Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް ފުލެޓު ކައިރީގައި ހިނގި އެކްސިޑެންޓް

ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ބަންދަށް 1 މަސް ދުވަސް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިކްރާމް މިނިވަންވީ ވަކީލެއްގެ ފުރުސަތު ނުދޭތީ ހައިކޯޓުގައި ބަންދު އިސްތިއުނާފުކޮށްގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2024 | ހުކުރު 14:56
ވިނަރެސް ކައިރި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ

ވިނަރެސް ކައިރި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ

ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ބަންދަށް 1 މަސް ދުވަސް ޖަހައިފިއެވެ.

ފުލުުހުން ބުނީ 2024 ޖުލައި 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް އަދި ފަހުން ހައި ކޯޓުން ދޫކޮށްލާފައިވާ މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމް، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށް ދެވަނަ ފަހަރަށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯތަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ. މިއީ ހައިކޯޓުގެ އަމުރާއެކު އޭނާ މިނިވަން ވިފަހުން އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ދިން ދެވަނަ ފަހަރެވެ.

Advertisement - newsAdvertisement

މި މަހުގެ 4 ވަނަ ދުވަހު އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ދީފައިވަނީ 3 ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އިކްރާމް މިނިވަންވީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ. އޭނާއަށް ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ނުދީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަކީ ޤާނޫނީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. އޭނާ މިނިވަންވީ 1 ސެޕްޓެމްބަރުގައެވެ.

ބާރު ސްޕީޑްގައި ދުއްވާފައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓު ހިނގުމުން ކާރު ދުއްވި މީހާ ވަނީ ފިލައިގެން ގޮސްފައެވެ. އަދި ފަހުން އޭނާއެކު އެ ކާރުގައި ތިބި އިތުރު 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެކްސިޑެންޓް ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، ކާރު ދުއްވާފައި ދަނީ ވަރަށް ބާރު ސްޕީޑްގައެވެ. ކޮންޓްރޯލް ނުވެ ސައިކަލު ދުއްވާލޭނުން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލުގައި ވަރަށް ބާރަށް ޖެހެއެވެ. ސައިކަލުގައި އިން މީހާ ވިއްސާގެން ގޮސް ވެއްޓެނީ އެސަރަހައްދުގައި އިން ފިހާރަ ކައިރިއަށެވެ. އަދި ދުވާރު ކައިރީގައި އިންދާފަ އިން ގަސް ވެސް ވިއްސާގެން ދެއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ޕާކު ކޮށްފައި އިން އެހެން ސައިކަލަކަށް ވަނީ ގެއްލުން ލިބިފައެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި އިން ފިރިހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

15 ފެބުރުއަރީ 2017
ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު