Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަންހެން ޓީމަށް ކޯޗެއް ހަމަޖެއްސުން

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސާބިއާގެ ކޯޗެއް

އެންމެ ފަހުން އަންހެން ޓީމަށް އިރުޝާދުދިނީ ޓެކްނިކަލް ޑިރެކްޓަރު ޑުންގާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2022 | ބުރާސްފަތި 14:02
އެފްއޭއެމުގެ ރައީސް ބައްސާމާއެކު އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ޑޭވޯ ބާބާއާއެކު

އެފްއޭއެމުގެ ރައީސް ބައްސާމާއެކު އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ޑޭވޯ ބާބާއާއެކު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ސާބިއާގެ ކޯޗު ޑޭވޯ ބާބާ ހަމަޖައްސައިފިއެވެ.

ބުދަ ދުވަހުގެރޭ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަދީލް ޖަލީލް ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ބާބާ ހަމަޖެއްސިކަން އިއުލާންކޮށްފައެވެ. އެފްއޭއެމުން މައުލޫމާތުދޭ ގޮތުން ގައުމީ ޓީމާއެކު ބާބާ ހަދާފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

އަންނަ ހޮނިހިރު ދުވަހު ބާބާ އަންހެން ޓީމުގެ ފަރިތަކުރުންތަކަށް ނުކުންނައިރު، އޭނާގެ އިރުޝާދުގެ ދަށުން މި އަހަރު އޮންނަ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ގައުމީ އަންހެން ޓީމު ވާދަކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. އެގޮތުން އަންނަ ފެބްރުއަރީ މަހު ބާއްވާ އިންވިޓޭޝަނަލް މުބާރާތެއްގައި ބައިވެރިވުމަށް ގައުމީ އަންހެން ޓީމުން މަސައްކަތްކުރަމުން އަންނައިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައިވެސް ގައުމީ އަންހެން ޓީމަށް އިރުޝާދުދޭނީ ބާބާއެވެ.

ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހަމަޖެއްސިއިރު، މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ގައުމީ އަންހެން ޓީމު އެންމެ ރަނގަޅަށް ޑިވެލޮޕް ކުރެވޭނީ ބިދޭސީ ކޯޗަކު ހުރެގެން ކަމަށާއި، އެގޮތުން މި ފަހުން ގައުމީ ޓީމުން ހޯދި ކާމިޔާބީތަކަކަކީ ޖަޕާނުގެ ކޯޗުގެ ވަރަށް ބުރަ މަސައްކަތްތަކަކުން ހޯދުނު ކާމިޔާބީތަކެއް ކަމަށެވެ.

ބާބާ އަކީ އުމީ އަންހެން ފުޓްބޯޅަ ޓީމަށް އިރުޝާދުދޭ ބިދޭސީ ދެވަނަ ކޯޗެވެ. އެގޮތުން މީގެ ކުރިން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށް ޖަޕާނުގެ ނައޯކޯ ކަވަމޯޓާ ވަނީ ގައުމީ ޓީމަށް އިރުޝާދުދީފައެވެ. އޭގެ ފަހުން ގައުމީ ޓީމަށް އިރުޝާދުދީފައިވަނީ ރާއްޖޭގެ މަޝްހޫރު ކޯޗު އަޙްމަދު ނާޝިދު (ނާދު) އެވެ.

ގައުމީ އަންހެން ޓީމުން މި ފަހުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، 2018 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ މަގާމު އެ ޓީމުން ހޯދިއެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ލޯ މެޑަލް ހޯދިއިރު، ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށް ސެމީ ފައިނަލުގައިވެސް ކުޅެފައެވެ.

ނަމަވެސް އޭގެ ފަހުން ގައުމީ އަންހެން ޓީމަށް ބޮޑެތި ބަދަލުތަކެއް އައިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައި އޮތް އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކޮށްފައިވަނީ ޒުވާން ކުޅުންތެރިން ގިނަ ޓީމެކެވެ. އެ މެޗުތަކުގައި ގައުމީ އަންހެން ޓީމަށް އިރުޝާދުދީފައިވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު