Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޯމޯ

ޕެރިސިޗް، ކޯމޯ އަށް ބަދަލު ވަނީ

ކޯމޯ އަށް ބަދަލުވުމަށް ޕެރިސިޗް އަނގަބަހުން އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ލިޔެ ކިޔުންތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2024 | ހޮނިހިރު 05:33
ކްރޮއޭޝިއާގެ އިވާން ޕެރިސިޗް

ކްރޮއޭޝިއާގެ އިވާން ޕެރިސިޗް

ކްރޮއޭޝިއާގެ އިވާން ޕެރިސިޗް، އިޓާލިއަން ލީގުގެ ކޯމޯ އަށް ބަދަލުވާާން އެއްބަސްވެއްޖެ އެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ މިހާރު ކުޅެމުން އަންނަނީ ކްރޮއޭޝިއާގެ ހަޑުކް ސްޕްލިޓް އަށެވެ. ޓޮޓެންހަމް ދޫކޮށްލުމަށްފަހު، އެންމެ ފުރަތަމަ އޭނާ އެ ކުލަބަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް، ފަހުން ވަނީ އެ ކުލަބާ އެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެއީ ޓޮޓެންހަމާ އެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކޯމޯ އިން ވަނީ ޕެރިސިޗް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އޭނާއާ މަޝްވަރާ ކޮށްފަ އެވެ. އެ މަޝްވަރާތުގައި، ކޯމޯ އަށް ބަދަލުވުމަށް ޕެރިސިޗް އަނގަބަހުން އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ލިޔެ ކިޔުންތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ކޯމޯ އަށް ބަދަލުވާން ޕެރިސިޗް ބޭނުންވެފައި ހުރިއިރު، އެ ކުލަބުން އޭނާ އަށް ހުށަހަޅާނީ ދެ އަހަރުގެ އެއްބަސްވުމެއް ކަަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ކްރޮއޭޝިއާގެ ހަޑުކް ސްޕްލިޓް އަށް ބަދަލުވެ ޕެރިސިޗް ވަނީ އެ ކުލަބަށް ކުޅެދިން 12 މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ. ސީނިއާ ކެރިއަރުގައި އޭނާ ވަނީ ބޮރޫޝިއާ ޑޯޓްމަންޑު، ވުލްވްސްބާގް، އިންޓަ މިލާން، ބަޔާން މިއުނިކް އަދި ޓޮޓެންހަމް ފަދަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ.

ސްޕެއިންގެ ކުރީގެ ތަޖުރިބާކާރު މިޑްފީލްޑަރު ސެސް ފެބްރިގާޒް އިރުޝާދު ދެމުން އަންނަ ކޯމޯ އަކީ، 21 އަހަރަށް ފަހު އިޓާލިއަން ލީގަށް ޕްރޮމޯޓުވީ ކުލަބެކެވެ. އެ ކުލަބުން ވަނީ ދާދި ފަހުން ކުރިން ބާސެލޯނާ އަށް ކުޅުނު ސްޕެއިންގެ ސާޖީ ރޮބާޓޯ ވެސް ހޯދައިފަ އެވެ. އަދި ބައެއް އެހެން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ކޯމޯއިވާން ޕެރިސިޗް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަ އިން ކޯމޯ ބަލިކޮށްފި

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
ޕެރިސިޗް ޓޮޓެންހަމަށް ސޮއިކޮށްފި

ޕެރިސިޗް ޓޮޓެންހަމަށް ސޮއިކޮށްފި

01 ޖޫން 2022
ޕެރިސިޗް ޓޮޓެންހަމަށް ބަދަލުވަނީ

ޕެރިސިޗް ޓޮޓެންހަމަށް ބަދަލުވަނީ

29 މެއި 2022
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު