Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިމެންސް އޭޝިއަން ކަޕް ކޮލިފައިން

މި ފަހަރު ރާއްޖެ ކޮޅަށް ވަނީ ހަތަރު ލަނޑު

26 ސެޕްޓެމްބަރު 2021 | އާދީއްތަ 19:20

ފުރަތަމަ މެޗުން ބަލިވީ 16-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 19:20
ތަޖިކިސްތާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ތަޖިކިސްތާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުން ތަޖިކިސްތާން އަތުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނުނީ ވިއެޓްނާމާއި ތަޖިކިސްތާނެވެ. މީގެ ކުރިން މި ގްރޫޕުގައި އަފްޣާނިސްތާން ހިމެނުނު ނަމަވެސް، އެ ގައުމުން ފަހުން ވަނީ ކޮލިފައިންއިން ވަކިވެފައެވެ.

ކޮލިފައިން މެޗުތައް ތަޖިކިސްތާނުގައި ކުޅޭއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ފީފާ ރޭންކިންގައި 144 ވަނައިގައި އޮތް ރާއްޖެ ވަނީ 33 ވަނައިގައި އޮތް ވިއެޓްނާމް އަތުން 16-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. މިއީ ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗެއްގައި ގައުމީ އަންހެން ޓީމު ދެވަނައަށް އެންމެ ފަރަގު ބޮޑުކޮށް ބަލިވި މެޗެވެ.

އެކަމަކު އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ގައުމީ އަންހެން ޓީމުން ގިނަ ކަންތައްތަކެއް ރަނގަޅުކުރިއިރު، ރޭންކިންގެ 135 ވަނައިގައި އޮތް ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިންއަށް ފުރުމުގެ ކުރިން "ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ގައުމީ އަންހެން ޓީމުގެ ކޯޗު އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) ބުނީ ކޮލިފައިންއަށް އަންހެން ޓީމު އެކުލަވާލީ ނަތީޖާ ނެރުމަށް ބަލައިގެން ނޫން ކަމަށެވެ. އަދި މިހާރު އޮތް ގައުމީ އަންހެން ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށާއި، އެހެންކަމުން ބޭނުމަކީ އެ ކުޅުންތެރިންނާއެކު މުސްތަގުބަލުގައި ރަނގަޅު ޓީމެއް އެކުލަވާލުން ކަމަށްވެސް ބުންޏެވެ.

މި ފަހަރުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ގައުމީ އަންހެން ޓީމު ވާދަކުރިއިރު، މިއީ ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރި ތިންވަނަ ފަހަރެވެ. 11 އަހަރަށްފަހު އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ވާދަކުރިއިރު، މި ފަހަރުގެ ކުރިން އެންމެ ފަހުން ގައުމީ އަންހެން ޓީމުން ކޮލިފައިން ކުޅެފައިވަނީ 2010 ވަނަ އަހަރެވެ. އަދި އޭގެ ކުރިން 2006 ވަނަ އަހަރުގެ ކޮލިފައިންގައިވެސް ގައުމީ އަންހެން ޓީމު ވަނީ ވާދަކޮށްފައެވެ.

ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައުމީ އަންހެން ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2024

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

26 އޮކްޓޯބަރު 2024
ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި
22 އޮކްޓޯބަރު 2024

ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

22 އޮކްޓޯބަރު 2024
ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި
14 އޮކްޓޯބަރު 2024

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

14 އޮކްޓޯބަރު 2024
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް
24 މެއި 2023

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި
14 ޖެނުއަރީ 2023

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

14 ޖެނުއަރީ 2023
އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި
19 ފެބުރުއަރީ 2022

ސީޝިލްސް އިން ފަސޭހަކަމާއެކު، ރާއްޖެ ބަލިކޮށްފި

19 ފެބުރުއަރީ 2022
ސީޝިލްސް އިން ފަސޭހަކަމާއެކު، ރާއްޖެ ބަލިކޮށްފި
02 ފެބުރުއަރީ 2022

ގައުމީ އަންހެން ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ

02 ފެބުރުއަރީ 2022
ގައުމީ އަންހެން ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
20 ޖެނުއަރީ 2022

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސާބިއާގެ ކޯޗެއް

20 ޖެނުއަރީ 2022
ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސާބިއާގެ ކޯޗެއް
23 ސެޕްޓެމްބަރު 2021

ވަރުގަދަ ވިއެޓްނާމުން ރާއްޖެ ކޮޅަށް 16 ލަނޑު

23 ސެޕްޓެމްބަރު 2021
ވަރުގަދަ ވިއެޓްނާމުން ރާއްޖެ ކޮޅަށް 16 ލަނޑު
18 ސެޕްޓެމްބަރު 2021

ކޮލިފައިން މެޗުތަކަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް

18 ސެޕްޓެމްބަރު 2021
ކޮލިފައިން މެޗުތަކަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް