Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް ފުލެޓު ކައިރީގައި ހިނގި އެކްސިޑެންޓް

ވިނަރެސް ފުލެޓު ކައިރީގައި ހިނގި އެކްސިޑެންޓް: ކާރު ދުއްވި މީހާ އަނެއްކާ ވެސް ހައްޔަރުކޮށްފި

އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ކަމަށް ވާތީ، އާދިއްތަ ދުވަހު ކޯޓުން އެ އަމުރު ބާތިލުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ސެޕްޓެމްބަރު 2024 | ހޯމަ 05:23
އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުން

އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުން

ހުޅުމާލޭ ފޭސް2 ވިނަރެސް ފުލެޓު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައިކޯޓުން މިނިވަން ކުރުމާއި ގުޅިގެން އަނެއްކާ ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

31 ޖުލައި 2024 ހުޅުމާލޭ ފޭސް-2 ގެ ވިނަރެސް ފުލެޓު ކައިރީގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީ ހ. ނޫރަަންމާގެއާގެ، އިކްރާމުއްރަހްމާން އާއި، މ. ލޭންޑްއޮފްގާރޑްން އިބްރާހީމް އިކްރާމާއި، ގއ. ކަނޑުހުޅުދޫ އާޒާދުގެ، ޖިނާހް އިސްމާޢީލްއެވެ. އަދި 1 އޯގަސްޓް 2024 ގައި އެކަކު 15 ދުވަހަށް ބަންދުކޮށް އަނެއް 2 މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ އިބްރާހިމް އިކްރާމް ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އިކްރާމްއަކީ ކާރު ދުއްވަން އިން މީހާއެވެ. އަދި މި މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ކަމަށް ވާތީ، ކޯޓުން އެ އަމުރު ބާތިލުކޮށްފައެވެ.

އެހެންކަމުން 1 ސެޕްޓެންބަރު 2024 ވީ އާދިއްތަ ދުވަހު އޭނާ ވަނީ މިނިވަންވެފައެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިބްރާހިމް އިކްރާމް މިނިވަންވުމުގައި ފުލުހުންގެ އިހުމާލެއްވާނަމަ އެމީހަކަށް ނުވަތަ އެ ބަޔަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަަމަށެވެ. އަދި ހޯމަ ދުވަހު އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިނގި މިއެކްސިޑެންޓް ވެފައިވާ ކާރަކީ ބީ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މާލެސިޓީގައި ދުއްވުމުގެ ހުއްދަ ދީފައި ވަނީ އޭ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރުތަކަށެވެ.

އެއީ ބާރު ސްޕީޑްގައި ދުއްވާފައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓު ހިނގުމުން ކާރު ދުއްވި މީހާ ވަނީ ފިލައިގެން ގޮސްފައެވެ.

އެކްސިޑެންޓް ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، ކާރު ދުއްވާފައި ދަނީ ވަރަށް ބާރު ސްޕީޑްގައެވެ. ކޮންޓްރޯލް ނުވެ ސައިކަލު ދުއްވާލޭނުން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލުގައި ވަރަށް ބާރަށް ޖެހެއެވެ. ސައިކަލުގައި އިން މީހާ ވިއްސާގެން ގޮސް ވެއްޓެނީ އެސަރަހައްދުގައި އިން ފިހާރަ ކައިރިއަށެވެ. އަދި ދުވާރު ކައިރީގައި އިންދާފަ އިން ގަސް ވެސް ވިއްސާގެން ދެއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ޕާކު ކޮށްފައި އިން އެހެން ސައިކަލަކަށް ވަނީ ގެއްލުން ލިބިފައެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި އިން ފިރިހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު