Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުވާކުޅުން

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ އެދިފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 31 ޖެނުއަރީ 2017 | އަންގާރަ 18:25
ފުލުހުންގެ މައި އިދާރާ: ޖުވާ ކުޅޭ ވީޑިއޯ ވެސް ވަނީ ހުށަހަޅާފައި

ފުލުހުންގެ މައި އިދާރާ: ޖުވާ ކުޅޭ ވީޑިއޯ ވެސް ވަނީ ހުށަހަޅާފައި

ސްރީ ލަންކާގައި ދިވެހިންތަކެއް ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް ފުލުހަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން އަންގާރަ ދުވަހު ފުލުހަށް ހުށަހެޅި އެ މައްސަލައާއެކު، ޖުވާ ކުޅެން ދިވެހިންތަކެއް ތިބޭ ވީޑިއޯއެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި އައްޑޫ ބަހުން ވާހަކަ ދައްކާ، ހަތަރު ދިވެހިން ކެސީނޯއެއްގެ އެތެރޭގައި ތިބެ އެވެ. އަދި އެމީހުންގެ ތެރެއިން އެއްބަޔަކު ޖުވާ ކުޅޭ މަންޒަރު ވެސް ފެނެ އެވެ.

އެ މައްސަލަ ހުށަހެޅި ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުވި ސިޓީ ރާއްޖެއެމްވީއާ ވަނީ ހިއްސާކޮށްފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ބަގަރާ ސޫރަތުގެ 219 ވަނަ އާޔަތާއި، އަލް މާއިދާ ސޫރަތުގެ 90 ވަނަ އާޔަތުގެ އާޔަތާއި 91 ވަނަ އާޔަތުން ޖުވާ ކުޅުމަކީ ހަރާމްކުރައްވާފައިވާކަމެއްކަން އެނގޭ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން ޖުވާ ކުޅުމަކީ އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެއް ކަމަށް ވެސް ބަޔާން ކޮށްފައިވެ އެވެ.

އެ ސިޓީގައި ވަނީ އެ މައްސަލަ ތަހުގީގުކޮށް، ވީޑިއޯއިން ފެންނަ ދިވެހިންނަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދިފަ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް

14 މާރިޗު 2017
 ލަންކާގައި ދިވެހި ކުއްޖާ ނިޔާވީ ސްވައިން ފްލޫ ޖެހިގެނެއް ނޫން: އާސީރީ ހޮސްޕިޓަލް
07 މާރިޗު 2017

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
23 ފެބުރުއަރީ 2017

ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

23 ފެބުރުއަރީ 2017
ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު