Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީ

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025 | އާދީއްތަ 06:44

ރައީސް ޔާމީން ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ކުރަން ސަރުކާރުން ބޭނުން ވަނީ ދެ ސަބަބަކާ ހުރެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2025 | އާދީއްތަ 06:44
ޙާލު ކިހިނެއް ޕްރޮގްރާމްގައި ރަށެއްގެ ރައްޔިތަކު އާމިރުއާ ވާހަކަ ދައްކަނީ

ޙާލު ކިހިނެއް ޕްރޮގްރާމްގައި ރަށެއްގެ ރައްޔިތަކު އާމިރުއާ ވާހަކަ ދައްކަނީ

ރާއްޖެ ޓީވީ އިން ގެނެސްދޭ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަަކަ ތަކެއް ނޫން ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފް އިން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅައިގެން އުޅޭ، މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ކުރަން ސަރުކާރުން ބޭނުން ވަނީ ދެ ސަބަބަކާ ހުރެ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރެގައި އެއް ސަބަބަކީ ރާއްޖެ ޓީވީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ރާއްޖެ ޓީވީ އިން ރަށް ރަށަށް ގޮސްގެން ގެނެސްދޭ ޙާލު ކިހިނެއް ޕްރޮގްރާމް ގައި ދައްކަނީ ރަައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ބިލުގެ އަނެއް ސަބަބަކީ ޗެނަލް ތޭރަ ދެކެ އިންތިހާ އަށް ރުޅި އައުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން އެ ޗެނަލް އިން ގެނެސްދިން ބެލްކަނި ވީޑިއޯ ޑޮކިއުމަންޓާއި، ޕީއެންއެފްގެ ޖަލްސާ ތަކުގެ ސަބަބުން ސަރުކާރު ރުޅި އަންނަ ކަމަށާއި، ބޭނުން ވަނީ އެކަންކަން ހުއްޓުވަން ކަމަށެވެ.

އެގޮތުން ދާދި ފަހުން ޕީއެންއެފް އިން ބޭއްވި ވޭކްއަޕް ޖަލްސާއާ ގުޅުވައިގެން، ޗެނަލް ތޭރައިގެ ބްރޯޑްކާސްޓިން މެދު ކަނޑާލުމަށް ވެސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން އަންގާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

އަނެއް އަމާޒަކީ ރާއްޖެ ޓީވީ. ރާއްޖެ ޓީވީ އިން ރާއްޖެ ތެރޭގެ ރަށް ރަށަށް، އާމިރު އާއި ޓީމުން ގޮސްފައި ޙާލު ކިހިނެއް ޕްރޮގްރާމް އެބަ ގެންދޭ. މީގަ އަންނަނީ މުޢިއްޒު އަށް އަޑު އަހާލަން ފަސޭހަ ވާހަކަ ތަކެއް ނޫން. އެހެންވީމާ އަޅުގަނޑަށް ހީވާ ގޮތުން ކަމަށް ވަންޏާ މައިގަނޑު ދެ ސަބަބު. މި ދެ ޓީވީ އިން ގައިމު ވެސް މުޢިއްޒު އެދިވަޑައިގަންނަވާ ގޮތަކަށް ކަންކަމެއް ނުކުރޭ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒު ޕްރޮމޯޓު ކުރަން އުފައްދާފައިވާ އެމްއެމްޓީވީ އަށް، ރައީސް މުޢިއްޒު ބޭނުންފުޅުވާ މިންވަރަށް އެމަނިކުފާނު ޕްރޮމޯޓު ނުކުރެވޭ ކަމަށެވެ. އަދި އެމްއެމްޓީވީ އަކީ "މަންމަނު" ޓީވީއެއް ކަމަށް ރައީސް ޔާމީން ސިފަ ކުރެއްވި އެވެ.

ރާއްޖެ ޓީވީ އިން މިހާރު ގެނެސް ދެމުން އަންނަ ޙާލު ކިހިނެއް ޕްރޮގްރާމް އަކީ ރާއްޖޭގެ އެކި ރަށް ރަށުގެ ރައްޔިތުންގެ ވާހަކަތަކާއި، މިހާރު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާއި، މި ސަރުކާރު ވެރިކަަށް އައި ފަހުން ދިމާވެފައިވާ ދަތިތަކާއި، ރަށް ރަށުގައި ތަރަައްޤީގެ މަޝްރޫއުތައް މަޑު ޖެހިި، އަދި މަޝްރޫއުތައް ނުހިނގާތީ އެކަމުގެ ވާހަކަތައް ގެނެސްދޭ ޕްރޮގްރާމް އެކެވެ.

މިހާތަނަށް ގިނަ ރަށް ތަކަކުން އަދި މާލެ އިން ވެސް ޙާލު ކިހިނެއް ޕްރޮގްރާމް ގެނެސް ދީފައިވާއިރު، ރައީސް މުޢިއްޒު އާއި މި ސަރުކާރަށް ފާޑު ކިޔައި ވާހަކަ ދައްކަމުން އަންނަ ރައްޔިތުންގެ އަަދަދު އިތުރުކަން ވެސް ފާހަގަ ކުރެވެ އެވެ.

ރާއްޖެ ޓީވީރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމީޑިއާ ކޮންޓްރޯލް ބިލު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް