Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްވެސް ހަގީގީ ނިޔަތެއް އެމެރިކާގެ ނެތް: ހަމާސް

ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ނަމުގައި އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ފަލަސްތީންގައި ޖަރީމާތައް ހިންގުމަށް އިތުރު ވަގުތު އިޒްރޭލަށް ހޯދައިދިނުމަށް ކަމަށް ހަމާސް އިން ދެކެއެވެ.

ރާއްޖެ އެމްވީ | 18 އޯގަސްޓު 2024 | އާދީއްތަ 12:43
ހަމާސްގެ އިސް އޮފިޝަލް އުސާމާ ހަމްދާން

ހަމާސްގެ އިސް އޮފިޝަލް އުސާމާ ހަމްދާން

ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްވެސް ހަގީގީ ނިޔަތެއް އެމެރިކާގެ ނެތް ކަމަށް ހަމާސް އިސް މެމްބަރަކު ވިދާޅުވެއްޖެއެވެ.

ލުބުނާނުގައި ހަމާސް ތަމްސީލުކުރައްވާ އުސާމާ ހަމްދާން ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ އެމެރިކާއިން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓުވުމުގެ އައު ޕްރޮޕޯސަލް ގައި ޣައްޒާއިން އިޒްރޭލު ސިފައިން މުޅިން ފޭބުން ހިމެނިފައި ނުވާ ކަމަށެވެ.

ހަމްދާން ފާހަގަކުރެއްވި ގޮތުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި މިނިވަން ކުރާނީ ފަލަސްޠީނުގެ ކޮންކޮން ޤައިދީންނެއް ކަމެއް ބަޔާންކޮށްފައި ނުވާއިރު، އެއްބަސްވުމުގައި ފަލަސްޠީނު ޤައިދީން މިނިވަންކުރާނެ ސާފު މިންގަނޑުތަކެއް ކަނޑައަޅަންޖެހޭނެ ކަމަށް ހަމާސް އިން ދެކޭ ކަމަށެވެ.

ހަމާސްގެ އިސް އޮފިޝަލް އިތުރަށް ވިދާޅުވެފައިވަނީ އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ފަލަސްތީންގައި ޖަރީމާތައް ހިންގުމަށް އިތުރު ވަގުތު އިޒްރޭލަށް ދިނުމަށް ކަމަށެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިޞްރުގެ އޮފިޝަލަކު ހޮނިހިރު ދުވަހު ބުނެފައިވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓުވުމާ ގުޅޭގޮތުން ހަމާސްއާއި އިޒްރޭލުގެ މަންދޫބުންގެ މެދުގައި ނުރަސްމީ މަޝްވަރާ ބައްދަލުވުމެއް ބުދަ ދުވަހު ޤާހިރާގައި އޮންނާނެ ކަމަށެވެ.

މި ފަރާތުން ބުނެފައިވާ ގޮތުގައި ބުދަ އަދި ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ މިޞްރު، ޤަޠަރު އަދި އެމެރިކާގެ މަންދޫބުންނާއި އިޒްރޭލުގެ ޓީމު ބައިވެރިވާނެއެވެ.

މިދިޔަ ހަފްތާގައި ބޭއްވުނު މަޝްވަރާތަކުގައި ބައިވެރިވި މިޞްރު، އެމެރިކާ އަދި އިޒްރޭލުގެ މަންދޫބުން ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރުވެސް ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. މަންދޫބުން މިވަގުތު ކުރަމުންދާ މަސައްކަތަކީ ގާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ފެށުމުގެ ކުރިން ސުލްހައިގެ ޕްރޮޕޯސަލް ގައި ހިމެނޭ "ޓެކްނިކަލް ޕޮއިންޓް" ތަކަށް މަޝްވަރާ ކުރުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ދޯހާގައި ބޭއްވި ތިން ދުވަހުގެ މަޝްވަރާތަކަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި މެދުވެރިންގެ ދައުރު އަދާ ކުރާ ތިން ގައުމުން ބުނެފައިވަނީ ހަމާސް އަދި އިޒްރޭލަށް ސުލްހައަށް ވާސިލް ވެވޭނެ "ފާލަމެއްގެ ގޮތުގައި ހުށަހެޅުމެއް" ހުށަހަޅާފައިވާ ކަމަށެވެ. މިއީ އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 2735 އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށްވެސް ބުނެފައިވެއެވެ. މިޤަރާރުގައި ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން، ފުރިހަމަ އަށް ނިމުމަކަށް ގެނައުމަށް ގޮވާލާފައިވެއެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 40،000 ށް ވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އެތައް ހާސް މީހުން ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން އެތައް ހާސް މީހުން ވަނީ ގެއްލިފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު