Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

ވެރިކަމުގައި ހުރީ މުއިއްޒެވެ. ހަފްލާތަކަށް ގެންދަނީ އެހެން ރައީސުންނެވެ. ދެމުންދަނީ އެ ރައީސުންގެ ޚިދުމަތުގެ އަގުވަޒަންކޮށްދޭ ހަނދާނީ ފިލާތަކެވެ. ކިޔަނީކީވެސް އާދައިގެ މަރުހަބާއެއް ނޫނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2025 | އާދީއްތަ 12:56
ހޯރަފުށިން ރައީސް ޞާލިހް އަށް މަރުހަބާ ދެންނެވުން

ހޯރަފުށިން ރައީސް ޞާލިހް އަށް މަރުހަބާ ދެންނެވުން

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ރައްޔިތުން ބަދަލުކުރީ ބަދަލަކަށެވެ. މުއިއްޒާއި މުއިއްޒުގެ ޓީމުން ސުމާރެއް ނެތި ހެދި ދޮގުތަކުގެ ސަބަބުން ހެޔޮ ބަދަލަކަށެވެ. ވެރިކަމަށް އަންނަން މުއިއްޒު ކެނޑި ފޮންޏާއި ސަޅިބައިސާތަކަށް ބަލައި، އެއަށްވުރެ ރަނގަޅު ގޮތެއް ވާނޭ ކަމުގެ އުއްމީދުގައެވެ. އެއީ އެވެރިކަން ބަދަލުކުރަން ވޯޓުދިން އެއްބައެކެވެ. އަނެއް ބަޔަކު ވޯޓު ދިނީ ސީދާ ރައީސް ޔާމީން މިނިވަން ކުރާށެވެ. މުއިއްޒުގެ އޭރުގެ ބަހުންނަމަ ނާއިންސާފުން "ހަރާމް" ހުކުމަކުން ޖަލުގައި ބަންދުކޮށްފައި ހުރި ރައީސް ޔާމީން މިނިވަން ކުރެވެން އޮތީ މުއިއްޒު ވެރިކަމަށް ގެނެސްގެން ކަމަށް ވީތީއެވެ. ކޮންމެ ސްޕީޗެއް ފަށްޓަވަމުން ބަލާޣާތްތެރިކަމާއެކު އަސަރުން ފުރިގެންވާފަދަ ގޮތަކަށް ރައީސް ޔާމީން ސަލާމަތް ކުރައްވާނެ ވާހަކަ މުއިއްޒު ވިދާޅުވީތީ އޭގައި ޖެހިގެންނެވެ. ޔާމީނަށްޓަކައި ޖަލްސާތަކުގައި ބެހެއްޓި ހުސްގޮނޑީގެ އަވައިގައިޖެހި ޔާމީން މިނިވަން ކުރަން ޕީޕީއެމް ޕީއެންސީ މީހުން ދިން ވޯޓުންނެވެ.

ހޯދުނު ގޮތަކުން ޓިކެޓް ހޯދައިގެން ރޯ ބުހުތާނު ދޮގު ހަދައިގެން ރައީސް ކަމާއި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދައިގެން ވެރިކަން ކުރައްވާތާ ދެއަހަރު ނިމެންދަނީއެވެ. ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ރެކޯޑަކަށްފަހު ރެކޯޑެއް ހެއްދެވޭތޯ މުއިއްޒު އުޅުއްވާއިރު ސާފުސީދާކޮށް ފެންނާން އޮތް އެއް ރެކޯޑަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އަވަހަށް ރައީސެއްގެ އޮފު ކެނޑުނު ރައީސަކީ މުއިއްޒު ކަމެވެ. ވެރިކަމުގެ އެންމެ ކުރީކޮޅު ސަރުކާރަކާ މެދު ރައްޔިތުން އެންމެ ނުރުހުނު ސަރުކާރަކީ މިހާރު އޮތް މުއިއްޒުގެ ސަރުކާރު ކަމެވެ. ވަޒީފާގެ ބިރުވެރިކަމާހުރެ މީހުން ސީދާ ސީދަލަށް މަގުމައްޗަށް ނުކުމެ އަޑު ނުއުފުލިއަސް މުއިއްޒާއި މުއިއްޒުގެ ސަރުކާރު ރަނގަޅޭ ބުނާނެ މީހަކު ފެންނަނީ ހާލަކުން ފަހަރަކުއެވެ. އެއީވެސް ކޮންމެވެސް ވަޒީފާ އެއް އާއިލާ އަށް ލިބިފައި އޮތް ނޫނީ ކޮންމެ ވެސް ފައިދާއެއްވާ މީހެކެވެ. ނޫން ނަމަ އަމިއްލަ ވިޔަފާރި އެއް ފުނޑާލަފާނެތީ އެވެ. އެހާވެސް މިސަރުކާރާއި މުއިއްޒު ދެކެ ނުރުހޭ މީހުން ގިނަވެއްޖެއެވެ. ބަލާލި ކޮންމެ ދާއިރާއެއްގައި ވެސް ކަންހުރީ މިހެންނެވެ. ސީދާ ފާޅުގައި ނުބުންޏަސް ސިއްރު ސިއްރުން ދެކެވޭ ހުރިހާ ހިސާބެއްގައިވެސް ދައްކަނީ އެވާހަކައެވެ.

މިކަންކަމަށް ދަލީލުކޮށް ދެނީ ސޯޝަލް މިޑީޔާގައި ކުރާ ޕޯސްޓްތަކުގައެވެ. ސަރުކާރުން ޕްރޮމޯޓް ކުރަން ކޮށް އުޅޭ ޕޯސްޓްތަކަށް ދޭ ޑިސްލައިކާއި އެއަށް ކުރާ ނުރުހޭ ކޮމެންޓްތަކެވެ. އެއްބަޔަކު ކާކުކަން ނޭނގޭ ނަންނަމުގައެވެ. އަނެއް ބަޔަކު ކާކުކަން އެނގިގެން ސީދާ ފާޅުގައެވެ.

މިކަމަށް ބާރުދޭ އެހެން ހެން ހެއްކެތްވެސް އެވަނީ ފެންނަން ފަށާފައެވެ. މީގެ ކުރީގައި ނުފެންނަ ކަމެކެވެ. ރަށްރަށުގެ ބޮޑުންނާއި ކައުންސިލްތަކުން ވެސް ނުކުރާ ކަމެކެވެ. ރައީސަކު ހުންނަވަނިކޮށް ރައީސްކަން ކުރައްވާފައިވާ އެހެން ބޭފުޅަކު އެރަށެއްގެ ބޮޑެތި ހަފްލާތަކަށް ގެންދިއުމެވެ. ރައްޔިތުންގެ ލޯތްބާއި ތާއީދު އެބޭފުޅަކަށް އޮއްސާލުމެވެ.

އެގޮތުން މުއިއްޒު ރައީސް ކަމުގައި ހުންނަވަނިކޮށް ރައީސް ޔާމީން ވަނީ ހއ ވެރިކަން ކުރާ ދިއްދޫއަށް ގެންދަވާފައެވެ. ރައީސާއި ނައިބު ރައީސްއަށް ދެއްވި ދައުވަތު ގަބޫލު ނުކުރައްވައިގެންވިއަސް ވަރިހަމައެވެ. ދިއްދޫގައި އޮތް "ތިލައުތުރު އެވޯޑް" ދެއްވުމުގެ ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ގެންދިޔައީ ރައީސް ޔާމީނެވެ. ރައްޔިތުން ނުކުމެ ޔާމީނަށް ކީކީ އާދައިގެ މަރުހަބާއެއް ނޫނެވެ. ކުދިބޮޑު އެންމެން ނުކުމެ ވަރަށް ހޫނު މަރުހަބާއެކެވެ. ހަފްލާގައި ޔާމީން ދައްކަވާނެ ވާހަކައެއްވެސް ދެއްކެވިއެވެ. ކައުންސިލާއި އަތޮޅުގެ ރައްޔިތުން އަދި ޚުދު އަތޮޅު ކައުންސިލުން ވެސް އޯކޭވެގެންނެވެ. ކިރިޔާވެސް ފަޅުކަމެއް އައީ ގަންނާ ކުރެއްވި ބިރަކުން ދާއިރާގެ މަޖިލިސް މެންބަރަށް ބައިވެރިވާން ކައިރިވަޑައި ނުގަތީތީ އެބޭފުޅާ ފެންނާން ނެތުމުންނެވެ.

ހަމަ އެބީދައިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެގެންދަވަނީ ރަށު ރައްޔިތުން އެދިގެން ރަށަކަށްފަހު ރަށަކަށް ވަޑައިގެން ކައުންސިލުން ކުރައްވާ ކަންކަން އިފްތިތާހް ކޮށްދެއްވަމުންނެވެ. ރިބަންފަށް ކަނޑުއްވަމުންނެވެ. އެމަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކޮށް ދެމުންދާ ހަނދާނީ ފިލާތަކާ ހަވާލުވެ ވަޑައިގަންނަވަމުންނެވެ. ފ އަތޮޅުގެ ރަށްރަށުންވެސް ފެނުނީކީ އާދައިގެ މަންޒަރެއް ނޫނެވެ. އެމަނިކުފާނަށް އޮތް ލޯތްބެވެ. މުއިއްޒަށް ކުރާ ނަފުރަތެވެ. ރައީސް އިބޫގެ ޚިދުމަތްތައް ރައްޔިތުން ބަލައިގަންނަކަމުގެ މެސެޖެވެ.

ހޯރަފުށިންވެސް އެފެނުނީ އޭގެ އިންތިހާއެވެ. މުއިއްޒު ރައީސް ކަމުގައި ހުންނަވަނިކޮށް "ހޯރަފުށީ ދުވަސް" ފާހަގަ ކުރުމުގެ ހަފްލާއަށް އެގެންދެވީ ޚުދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެރަށުގެ ފައިއިދިފުރައިގެ ދެޖިންސުގެ އެންމެން ނުކުމެ ކިޔާފައި އެވަނީ ވަރަށް ހޫނު މަރުހަބާއެކެވެ. އުފަލާއެކު ހަދިޔާ އެކުރީ އެތައް މާބޮނޑިއެކެވެ. މުޅި ދުނިޔެއަށް ފެންނަގޮތައް އެދިނީ އެރަށަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޝަރަފްވެރި ހަނދާނީ ފިލައެކެވެ. ފެނުނީ ރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އޮތް ލޯތްބެވެ. ވެރިކަމުގައި މުއިއްޒު ހުރިގޮތައް ހުއްޓައެވެ.

ކޮންމެއަކަސް މިއީ ކުރިން ހިނގާ ކަންކަމެއް ނޫނެވެ. ރައީސަކު ރައީސް ކަމުގައި ހުންނަވަނިކޮށް ކުރީގެ ރައީސަކު ގެންދަވައިގެން މިގޮތައް ކަންކުރުމަކީ ކުރިން ކުރާ ކަންކަމެއް ނޫނެވެ. ކުރަން ކެރޭވެސް ކަމެއް ނޫނެވެ. ބައެއް ރަށްރަށުން ބޭނުންވިއަސް ކުރަން ލަދުވެތި އަދި ބިރުވެސް ގަންނަ ކަމެކެވެ. އެކަމަކު މުއިއްޒުގެ ވެރިކަމުގައި މިދަނީ މިކަންވެސް ފެންނަމުންނެވެ. އަދި އެއީވެސް ވެރިކަމުގެ ކުރީކޮޅުގައެވެ. މިއީ އެތައް ގޮތަކުން ރައްޔިތުން ދޭ ސާފު މެސެޖެކެވެ. ފުދިއްޖެ އެވެ. ދެން އަހަރެމެން މި ވެރިކަމުން އައު ކުރާނެ އުއްމީދެއް ނެތެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް މުއިއްޒުރައީސް ޔާމިންކ.ދިއްފުށިހޯރަފުށިޕީޕީއެމް-ޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު