Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފ ފީއަލި

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

ބޭނުންވެއްޖެ ހިނދެއްގައި ހުއްދަ ދައްކަން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 14 މާރިޗު 2017 | އަންގާރަ 17:41
ފ އަތޮޅު: ފީއަލި ކަނޑުގައި ފިލްމެއް ނެގޭނީ ހުއްދަ ނަގައިގެން

ފ އަތޮޅު: ފީއަލި ކަނޑުގައި ފިލްމެއް ނެގޭނީ ހުއްދަ ނަގައިގެން

ފ އަތޮޅު ފީއަލީ ކައުންސިލްގެ އިޚްތިސާސް ހިމެނޭ އެއްވެސް ސަރަހައްދެއްގައި ފިލްމީ އެއްވެސް މަންޒަރެއް ނެގޭނީ އެކައުންސިލްގެ ހުއްދައެއް ނަގައިގެން ކަމަށް ކަނޑައަޅައިފިއެވެ.

ފ ފީއަލީ ކައުންސިލުން އެކަށައަޅައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާއްމު ކޮށްފައިވާ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ކައުންސިލްގެ އިޚްތިސާސް ހިނގާ އެއްވެސް ސަރަހައްދެއްގައި ފިލްމެއް ނުވަތަ ފިލްމެއްގެ ބައެއް ނުވަތަ އިޝްތިހާރެއް ނަގަންވާނީ ކައުންސިލުން ލިޔުމުން ހުއްދަ ލިބިގެންނެވެ.

Advertisement - newsAdvertisement

އެޤަވާއިދުގައި ބުނެފައިވާ ގޮތުގައި މަސައްކަތް ހިނގަމުން ދާއިރު ކައުންސިލްގެ ފަރާތުން ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތަކުން ނުވަތަ މޯލްޑިވސް ޕޮލިސް ސަރވިސްގެ ފަރާތުން އެފިލްމެއް ނުވަތަ ފިލްމުން ބައެއް ނަމަވެސް ނަގަމުންދަނީ ގަވާއިދާ އެއްގޮތައް ހުއްދަ ލިބިގެންތޯ ބެލުމަށް ބޭނުންވެއްޖެ ހިނދެއްގައި، ލިބިފައިވާ ހުއްދަ ދައްކަން ވާނެއެވެ. ހުއްދަ ދެއްކުމަށް އަންގާ ވަގުތު އެހުއްދަ ދެއްކިފައި ނުވާނަމަ ފިލްމު ނެގުން ހުއްޓުވުމުގެ އިޚްތިޔާރު ކައުންސިލަށް ނުވަތަ ކައުންސިލްގެ ފަރާތުން ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތަކުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. އެގޮތަށް ހުއްޓުވުމުން ލިބޭ ގެއްލުމުގެ ބަދަލުވެސް އެހުއްޓުވި ފަރާތުން ދޭން ނުޖެހޭނެ ކަމަށްވެސް ޤަވާއިދުގައި ވެއެވެ.

އެހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ ފީއެއް ނެގުމަށް ފަހުގައެވެ. އެ ފީ ކަނޑައަޅާނީ އެ މަންޒަރެއް ނަގާ ސަރަހައްދެއް ބެލުމެއްފަހުގައި ކަމަށް ވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

ޤަވާއިދާ ޚިލާފްވާ ފަރާތަތްކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށް ކަނޑައަޅާފައިވާއިރު ދެވަނަ ފަހަރަށް އެފަދަ ކަމެއް ކޮށްފިނަމަ 500 ރުފިޔާ އާއި 1،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. ތިން ވަނަ ފަހަރު ނަމަ 1،000 ރުފިޔާ އާއި 3،000 ރުފިޔާ އަދި ހަތަރު ވަނަ ފަހަރު ނަމަ 3،000 ރުފިޔާއާ 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ހަތަރު ވަނަ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެޤަވާއިދުގައި ވަނީ ބުނެފައެވެ.

މިޤަވާއިދަށް މިހާރު ވަނީ ޢަމަލް ކުރަން ފަށާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާފުށީ ކައިރީގައި ފަޅެއް ހިއްކާތީ ރައްޔިތުން ކަންބޮޑުވެފައި!

މާފުށީ ކައިރީގައި ފަޅެއް ހިއްކާތީ ރައްޔިތުން ކަންބޮޑުވެފައި!

22 ޖޫން 2017
ގަތަރާއި ގުޅުން ކަނޑާލުމަކީ ރާއްޖެއިން ވަކިވެގަތުމަށް ގެންގުޅޭ ސިޔާސަތު ދައްކައިދޭ ބޮޑު މަންޒަރެއް: މައުމޫނު ފެކްޝަން

ގަތަރާއި ގުޅުން ކަނޑާލުމަކީ ރާއްޖެއިން ވަކިވެގަތުމަށް ގެންގުޅޭ ސިޔާސަތު ދައްކައިދޭ ބޮޑު މަންޒަރެއް: މައުމޫނު ފެކްޝަން

07 ޖޫން 2017
ބިލް ނުދައްކައިގެން ފީއަލީ ކައުންސިލް އިދާރާގެ ކަރަންޓް ކަނޑާލައިފި

ބިލް ނުދައްކައިގެން ފީއަލީ ކައުންސިލް އިދާރާގެ ކަރަންޓް ކަނޑާލައިފި

14 މެއި 2017
ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި

ރާއްޖެ ޓީވީގެ ކުރުފިލްމް ފެސްޓިވަލްގެ ޖަޖުންނާ އެކު ސޮއިކޮށްފި

11 މެއި 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު