Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައްޔާޒް އިސްމާއިލް

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

ކޮވިޑުގެ އާލާމީ ވަބާގެ ދުވަސްވަރު މިހާރުގެ ރައީސް މުއިއްޒު އިސްނަގައިގެން މާލޭ މަޖީދީ މަގުގައި ކުރި މުޒާހަރާތަކުކައި ގާނޫނީ ވާޖިބު އަދާކުރަން ތިބި ފުލުހުންގަޔަށް މުޒާހަރާގެ ބައިވެރިން ކުޅުޖަހާފަވޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2025 | ހޯމަ 03:48
އެމްޑިޕީ ވެރިކަމުގައި ރައީސް މުއިއްޒު ކުރީސަފުގައި ހުންނަވައިގެން ކޮވިޑް ދުވަސްވަރު ކުރި މުޒާހަރަގެ ބައިވެރިން ފުލުހުންގެ ގަޔަށް ކުޅުޖަހާފަ.

އެމްޑިޕީ ވެރިކަމުގައި ރައީސް މުއިއްޒު ކުރީސަފުގައި ހުންނަވައިގެން ކޮވިޑް ދުވަސްވަރު ކުރި މުޒާހަރަގެ ބައިވެރިން ފުލުހުންގެ ގަޔަށް ކުޅުޖަހާފަ.

މިހާރުގެ ސަރުކާރުން ހުދުމުހުތާރުކަން ދައްކައި، ސިފައިންނާއި ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުކޮށްގެން، އެ ދެމުއައްސަސާއަށް މަލާމާތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ދެ މުއައްސަސާ ސިޔާސީކޮށް ހަލާކުކޮށްފައިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީއަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ކުރުމާއި، އެ އަމުރުތައް ތަންފީޒުކުރުމަށް ވަޒީފާގެ ބިރުދައްކާ ޕާޓީތަކެއްކަމަށް ފާހަގަކުރެއްވިއެވެ.

ޕީޕީއެމް/ޕީއެންސީ ފިކުރަކީ ވެރިކަމަށް އަންނަ ކޮންމެ ދައުރަކު ސިފައިންގެ އާއި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށް މަޖުބޫރުކުރާ ފިކުރެއް ކަމަށާއި، ރައްޔިތުން އެ ދެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަނީ އެޕާޓީ އިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި، ޕީޕީއެމް ސަރުކާރުން ގެއްލުވާލި އިތުބާރު ފުލުހުންނާއި ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އަދި ފުލުހުންނާއި ސިފައިންނަކީ ޕްރޮފެޝަނަލް، ޝަރަފުވެރި އަދި ގަދަރުވެރި ބަޔަކަށް ހެދުމަށް އެމްޑީޕީގެ ސަރުކާރުން ގެނައި ބަދަލުތަކަށް އެ ދެ މުއައްސަސާގެ ގިނަ ބަޔަކު ހެކިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު، މިހާރުގެ ރައީސް މުއިއްޒު އިސްނަގައިގެން މާލޭ މަޖީދީ މަގުގައި ކުރި މުޒާހަރާތަކުގައި، ގާނޫނީ ވާޖިބު އަދާކުރަން ތިބި ފުލުހުންގެ ގަޔަށް މުޒާހަރާގެ ބައިވެރިން ކުޅުޖެހި މައްސަލައަށްވެސް ފައްޔާޒް އިޝާރާތްކުރެއްވިއެވެ. މި ހާދިސާއާ ގުޅިގެން އޭރުގެ ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައިވަނީ މިފަދަ ނާތަހުޒީބު، ލާއިންސާނީ އަމަލެއް ހިންގާނީ ފުލުހުންނަށް އެއްވެސް ވަރެއްގެ ރަހުމެއް، ހަމްދަރުދީއެއް ނުވަތަ އިހްތިރާމެއް ނެތް ބައެއްކަމަށެވެ.

ފާއިތުވި ހުކުރު ދުވަހުގެރޭ ސަރުކާރުގެ ފަރާތުން ފުލުހުންނަށް ޣައިރު ގާނޫނީ އަމުރުކޮށް، މުޒާހަރާ ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަނިޔާވެރިކޮށް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ޚާއްޞަކޮށް، ދުނިޔޭގެ ގިނަ ގައުމުތަކުގައި ލީތަލް ހަތިޔާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސޮނިކް ވެޕަން، ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ރައީސް މުއިއްޒުގެ އަމުރަށް ފުލުހުން ރައްޔިތުންނާ ދެކޮޅަށް ބޭނުންކޮށްފައިވެއެވެ. މި ހަތިޔާރަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވުމަށް ބޭނުންކުރާ، މަތީ ފްރިކުއެންސީގެ އަޑު ފޮނުވާ ހަތިޔާރެކެވެ.

ފައްޔާޒް އިސްމާއިލްއެމްޑީޕީފުލުހުން-ސިފައިންޕީޕީއެމް-ޕީއެންސީމާލެއެލްއާރްއޭޑީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު