Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

ސަރުކާރަށް ފާޑުކީ މީހުންނާއި އިދިކޮޅު ޕާޓީތަކުގެ މީހުން ސަރުކާރުގެ ބޮޑެތި މަގާމްތަކަށް ގެންނާތީ ޕީއެންސީގެ އާއްމު މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2025 | ބުރާސްފަތި 11:38
ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައިފަހުން ރާއްޖޭގެ ވިޔަފާރިތައް ދައްވެ، ތަކެތީގެ އަގުތައް އުފުލި އާންމުރައްޔިތުން ދަނީ ނިކަމެތި ވަމުން

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައިފަހުން ރާއްޖޭގެ ވިޔަފާރިތައް ދައްވެ، ތަކެތީގެ އަގުތައް އުފުލި އާންމުރައްޔިތުން ދަނީ ނިކަމެތި ވަމުން

މަގުމަތިން ދިމާވި މީހެކެވެ. ދަންނަ ރައްޓެއްސެއް ނޫނެވެ. އެކަމަކު ފެންނަފެނުމަށް އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައާއި މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ޕީޕީއެމް ޕީއެންސީ ހަރަކާތްތަކުން ފެންނަ މީހެކެވެ.

ގޮވާލާފައި ފުރަތަމަވެސް އޭނާ ބުނީ ހުރިހާ މޮޅެއް އެހެން މީހުންނަށް ކަމަށެވެ. ހޯދަދިން ބަޔަކަށް، އަމުދުން ރައްޔިތަކަށްވީ ފައިދާއެއް ނެތް ކަމަށެވެ. ކައިރިއަށް ލެފިލާ ކިހިނެއް ވީތޯއޭ އަހާލީމެވެ. ދެންވެސް ބުނީ އަޑުގަދަ ކުރިވަރެއް ރަނގަޅުވާނެ ކަމަށެވެ. އޭރުން ގެންދާވަރު ބޮޑުވާނެޔޭވެސް ބުންޏެވެ.

ތި ކިޔަނީ ކޯއްޗެއް ހެއްޔޭ އަނެއްކާވެސް އެހީމެވެ. ދެންވެސް ބުނީ ކުރިއަށް އޮތީވެސް އެގޮތް ކަމަށެވެ.

ތިންވަނަ ފަހަރަށް އެހީމާ ދިން ޖަވާބުން ވެގެން އުޅޭގޮތް ސާފުވިއެވެ. އެކިޔަނީ ކީކޭކަން ފަހުމް ވިއެވެ. އެކަމަކު އެވާހަކަ ބުނެ ނިންމާލަމުން ރައީސް މުއިއްޒަށް މުޚާތަބުކޮށް އެބުނި އެއްޗަކުން ސީދާ އެވާހަކަ ސީދާ ބުނިގޮތައް ބުނާކަށް މަށަކަށްވާ ލާހިކު ކުޅަދާނައެއް ނޫނެވެ.

ހިތާހިތާ ކިޔާލެވުނެވެ. އޭނާ އެބުނީ ވަރަށްބޮޑު ތެދެކެވެ. ފެންނަ ފެނުމަށް އެއީ ސީދާ ހަގީ ގަތެކެވެ. އަދި މަންޒަރުތައް ހުރިގޮތުން އެކަން ދާނީވެސް ކުރިއަށެވެ.

އޭނާ ބުނީ ދެއިރު ދެޅައަށް އިންޑިޔާ އައުޓް ޖައްސާފައި ރެޔާ ދުވާލު ގޭގެއަށް ހިނގާފައި މުއިއްޒު ވެރިކަމަށް ގެންނާން އުޅުނީ ޕީޕީއެމް ޕީއެންސީ މީހުންނެވެ. ދެއްކި ހުސް ގޮނޑިއާ ރައީސް ޔާމީން ސަލާމަތް ކުރެވޭންވެސް އޮތީ އެގޮތައް އެކަން ކޮށްގެންކަމަށް ވިސްނައިދިނީތީ މުއިއްޒު ހޮވަން ކުރެވުނިއްޔާ ކުރެވުނުހާ ކަމެއް ކުރެވުނު ކަމަށެވެ. އޭނާ ބުނީ އެކަން ކުރީ ގައުމަށް ހެޔޮގޮތެއް ހޯދުމުގެ ބޭނުމުގައިވެސް ކަމަށާއި އިހުއޮތް ސަރުކާރަށްވުރެ ރަނގަޅުވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

އެކަމަކު އޭނާ ބުނީ ކަންކަން މިދަނީ އިހުނަށްވުރެ ގޯސްކޮށް ކަމަށާއި ތަކެތީގެ އަގުބޮޑުވެ އަނގަޔާ އަތާ ދިމާ ނުވާ ހިސާބަށް ދަނީ ކަމަށެވެ. ބޭސް ނުލިބި ގޮތްހުސްވަމުންދާއިރު ދެއިރު ދެދަޅައަށް ކާ ބޭހެއްހެން ވެރިމީހާ މަޖާކުރުމަށް އަބަދު ފުރަފުރައިގެން ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދުނޫން މާދަން ރަނގަޅުވާނެ ކަމުގެ އުއްމީދު ދީގެން ޕާޓީކުދިންކޮޅު ތިބީ ގުނބޯ ހައްދާފައި ކަމަށާއި ބަހެއް ބުނާންތިބި މަޖިލީސް މެންބަރުންނަށް ލޯނުތައް ދީފައި އަނގަތައް ބަންދުކުރުވާފައި ކަމަށެވެ. ރައްޔިތުންނަށް ކޮށްދޭން ބުނި ހެޔޮވެރިކަމުގެ ބަދަލުގައި ފެންނަމުންދަނީ ދެމަފިރިންގެ ނާޗަރަނގީ އަދި ޗާލާކީ ވެރިކަމެކޭވެސް އޭނާ ބުންޏެވެ.

ކުޑައިކޮށް އިތުރަށް ކޮނެލުމުގެ ބޭނުމުގައި އަނެއްކާވެސް ސުވާލު ކޮށްލީމެވެ. ތިޔަ ބުނަނީ ކޮންބައެއްގެ ވާހަކަ ހެއްޔެވެ. އޭނާ ބުނީ އިންތިޚާބު ތެރޭގައި އެންމެ ގަދައަށް ހަޅޭލެވި އެކަކު އެހެރީ ގެނެސް އެންމެ އެޑްވައިޒަރަށް ލައިފައެވެ. ގެއެޅި ގޮތާއި ފައިސާ ހޯދި ގޮތޭ ކިޔައިގެން ވާހަކަ ދެއްކި މީހާވެސް މިހާރު އެހެރީ އެންމެ ގާތުގައެވެ. ޓެކްސްތައް މައާފް ކޮށްދިނުމާއި އެތަނުން ފަޅެއް މިތަނުން ފަޅެއް ދީފައި އެމީހުން ގެނެސް ބައިތިއްބަން މުއިއްޒަށް އޯކޭ ކަމަށެވެ. ކަމުނުދުޔައީ ޔާމީން މިނިވަން ކުރުން ކަމަށާއި ޔާމީން ގާތުގައި ހުރެގެން ބަވަބަވާފައި ލާރި ދިނީމާ ބޮޑުފަޅިއަށް އެރުން މުއިއްޒަށް ބަރާބަރު ކަމަށެވެ.

އޭނާ ބުނީ ސަރުކާރުން ބޮޑެތި މަގާމް ދީފައި ގަނެގެން ގެންނަނީ މުޅިންވެސް އިދިކޮޅު މީހުން ކަމަށާއި ނިމިދިޔަ ސަރުކާރުގައި ވަޒީރުކަމާއި މަޖިލިސް މެންބަރުންނާ އޭރުގެ މަތިފަޑީގައިތިބި މީހުންވެސް މިހާރު މުއިއްޒަށް މާ ކަމުދާ ކަމަށެވެ. ރަށްރަށުގައިވެސް ވަޒީފާ ދެނީ ބާރަށް ހަޅޭލަވާ އިދިކޮޅު ޕާޓީތަކުގެ މީހުންނަށް ކަމަށާއި ޕީޕީއެމް ޕީއެންސީ ކުދިން ގޮތެއް ނެތިފައި ޕާޓީއާ އަހަރެމެންގެ ވެރިކަމޭ ބުނެ ގޮތެއް ނެތިފައި ތިބެންވީ ކަމަށެވެ.

ނިންމާލަމުންވެސް އޭނާ އެހެން ވާހަކައެއްވެސް ބުންޏެވެ. އިންޑިޔާ އައުޓޭ އެއްބަސްވުމޭ، ގައުމީ ސަލާމަތޭ ކިޔައިގެން އަހަރެމެން ލައްވައި ލައްކަ ހަޅޭ ލެއްވުވި ކަމަށާއި އެހުރިހާ ކަމެއް މިހާރު ބަރާބަރުވެ ފައިކޭޓު ދައްކާލީމަ މޯދީ އުނގަށްވެސް އެރި ހަމަޖެހިލީ ކަމަށެވެ.

ކޮންމެއަކަސް ނިންމާލަމުން އެބުނި އެއްޗެއް ބުނެފައި ފަހުބަހަކަށް އޭނާ ބުނީ މިހާރު މިވެރިކަން ގެނެވުނީތީ މޮޔަހީވާ ކަމަށާއި މަހްލޫފް ނޫނަކަސް ހަމަހޭގައި މަށާ މަގޭ އާއިލާމީހެއްގެ ވޯޓު މިމުއިއްޒަށް ހަތް ހަރާމުން ހަރާމް ކަމަށެވެ. މަށަށް ވެގެން ދަންޏާ މަގޭ އެކުވެރިއަކުވެސް މަގޭ ގާތްތިމާގެ ވަންހަކޮޅު މީހަކަސް ދެން މިމީހުންގެ އަވައިގާ ޖެހުނަކަ ނުދޭނެ ކަމަށެވެ. މަވާ ސަލާމެވެ.

ރައީސް މުއިއްޒުރައީސް ޔާމިންޕީޕީއެމް-ޕީއެންސީއިންޑިޔާ-ދިވެހިރާއްޖެރިޔާސީ އިންތިޚާބުމަޖިލީސް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު