Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާ

ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާއާއި ގުޅިގެން ސުވާލު އުފައްދަންޖެހުނީ އެކަން ކުރިކަމަށް ބުނާ ބަޔަކު ކައިރިކޮށްގެން އުޅޭތީ - އަދުރޭ

އޭނާ އުފެއްދެވި ސުވާލާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ތަހުގީގުކުރައްވަން ބޭނުންވާނަމަ އެކަން ކުރައްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2024 | ބުދަ 09:28
ރައީސް ޔާމީން ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންނެވި އިރު އަރިހުގައި މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަދި މި ސަރުކާރުގެ އިސްވެރިން

ރައީސް ޔާމީން ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންނެވި އިރު އަރިހުގައި މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަދި މި ސަރުކާރުގެ އިސްވެރިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން އުމުރާއިން ވަޑައިގެން ހުޅުލެއިން މާލެއަށް އައި ރިޔާސީ ލޯންޗް، ފިނެފެންމާގައި އެއްޗެއް ގޮއްވާލީ ހާދިސާއާއި ގުޅިގެން ސުވާލު އުފައްދަވަންޖެހުނީ އެމަނިކުފާނުގެ އަރިހުގައި މިއަދު ތިއްބެވި ބޭބޭފުޅުންގެ ސަބަބުން ކަމަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާއަކީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެއްކަމަށް ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށެވެ. އަދި ސުވާލު އުފެއްދޭ ކަންތައް ފެންނަމުންދާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ހާދިސާއާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ހާދިސާ ހިނގުމާއެކީގައި ލޯންޗުން ބޭރަށް ނުކުމެވަޑައިގެން އެއްގަމަށް ބަލާލި އިރު ފެންނަން ހުރީ ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި ބޭފުޅެއް ކަމަށެވެ. އަދި އެއީ ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ކަމަށެވެ.

Advertisement - newsAdvertisement

އަދި އެ ވާހަކަ ރައީސް ޔާމީން ވިދާޅުވީ އެންމެންގެ ހާޒިރުގައި ކަމަށާއި، އެކަން ކުރީ ޕާޕާ ކަމަށް ވިދާޅުވި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އޭނާ އުފެއްދެވި ސުވާލާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ތަހުގީގުކުރައްވަން ބޭނުންވާނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ރިޔާސީ ލޯންޗް ގޮއްވާލުމާއި ގުޅޭގޮތުން އަބްދުއްރަހީމް ދެއްކެވި ވާހަކައާއި ގުޅިގެން ނޫސްވެރިޔާ އިތުރަށް ސުވާލުކުރުމުން މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ އަބްދުއްރަހީމް ވަނީ ވަރަށްބޮޑަށް ރުޅިގަދަވެ، އޭނާގެ ސުވާލަށް ނޫސްވެރިޔާ ޖަވާބުދޭން ނުޖެހޭނެ ކަމަށާއި، އެކަމާއި ގުޅޭ އިތުރު އެއްޗެއް ވިދާޅުވާން ބޭނުން ނުވާކަމަށް ބުނެ ރުޅިވެރިގޮތަކަށް ނޫސްވެރިއާއަށް ޖަވާބުދެއްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަންގު ޓީވީގައި ދެއްވި އިންޓަރވިއުގައި ވިދާޅުވީ ފިނިފެންމާ ލޯންޗް ގޮވުން އެއީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެއް ނޫންތޯ ސުވާލުކުރައްވަން ކެރިވަޑައިގަންނަވާ ކަމަށެވެ. އެހިސާބަށް ރައީސް ޔާމީންގެ ވާހަކަފުޅުތައް ގޮސްފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ލޯންޗް ގޮއްވާލުމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ލޯންޗުކޮޅުން ބޭރަށް ނުކުމެވަޑައިގެންނެވި އިރު ބޮޑު ފާލަމާއި ދިމާލުން ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ފެނިވަޑައިގެންނެވި ކަމަށާއި، އަދި އެކަން ކުރީ އެމީހާކަން ކަށަވަރުކުރެވުނު ކަމަށެވެ.

ފިނިފެންމާ ލޯންޗްރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲޕީޕީއެމް-ޕީއެންސީކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޖަލްސާތަށް ކުރިޔަށް ގެންދަވަނީ ގާނޫނާއި ޚިލާފަށް: ޝަމްހީދު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޖަލްސާތަށް ކުރިޔަށް ގެންދަވަނީ ގާނޫނާއި ޚިލާފަށް: ޝަމްހީދު

13 އޮކްޓޯބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު