Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީސީ ސްޕޯޓްސް ކްލަބް

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

ޓީސީ ގްރޫޕްގެ އެއްވަނަ ހޯދީ ކޮރެއާ ކްލަބާ ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުކޮށްގެން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2017 | ހޯމަ 14:21
ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕަށް

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕަށް

ޓްރަންސްޓް އެންޑް ކެއާ (ޓީސީ) ސްޕޯޓްސް ކްލަބަކީ 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ދިވެހި ފުޓުބޯޅަ އަށް ވަރަށް ޅަ ޓީމެކެވެ. އެހެންނަމަވެސް އެޓީމު ކިތަންމެ ހަގަސް ހޯދަމުންދާ ކުރިއެރުންތަކަކީ އެންމެންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. އެގޮތުން ސީޒަނަކަށް ފަހު ސީޒަނެއް އެޓީމު އަންނަނީ ވަރުގަދަކުރަމުންނެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދި ޓީސީ ވަނީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި ބޮޑެތި ކްލަބްތަކާ ވާދަކޮށް މޮޅުވެގެން އެފަހަރު ލީގުގެ ދެވަނަ ހޯދާފައެވެ. ޓީސީގެ ފުޓުބޯޅަ ތާރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އަހަރަކަށްވީ މިދިޔަ އަހަރެވެ. އެގޮތުން އެޓީމު ވަނީ ދިޔަ ސީޒަނުގައި ދިވެހި ލީގުގެ ދެވަނަ ހޯދުމުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕް އަދި އެފްއޭ ކަޕްގެ ވެސް ދެވަނަ ހޯދާފައެވެ. މިދިޔަ ސީޒަނުގައި އެޓީމަށް އެއްވެސް ދަށްޓެއް ނުލިބުނު ނަމަވެސް އެ ނަތީޖާތަކަކީ އެޓީމު ކުރިއަރަމުން އަންނަކަމުގެ ފެހި ސިގްނަލެކެވެ. މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އަދި އެފްއޭއެމް ގުޅިގެން ފުރަތަމަ ފަހަރަށް ދިން މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ޓީސީ ކުޅުންތެރިއެއް ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަށެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓް ވެސް ޓީސީގެ ސެންޓޭއަށް ލިބުނު އިރު، އެންމެ މޮޅު ކޯޗަކަށް ވެސް ހޮވިފައިވަނީ ޓީސީގެ ހެޑް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ޓީސީ ޓީމު ޝައިހް ކަމާލް ކަޕްގައި ހޯދަމުންދާ ނަތީޖާއަކީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުން އެއްވެސް ވަރަކަށް އުންމީދުކުރި ނަތީޖާތަކެއް ނޫނެވެ. އެހެންނަމަވެސް އެޓީމު ވަނީ ގައުމު ފަހުރުވެރިކޮށްދޭ ނަތީޖާތަކެއް ހޯދާ ދިވެހި ފުޓުބޯޅަ އަށް ތާރީހީ ބަދަލެއް ގެނައުމަށް ތައްޔާރުވެފައެވެ.

ދިވެހި ކްލަބަކަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދިފައިނުވާއިރު، ޓީސީ އަށް އެކަން ބަދަލުކޮށްލުމުގެ ފުރުސަތު އެބައޮތެވެ. އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ އޭއެފްސީ ކަޕުން އެންމެ ދުރަށް ދެވުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. އެހެންނަމަވެސް އެޓީމު ވެސް ވަނީ ސެމީއާ ހިސާބުން އެފަހަރު މުބާރާތުން އަލްވަދާއުކިޔާފައެވެ.

ގްރޫޕް އޭގެ އެއްވަނަ އެއްވެސް މެޗަކުން ބަލިނުވެ ހަތް ޕޮއިންޓާއެކު ޓީސީ ސެމީން ޖާގަ ހޯދާފައިވާ އިރު، އެ ގްރޫޕުން ދެން ސެމީން ޖާގަ ހޯދީ ފަސް ޕޮއިންޓް ހަމަކުރި ޕޮޗިއޮން ސިޓިޒެން އެފްސީ އެވެ. ޓީސީ ވަނީ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން އަބާނީ އެފްސީ އަދި ކިރިގިސްތާންގެ ލީގު ޗެމްޕިއަން އަލްގާ އެފްސީ ގްރޫޕް ސްޓޭޖުގައި ބަލިކޮށްފައެވެ. މީގެއިތުރުން އެޓީމު ގްރޫޕްގެ އެއްވަނަ ހޯދީ ކޮރެއާ ކްލަބާ ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު