Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނުރައްކާތެރި އެކްސިޑެންޓް

ލަންކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް!

13 އޯގަސްޓު 2017 | އާދީއްތަ 23:38

އެކްސިޑެންޓްވި ދެމަފިރިން ލަންކާއަށް ބަދަލުވީ ދާދިފަހުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 13 އޯގަސްޓު 2017 | އާދީއްތަ 23:38
އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާ

އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާ

ލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ހިނގި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ލަންކާގައި ދިރިއުޅެމުންދާ ދެމަފިރިއަކަށެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އާއިލާގެ މެންބަރަކު ބުނީ، އެކްސިޑެންޓް ހިނގީ ދުއްވާފައިދިޔަ ކާރަކާއި އެ ދެމަފިރިން ތިބި އޮޓޯ އާއި ޖެހިގެން ކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި ކާރު ދުއްވަން އިނީ ލަންކާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރެކެވެ. އަދި އެކްސިޑެންޓް ހިނގީ ބާރަށް ދުއްވާފައި އައި އެހެން ވެެހިކަލަކުން ކާރު ނައްޓަން އުޅުމުގެ ތެރޭގައިކަމަށް މައުލޫމާތު ލިބެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ މި އެކްސިޑެންޓް ހިނގީ، އާދިއްތަ ދުވަހުގެރޭ 10.00 ހާއިރު، ހެވްލޮކް ސިޓީގެ އެޑްވާޑް އެވެނިއު ކައިރީގައި ކަމަށެވެެ.

އެ ދެމަފިރިންނަށް ފަރުވާ ދެމުންދަނީ ލަންކާ ހޮސްޕިޓަލްގައެވެ. އަދި އަންހެން މީހާއަށް އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށްފައި ވީނަމަވެސް ފިރިހެން މީހާއަށް ފަރުވާދެމުންދަނީ އައިސީޔޫގައިކަމަށް އާއިލާއިން ބުންޏެވެ. އަދި ފިރިހެން މީހާގެ ހަލު ސީރިއަސްކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

އެގޮތުން ފިރިހެންމީހާގެ ފައިގެ ދެ ތަނަކުން ބިންދައިގެންގޮސް އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެންގޮސްފައިވާއިރު، އޭނާގެ ބައެއް ދަތްވެސް ނެތްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާގެ މޫނުގެ ސާޖަރީއެއް އިމަޖެންސީކޮށް ހަދަންޖެހިފައިވާއިރު، އެތެރެހަށްޓަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ޓެސްޓްތަކެއް ހަދަން ތައްޔާރުވމުންދާކަމަށް އާއިލާއިން ބުންޏެވެ.

އެކްސިޑެންޓްވީ މާލެއަށް ނިސްބަތްވާ ދެމަފިރިންނެވެ. އަންހެން މީހާގެ އުމުރަކީ، 34 އަހަރެވެ. ފިރިހެންމީހާއަށް 37 އަހަރެވެ.

އާއިލާއިން މައުލޫމާތު ދިން ފަރާތުން ބުނީ އެކްސިޑެންޓްވި ކާރުގައި އިން ލަންކާގެ އަންހެން ޑޮކްޓަރު ފުލުހުންގެ ބަންދުގައި ވާކަމަށެވެ. އަދި އަނިޔާވި ދިވެހި ދެމަފިރިން ދުއްވި އޮޓޯގެ ޑްރައިވަރަށް ލަންކާ ކަޅުބޯވިލާ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އޭނާގެ ހާލުވެސް ސީރިއަސްކަމަށް މައުލޫމާތު ލިބޭކަމަށެވެ.

އާއިލާއިން ވާހަކަދެއްކި މީހާ ބުނީ، އެކްސިޑެންޓް ވީ ވަގުތު އަންހެން މީހާގެއަތުގައި އޮތް އައިފޯން7 އަކާއި ފިރިހެންމީހާގެ ޖީބުގައިއޮތް ވޮލެޓް އޭގައި ހުރި ލާރިއާއި އަދި އޭނާގެ ކޭޝްކާޑްތަކާއިއެކު ގެއްލިފައިވާ ކަމަށެވެ.

އެކްސިޑެންޓްވި ދެމަފިރިންނަކީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އާއިލާއާއިއެކު، ލަންކާއަށް ދިރިއުޅުން ބަދަލުކުރި ދެމަފިރންނެވެ.

އެކްސިޑެނޓްވި ދެމަފިރިންގެ ވަނަވަރު، ޙަބަރުގައި ސިއްރުކޮށްފައިިވަނީ އާއިލާގެ އެދުމުގެމަތިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް