Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީ އެސޯސިއޭޝަން

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

އަލީ ލަތީފް ވަނީ 8 އަހަރު ވަންދެން ވީއޭއެމްގެ އެކްސްކޯގައި މީގެކުރިން ހިދުމަތްކޮށްފަ

ލީވާން އަލީ
ލީވާން އަލީ | 21 ފެބުރުއަރީ 2017 | އަންގާރަ 21:05
ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަންކަމަށް ގެނައި އަލީ ލަތީފް

ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަންކަމަށް ގެނައި އަލީ ލަތީފް

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެގްޒެކެޓިވް ކޮމެޓީ އަށް ކާނަލް މުހައްމަދު ނަޝީދުގެ ބަދަލުގައި އަލީ ލަތީފް (އައްލަ) ހަމަޖައްސައިފި އެވެ.

ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަންގެ މަގާމަށް ލަތީފް ގެނެސްފައިވާއިރު، އެ މަގާމުގައި ކުރިން ހުންނެވީ ކާނަލް އެވެ. އެހެންނަމަވެސް ޒިންމާ އަދާނުކުރެވޭތީ އެ މަގާމުން އޭނާ ވަކިކުރަން އެކްސްކޯ އިން ނިންމީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

އައްލަ ވަނީ މީގެކުރިންވެސް ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަންގެ މަގާމު އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ 8 އަހަރު ވަންދެން އެ މަގާމު ފުރުއްވާފައެވެ.

އަންނަ މަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ވެސް އަލީ ލަތީފް (އައްލަ)އެވެ.

ވީއޭއެމްގެ އެކި އެކި މަގާމުތަކަށް ދަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗަކަށް މުހައްމަދު ޝަރަފް ހަމަޖައްސާފައިވާއިރު، އެސިސްޓެންޓެއްގެ ގޮތުގައި މުހައްމަދު ސާޖިދު ވަނީ ހަމަޖައްސާފަ އެވެ. މީގެއިތުރުން (ވީއޭއެމް) ގެ މާކެޓިންގް އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރަކަށް މަޝްހޫރު ފޮޓޯ ގްރާފަރު މުހައްމަދު ޝާފީވެސް ވަނީ ދާދި ފަހުން ހަމަޖައްސާފައެވެ.

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2018

ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

17 އޮކްޓޯބަރު 2018
ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި
14 އޮކްޓޯބަރު 2018

ވީއޭއެމްގެ ސީނިއާ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

14 އޮކްޓޯބަރު 2018
ވީއޭއެމްގެ ސީނިއާ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
10 ޖުލައި 2018

ޕައުލީނިއޯގެ ބަދަލުގައި ބާސާއަށް އާތުރު ގެނެސްފި

10 ޖުލައި 2018
ޕައުލީނިއޯގެ ބަދަލުގައި ބާސާއަށް އާތުރު ގެނެސްފި
31 މާރިޗު 2018

އިބްރަހިމޮވިޗްގެ ބަދަލުގައި އާ ކުޅުންތެރިޔަކު ނުގެންނާނަން: މޮރީނިއޯ

31 މާރިޗު 2018
އިބްރަހިމޮވިޗްގެ ބަދަލުގައި އާ ކުޅުންތެރިޔަކު ނުގެންނާނަން: މޮރީނިއޯ
23 ޖެނުއަރީ 2018

ސަންޗޭޒްގެ ބަދަލުގައި އާސެނަލްއަށް މިޚްތަރިޔާން

23 ޖެނުއަރީ 2018
ސަންޗޭޒްގެ ބަދަލުގައި އާސެނަލްއަށް މިޚްތަރިޔާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު