Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ބިލު

ކޮމިޓީ ބައްދަލުވުމަށް ދިޔަ ހުރިހާ މީޑިއާތަކުން ބިލް ބޭރުކުރުމަށް ގޮވާލައިފި

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު ހުށަހަޅާފައިވާ ބިލަކީ އިސްލާހުކޮށްގެން އަމަލުކުރެވޭ ވަރަށް ވުރެ ގޯސްކޮށް އޮތް ބިލެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 11:31
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިޔަ ބައެއް މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން: ހުރިހާ މީޑިއާ އަކުން ވެސް ވަނީ މި ބިލު ބޭރުކުރުމަށް ގޮވާލާފަ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިޔަ ބައެއް މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން: ހުރިހާ މީޑިއާ އަކުން ވެސް ވަނީ މި ބިލު ބޭރުކުރުމަށް ގޮވާލާފަ

މިނިވަން މުއައްސަސާތަކުހެ ކޮމިޓީގައި ބައިވެރިވި ރާއްޖޭގެ ހުރިހާ މީޑިއާތަކުން ވެސް މީޑިއާ ކޮންޓްރޯލް ކުރާ ގޮތަށް ފަރުމާކޮށްފައި ވާ ބިލު ވަގުތުން ބޭރުކުރުމަށް ގޮވާލައިފި އެވެ.

މި ސަރުކާރުން ހީލަތްތެރި ރޭވުމެއްގެ ދަށުން މީޑިއާތަށް ތަޅު އެޅުވުމަށް މަޖިލީހަށް ހުށަހަލާފައި އޮތް އެ ބިލު ބޭރުކޮށްލަން މީޑިއާތަކުން ގޮވާލިރު، ރައީސް މުހައްމަދު މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.

Advertisement - newsAdvertisement

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އިސްލާހުކޮށްގެން އަމަލުކުރެވޭ ވަރަށް ވުރެ ގޯސްކޮށް އޮތް ބިލަކަށްވާތީ ފާސްކުރުމާ ދެކޮޅުކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިޔަ ހުރިހާ މީޑިއާތަކުން ހާމަކުރި އެވެ. އަދި ވަގުތުން އެ ބިލު ބޭރުކުރުމަށް ވަނީ ގޮވާލާފަ އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.

ކޮމިޓީ މަރުހަލާގެ މަސައްކަތް ފަށާފައިވާ ބިލަށް ހިޔާލު ހުށަހަޅަން މީޑިއާތައް ހޯމަ ދުވަހު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ރާއްޖޭގައި ހިންގާ ގާތްގަނޑަކަށް 30 މިޑިއާ އިން ކޮމިޓީއަށް ހާޒިރުވިއިރު، އެންމެން ވެސް ބިލާ ދެކޮޅެވެ.

ހުރިހާ މީޑިއާތަކުން ވެސް ފާހަގަކުރީ، ބިލުގައި ހުރި ކަންބޮޑުވުންތަކާއި ނޫސްވެރިކަމަށް ނުރައްކާ ހުރި މާއްދާތަކެވެ. ގިނަ މީޑިއާތަކުން ގޮވާލާފައިވަނީ ބިލު އަނބުރާ ގެންގޮސް، މީޑިއާތަކާއި ޖަމިއްޔާތައް އަދި ކަމާ ގުޅޭ އިދާރާތަކާއެކު ފުޅާކޮށް މަޝްވަރާކޮށްގެން އާ ބިލެއް އެކުލަވާލުމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ދައުރުގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ހަންނާނު ހުށަހަޅާފައިވާ ބިލަކީ އިސްލާހު ކުރެވޭ ހާލަތުގައި އޮތް ބިލެއް ނޫން ކަމަށެވެ. ނޫސްވެރިންގެ ހިމާޔަތުގައި މުޅި ބިލުގައި އެއްވެސް ކަމެއް ނެތްއިރު، ނޫސްވެރިކަމަކީ ވެސް ޕްރޮފެޝަންއެއް ކަން ހިރިގާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރާއްޖޭގައި އެންމެ ބޮޑު ހަނގުރާމައެއް ކޮށްގެން ހޯދި މިނިވަންކަން ކަމަށެވެ. އެހެންކަމުން، އެ މިނިވަންކަމުގެ ދޮރު ބަންދުކުރަން އުޅުމަކީ ވަރަށް ހަނި ވިސްނުމެއް ކަމަށް ވިދާޅުވި އެވެ.

ހިރިގާ ވިދާޅުވި ގޮތުގައި މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް ބައެއްގެ މަސްލަހަތު އޮތް ކަމެއް ނޫނެވެ. އެހެންވެ، އެކަން ކުރަން ހުށަހަޅާފައިވާ ބިލު ބޭރު ކުރަން އޭނާ ގޮވާލެއްވި އެވެ.

މީގެ އިތުރުން މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހިމް ވިދާޅުވީ ނޫސްވެރިކަމަކީ އަސާސީ ހައްގަކަށްވާއިރު، އެފަދަ ހައްގެއް ހަނިކުރެވޭނީ މިނިވަން ޑިމޮކްރަޓިކް މުޖުތަމައުގައި އެކަން ކުރާ މިންވަރަށް ކަމަށެވެ. ނަމަވެސް ބިލުގައި އެފަދަ މުޖުތަމައުތަކުގައި ހައްގު ހިފެހެއްޓޭ މިންވަރަށް ވުރެ ބޮޑަށް އެ ހައްގު ހަނިކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބިލު ފަރުމާކޮށްފައި ވަނީ ނޫސްވެރިކަމުގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ކަމަށާއި ނޫސްވެރިންނަށް އެއްވެސް އިމްތިޔާޒެއް ބިލުން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން އެކި ކަހަލަ ތުހުމަތުތައްކޮށް ދައްކާ ވާހަކަތަކާއި ކޯޓު ޝަރީއަތްތަކުގައި ދައްކާ ވާހަކަތަކާއި ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތުތައް ގެނެސްދީގެން ވެސް ނޫސްވެރިން ކުށްވެރި ނުވާނެ ކަމުގެ ޔަގީން ކަން މި ބިލުން ނުލިބޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެން ކަމުން މި ބިލު ބޭރުކުރުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

ބިލު ފަރުމާކޮށްފަ އޮތީ ނޫސްވެރިކަމުގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް. ނޫސްވެރިންނަށް އެއްވެސް އިމްތިޔާޒެއް ބިލުން ފޯރުކޮށްދީފައެއް ނެތް. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން އެކި ކަހަލަ ތުހުމަތުތައްކޮށް ދައްކާ ވާހަކަތަކާއި ކޯޓު ޝަރީއަތްތަކުގައި ދައްކާ ވާހަކަތަކާއި ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތުތައް ގެނެސްދީގެން ވެސް ނޫސްވެރިން ކުށްވެރި ނުވާނެ ކަމުގެ ޔަގީން ކަން މި ބިލުން ނުލިބޭ .
މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހިމް

މުއިއްޒުގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވިދާޅުވީ މި ސަރުކާރުން ރާވައިގެން ހަންނާނު މެދުވެރިކޮށް ހުށަހަޅާފައިވާ ބިލަކީ ގައުމީ ނުރައްކަލުގެ ހާލަތުގައި ވެސް ހަނި ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ލިޔެފައިވާ އަސާސީ ހައްގެއް ވަރަށް ބޮޑަށް ހަނި ކުރަން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އަދި އެ ހައްގަކީ އެތައް ބައެއްގެ އެތައް ގުރުބާނީއަކުން ހޯދި ހައްގެއް ކަން ފާހަގަކޮށް ނާއިފް ވިދާޅުވީ އެ ބިލުން ނޫސްވެރިންނަށް އުނިވާ އެ ހައްގުތައް ގާއިދު ކުރަން އުޅުމަކީ އާދައިގެ ކަމަކަށް ހަދައިގެން މިހާރުގެ މަޖިލީހުން އުޅުނު ނަމަވެސް، އެއީ ބިރު ބޮޑު ކަމެއް ކަމަށެވެ.

އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވިދާޅުވީ ބިލު އޮތީ ނޫސްވެރިކަމުގެ ހައްގު ކަށަވަރުކުރުމުގެ ބަދަލުގައި ހައްގު ހިފަހައްޓާ ގޮތަށް ކަމަށާއި ބިލު އޮތީ ސަރުކާރުގެ މުށުތެރެއަށް މީޑިއާ ލެވޭ ގޮތަށް ކަމަށެވެ. އެ ބިލު އޮތީ އިސްލާހު ކުރެވޭ ގޮތަކަށް ނޫން ކަން ފާހަގަކުރައްވާ އެ ބިލު ބޭރުކުރުމަށް ގޮވާލާފައި ވެއެވެ.

އެޓޯލްސް ޓައިމްސްގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު ޖުނައިދު ވިދާޅުވީ މި ބިލަކީ އުފެދުމުގައި ވެސް ބާތިލް ބިލެއް ކަމަށެވެ. އެއީ ބިލު ހެދުމުގައި މި ދާއިރާ އާއި ރައްޔިތުން އަދި ސިވިލް ސޮސައިޓީގެ މަޝްވަރާއެއް ހޯދާފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ބިލު ބޭރުކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ނޫސްވެރިންނާއި މީޑިއާތަކުން މި ބިލު ބޭރުކޮށްލަން ގޮވާލައި އަޑުއުފުލަމުން ދިޔަ ނަމަވެސް މި ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.

އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.

އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.

އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.

އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ.

މީޑިއާ ބިލު ޕްރެސް ފްރީޑަމްމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީމީޑިއާ ކޮންޓްރޯލްރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީޕީއެމް-ޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު