Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗު

ސީޝިލްސް އިން ފަސޭހަކަމާއެކު، ރާއްޖެ ބަލިކޮށްފި

މި މެޗު ސީޝެލްސްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2022 | ހޮނިހިރު 11:16
ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގެ ތެރެއިން

ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގެ ތެރެއިން

ސީޝެލްސް އާއި ދެކޮޅަށް ރާއްޖެއިން ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެވަނަ މެޗުން ބަލިވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ބައިނަލްއަގްވާމީ އަންހެން ފުޓުބޯޅައިގައި ސީޝެލްސްއިން ހޯދި ފުރަތަމަ މޮޅެވެ. ސީޝެލްއަކީ އަންހެން ފުޓުބޯޅައިގައި ފީފާ ރޭންކިންގައި ހިމެނޭ ޓީމެއް ނޫނެވެ.

ރާއްޖޭގެ ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނިގެންދިޔަ މި މެޗުގައި ސީނިއާ ކުޅުންތެރިންނަށް ވަނީ ރެސްޓު ދީފައެވެ.

މި މެޗު ފަށައިގެން ސީޝެލްސްއިން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ސީޝެލްސްގެ ނަތާޝާ ބިބީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެ މިނެޓެއް ފަހުން ސީޝެލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ލިބުނު ހިލޭ ޖެހެމަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރީނާއެވެ. މި ލަނޑަށްފަހުވެސް ސީޝެލްސްގެ ނަތާޝާއަށް ވަނީ ލަނޑު ޖަހަން ހުސް ދެ ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދިވެހި ޓީމުން ވަނީ އައު ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. މި ހާފުގައިވެސް ސީޝެލްސްއިން ރާއްޖޭގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، މި ހާފުގައި ސީޝެލްސްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނަތާޝާއެވެ. ސީޝެލްސްއިން މެޗުގައި ދެން ކާމިޔާބުކުރި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޕަސްކަލީނާ އެވެ.

މާލޭގައި ކުރިއަށްދާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ސިލްސިލާ މެޗުތަކުގައި ރާއްޖެ ކުޅޭ ފަހު މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މި މެޗުގައި ރާއްޖެއިން ނުކުންނާނީ ސައުދި އަރަބިއްޔާއާ ދެކޮޅަށެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

26 އޮކްޓޯބަރު 2024
ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

22 އޮކްޓޯބަރު 2024
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

14 އޮކްޓޯބަރު 2024
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

14 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު