Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް ފުރުން

ކޮލިފައިން މެޗުތަކަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް

ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހޭނީ ވިއެޓްނާމް އަދި ތަޖިކިސްތާނާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 03:41
ތަޖިކިސްތާނަށް ފުރުމުގެ ކުރިން ގައުމީ އަންހެން ޓީމު ފޮޓޯއަކަށް ހުއްޓިގެން

ތަޖިކިސްތާނަށް ފުރުމުގެ ކުރިން ގައުމީ އަންހެން ޓީމު ފޮޓޯއަކަށް ހުއްޓިގެން

އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅެން ގައުމީ އަންހެން ފުޓްބޯޅަ ޓީމު ތަޖިކިސްތާނަށް ފުރައިފިއެވެ.

މި ފަހަރުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ގައުމީ އަންހެން ޓީމު ވާދަކުރާއިރު، މިއީ ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ތިންވަނަ ފަހަރެވެ. 11 އަހަރަށްފަހު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމުން ނިންމިއިރު، އެންމެ ފަހުން ގައުމީ އަންހެން ޓީމުން ކޮލިފައިން ކުޅެފައިވަނީ 2010 ވަނަ އަހަރެވެ. އަދި އޭގެ ކުރިން 2006 ވަނަ އަހަރުގެ ކޮލިފައިންގައިވެސް ގައުމީ އަންހެން ޓީމު ވަނީ ވާދަކޮށްފައެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމާއި ތަޖިކިސްތާނެވެ. މީގެ ކުރިން މި ގްރޫޕުގައި އަފްޣާނިސްތާން ހިމެނުނު ނަމަވެސް، އެ ގައުމުން ފަހުން ވަނީ ކޮލިފައިންއިން ވަކިވެފައެވެ.

މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ތަޖިކިސްތާނުގައި ކޮލިފައިން މެޗުތައް ކުޅޭއިރު، އެ މެޗުތަކުގައި ވާދަކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނު ގައުމީ އަންހެން ޓީމު ވަނީ ތަޖިކިސްތާނަށް ފުރާފައެވެ. މި ފަހަރުގެ ކޮލިފައިންގައި ގައުމީ އަންހެން ޓީމަށް އިރުޝާދުދޭނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ.

ތަޖިކިސްތާނަށް ފުރުމުގެ ކުރިން "ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ޑުންގާ ބުނީ ކޮލިފައިންއަށް އަންހެން ޓީމު އެކުލަވާލީ ނަތީޖާ ނެރުމަށް ބަލައިގެން ނޫން ކަމަށާއި، އެކަމަކު ނަތީޖާ ނެރުންވެސް މުހިންމު ކަމަށެވެ. ނަމަވެސް މިހާރު އޮތް ގައުމީ އަންހެން ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށާއި، އެހެންކަމުން ބޭނުމަކީ އެ ކުޅުންތެރިންނާއެކު މުސްތަގުބަލުގައި ރަނގަޅު ޓީމެއް އެކުލަވާލުން ކަމަށްވެސް ބުންޏެވެ.

ކޮލިފައިންގައި ވާދަކުރުމަށް ގައުމީ އަންހެން ޓީމު ތަޖިކިސްތާނަށް ފުރިއިރު، މިދިޔަ އޯގަސްޓް މަހު އެ ޓީމުން ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޭމްޕްކޮށްފައެވެ. މި ކޭމްޕުގައި ގައުމީ އަންހެން ޓީމުން ޔޫއޭއީގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުނުއިރު، ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުން ރާއްޖެ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ޑުންގާ ބުނީ ޔޫއޭއީ ކޭމްޕަކީ ޒުވާން ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށާއި، އެކަމަކު ޔޫއޭއީ ކޭމްޕާއި ކޮލިފައިންގައި ކުޅޭ ޓީމުތަކާ ތަފާތުވާނެ ކަމަށެވެ.

މި ފަހަރުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ގައުމީ އަންހެން ޓީމު ވާދަކުރާއިރު، ފީފާ ރޭންކިންގައި ރާއްޖެ ހިމެނިފައިވަނީ 144 ވަނައިގައެވެ. އަދި ރާއްޖެ ހިމެނޭ ގްރޫޕުގައި އޮތް ވިއެޓްނާމް 33 ވަނައިގައި އޮތްއިރު، ތަޖިކިސްތާން އޮތީ 135 ވަނައިގައެވެ. ކޮލިފައިންގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ވިއެޓްނާމާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 26 ވަނަ ދުވަހެވެ.

އޭޝިއަން ކަޕްގައި ޖުމްލަ 12 ގައުމެއް ކޮލިފައިވާއިރު، މިހާތަނަށް ހަތަރު ގައުމެއް ވަނީ ކޮލިފައިވެފައެވެ. އެއީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އާއި، އޮސްޓްރޭލިއާ އާއި، ޖަޕާން އަދި ޗައިނާ އެވެ. ދެން ބާކީ އޮތް އަށް ޖާގަ ލިބޭނީ ކޮލިފައިންގެ އަށް ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށެވެ.

ގައުމީ އަންހެން ޓީމުން މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާއިރު، މި ފަހުން އެ ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުވިމެންސް އޭޝިއަން ކަޕް ކޮލިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

26 އޮކްޓޯބަރު 2024
ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

22 އޮކްޓޯބަރު 2024
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

14 އޮކްޓޯބަރު 2024
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

14 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު