Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިބްރާހިމް މުހައްމަދު ޞާލިހު

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ވަރަށް ބޮޑު ލޮޅުމެއްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 16 ސެޕްޓެމްބަރު 2025 | އަންގާރަ 17:43
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ވަރަށް ބޮޑު ލޮޅުމެއްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިހު ވަނީ، ރައީސް މުޢިއްޒުގެ ޕީއެންސީ ސުޕަރ މެޖޯރިޓީ މަޖިލިސް ބޭނުންކޮށްގެން އަވަސް އަވަހަށް މި ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ނިމުމަކަށް ގެނައުމަށް އެޅުނު ފިޔަވަޅެއްކަމަށް ފާހަގަ ކުރައްވާފައެވެ.

ނޫސްވެރިން، އިދިކޮޅު ޕާޓީތައް، މީޑިއާ ޖަމްޢިއްޔާތައް، މަދަނީ ޖަމްޢިއްޔާތަކާއި އަދި އާންމު ރައްޔިތުންގެ އިހުތިޖާޖުތަކަށް އެއްވެސް ވަރަކަށް ބެލުމެއްނެތި މި ބިލު ފާސްކުރި ގޮތަކީ ސަރުކާރުން ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތަކަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މި ބިލާ ދެކޮޅަށް ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރާނެކަމަށް ކުރީގެ ރައީސް ޞާލިހު ވިދާޅުވިއެވެ. އެމްޑީޕީން ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް ކުރެވޭ މި ފަދަ ކަންކަމަށް ބޯނުލަނބާނެކަމަށާއި، އެމްޑީޕީއިން މިތިބީ ހުރިހާ ދިވެހި ރައްޔިތުންގެ އިޖްތިމާޢީ އަދި ސިޔާސީ ޙައްޤުތަކަށްޓަކައި ވަރުގަދައަށް ތެދުވެ ކުރިއަށްދާންކަމަށް ރައީސް ޞާލިހު ފާހަގަ ކުރައްވާފައިވެ އެވެ.

މި ބިލު ފާސްވުމާ ގުޅިގެން ގިނަ ބައިނަލްއަޤްވާމީ މީޑިއާ ޖަމްޢިއްޔާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭނެ ވަރަށް ބޮޑު އަނިޔާއެއްކަމަށް ފާހަގަކޮށްފައިވެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކޮށްފައި މިވަނީ މަޖިލީސް ފެށިނީއްސުރެ ޖަލްސާ ނިމެންދެން މި ބިލު ފާސްނުކުރުމަށް ގޮވާލާ މަޖްލިސް ދޮށުގައި ގިނަ އަދަދެއްއްގެ ނޫސްވެރިންނާއި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުންދަނިކޮށެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީ، ހަށިގަނޑުން ލޭ އޮހޮރުވާލާފައިވެ އެވެ.

މި ބިލު ފާސްކުރުމާއެކު ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ޒަމާނެއް ފަހަތައް ޖެހޭނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިއީ ވަރުގަދަ ޚުދުމުހުތާރު ވެރިކަމެއް އުފައްދަވަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާސް ކުރި ބިލެކެވެ. މި ބިލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އެތައްގޮތަކުން ހަނިވާނެކަމަށް ގާނޫނީ ގޮތުން ތަޖުރިބާކާރު ފަރާތްތަކުން ފާހަގަ ކުރައްވާފައިވެ އެވެ.

އިބްރާހިމް މުހައްމަދު ސާލިހުރައީސް މުއިއްޒުމީޑިއާ ކޮންޓްރޯލް ބިލުއެމްޑީޕީޕީޕީއެމް-ޕީއެންސީޕްރެސް ފްރީޑަމް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު