފަހުން ބާބާ ވަނީ ހަމަޖައްސާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ފެބުރުއަރީ 2022 | ބުދަ 07:21
ގައުމީ އަންހެން ޓީމުން ދާދި ފަހުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ގައުމީ އަންހެން ޓީމުން ދާދި ފަހުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

މި މަހުގެ ތެރޭގައި ސީޝެލްސް އާއި ސައުދީ އަރަބިއްޔާގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ތައްޔާރުވެއްޖެއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި މެޗުތައް ކުޅޭއިރު، ރާއްޖޭގެ ގައުމީ އަންހެން ޓީމުން ތިން މެޗެއް ކުޅޭނެއެވެ. އެގޮތުން މި މަހުގެ 15 އާއި 18 ވަނަ ދުވަހު ސީޝެލްސްއާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމު ނުކުންނައިރު، މި މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ސައުދީއާއެވެ. އަދި މި މުއްދަތުގައި ސީޝެލްސް އާއި ސައުދީގެ މެޗެއްވެސް މާލޭގައި ކުޅޭނެއެވެ. އެ މެޗު ކުޅެން ތާވަލުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހެވެ.

މިއީ ގައުމީ އަންހެން ޓީމުން ބޭރުގެ ޓީމުތަކާ ދެކޮޅަށް މާލޭގައި ގާތް ގާތުގައި މެޗުތަކެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. މި މެޗުތަކާ ކުރިމަތިލާއިރު، ދާދި ފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ސާބިއާގެ ކޯޗު ޑޭވޯ ބާބާ ހަމަޖައްސާފައެވެ. ބާބާގެ އިރުޝާދުގެ ދަށުން މި މަހު ބާއްވާ މެޗުތަކުގައި ގައުމީ އަންހެން ޓީމު ވާދަކުރާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައިވެސް ގައުމީ އަންހެން ޓީމަށް އިރުޝާދުދޭނީ ބާބާއެވެ.

ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހަމަޖެއްސިއިރު، މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ އަންހެން ޓީމު އެންމެ ރަނގަޅަށް ޑިވެލޮޕް ކުރެވޭނީ ބިދޭސީ ކޯޗަކު ހުރެގެން ކަމަށާއި، އެގޮތުން މި ފަހުން ގައުމީ ޓީމުން ހޯދި ކާމިޔާބީތަކަކަކީ ޖަޕާނުގެ ކޯޗުގެ ވަރަށް ބުރަ މަސައްކަތްތަކަކުން ހޯދުނު ކާމިޔާބީތަކެއް ކަމަށެވެ.

ބާބާ އަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އިރުޝާދުދޭ ބިދޭސީ ދެވަނަ ކޯޗެވެ. އެގޮތުން މީގެ ކުރިން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށް ޖަޕާނުގެ ނައޯކޯ ކަވަމޯޓާ ވަނީ ގައުމީ ޓީމަށް އިރުޝާދުދީފައެވެ. އޭގެ ފަހުން ގައުމީ ޓީމަށް އިރުޝާދުދީފައިވަނީ ރާއްޖޭގެ މަޝްހޫރު ކޯޗު އަޙްމަދު ނާޝިދު (ނާދު) އެވެ.

ގައުމީ އަންހެން ޓީމުން މި ފަހުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، 2018 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ މަގާމު އެ ޓީމުން ހޯދިއެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ލޯ މެޑަލް ހޯދިއިރު، ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށް ސެމީ ފައިނަލުގައިވެސް ކުޅެފައެވެ.

ނަމަވެސް އޭގެ ފަހުން ގައުމީ އަންހެން ޓީމަށް ބޮޑެތި ބަދަލުތަކެއް އައިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައި އޮތް އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކޮށްފައިވަނީ ޒުވާން ކުޅުންތެރިން ގިނަ ޓީމެކެވެ. އެ މެޗުތަކުގައި ގައުމީ އަންހެން ޓީމަށް އިރުޝާދުދީފައިވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2024

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

26 އޮކްޓޯބަރު 2024
ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި
22 އޮކްޓޯބަރު 2024

ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

22 އޮކްޓޯބަރު 2024
ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި
14 އޮކްޓޯބަރު 2024

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

14 އޮކްޓޯބަރު 2024
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް
24 މެއި 2023

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި
14 ޖެނުއަރީ 2023

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

14 ޖެނުއަރީ 2023
އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި
19 ފެބުރުއަރީ 2022

ސީޝިލްސް އިން ފަސޭހަކަމާއެކު، ރާއްޖެ ބަލިކޮށްފި

19 ފެބުރުއަރީ 2022
ސީޝިލްސް އިން ފަސޭހަކަމާއެކު، ރާއްޖެ ބަލިކޮށްފި
20 ޖެނުއަރީ 2022

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސާބިއާގެ ކޯޗެއް

20 ޖެނުއަރީ 2022
ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސާބިއާގެ ކޯޗެއް
26 ސެޕްޓެމްބަރު 2021

މި ފަހަރު ރާއްޖެ ކޮޅަށް ވަނީ ހަތަރު ލަނޑު

26 ސެޕްޓެމްބަރު 2021
މި ފަހަރު ރާއްޖެ ކޮޅަށް ވަނީ ހަތަރު ލަނޑު
23 ސެޕްޓެމްބަރު 2021

ވަރުގަދަ ވިއެޓްނާމުން ރާއްޖެ ކޮޅަށް 16 ލަނޑު

23 ސެޕްޓެމްބަރު 2021
ވަރުގަދަ ވިއެޓްނާމުން ރާއްޖެ ކޮޅަށް 16 ލަނޑު
18 ސެޕްޓެމްބަރު 2021

ކޮލިފައިން މެޗުތަކަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް

18 ސެޕްޓެމްބަރު 2021
ކޮލިފައިން މެޗުތަކަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު