Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

17 އޮކްޓޯބަރު 2026 | ހޮނިހިރު 10:29

2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ކުރީގެ ރައީސް ސޯލިހާއެކު ބޭއްވި ތިން ގަޑިއިރުގެ ބައްދަލުވުމަކީ އެމަނިކުފާނުގެ ފުރިހަމަ ތާއީދާއެކު ކުރިއަށްދާ މަޝްވަރާތަކެއް ކަމަށް ފައިސަލް ވިދާޅުވި. ފައިސަލްގެ ރަނިންމޭޓަކަށް އާޒިމް ހަމަޖައްސަވައިގެން ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވި ނިންމެވުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެމަނިކުފާނު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 17 އޮކްޓޯބަރު 2026 | ހޮނިހިރު 10:29
ޕްރައިމަރީއާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި ނުކުމެ ވަޑައިގަންނަވާ މީޑިއާތަކަށް އިންޓަވިއު ދެއްވަނީ

ޕްރައިމަރީއާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި ނުކުމެ ވަޑައިގަންނަވާ މީޑިއާތަކަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ބޭއްވެވި މި ބައްދަލުކުރެއްވުން ތިން ގަޑިއިރަށް ދެމިގެންދިޔަ އެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ފައިސަލްގެ އިތުރުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު އަދި ޕާޓީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއާ ގުޅިގެން މިފަދަ މަޝްވަރާ ބައްދަލުވުންތައް އަބަދުވެސް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ރައީސް ސޯލިހާއެކު ބޭއްވުނު ބައްދަލުވުމަކީ ވެސް އެގޮތުން އާންމުކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން އެއް ބައްދަލުވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ ރައީސް ސޯލިހުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދާ އެކުގައި ކަމަށެވެ. އަދި ޕްރައިމަރީއަށް ކުރިމަތިލެއްވުމަށް ނިންމެވި ނިންމެވުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، ރަނިންމޭޓަކަށް އާދަމް އާޒިމް ހަމަޖައްސަވައިގެން އެ ނިންމުމާއެކު ސާބިތުކަމާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނު ކުރެއްވީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި އާޒިމް ހަމަޖެއްސެވި ފަހުން، ދެ ބޭފުޅުން ގުޅިވަޑައިގެން ކެމްޕޭނުގެ ތަފާތު ހަރަކާތްތައް މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ދަނީ ހިންގަވަމުންނެވެ. އެ ހަރަކާތްތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެމްޑީޕީގެ ކުރިއަށް އޮތް ވެރިކަމެއްގައި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ފައިސަލް ގެންދަވަނީ ވިދާޅުވަމުންނެވެ.

ފައިސަލް ނަސީމްއިބްރާހީމް މުހައްމަދު ސޯލިހުއާދަމް އާޒިމްއެމްޑީޕީ

އެންމެ ހިނގާ

1

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

2

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2026

ސްވިމިންގ ޓްރެކް ފަދަ ތަންތަނަކީ މާލެ ސިޓީ ކައުންސިލް ބެލުމުގެ ދަށުގައި ހުންނަން ޖެހޭ ތަންތަން ނަމަވެސް ސަރުކާރުން ދަނީ އެތަންތަން ކައުންސިލަށް ހަވާލު ނުކޮށް ހަލާކު ކުރަމުން: މޭޔަރު އާޒިމް

15 އޮކްޓޯބަރު 2026

މިސަރުކާރުގެ އެއްވެސް ވިޔަފާރި ސިޔާސަތެއް ނެތް، ސަރުކާރުން އުޅެނީ ހިތައް އެރިހާ އެއްޗެއް ވިއްކައިގެން ފައިސާ ހޯދަން: މޭޔަރު އާޒިމް

15 އޮކްޓޯބަރު 2026
މިސަރުކާރުގެ އެއްވެސް ވިޔަފާރި ސިޔާސަތެއް ނެތް، ސަރުކާރުން އުޅެނީ ހިތައް އެރިހާ އެއްޗެއް ވިއްކައިގެން ފައިސާ ހޯދަން: މޭޔަރު އާޒިމް
15 އޮކްޓޯބަރު 2026

ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ބަލައިގަންނަ ކަމެއް ނޫން: ފައިސަލް

15 އޮކްޓޯބަރު 2026
ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ބަލައިގަންނަ ކަމެއް ނޫން: ފައިސަލް
15 އޮކްޓޯބަރު 2026

މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު

15 އޮކްޓޯބަރު 2026
މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު
15 އޮކްޓޯބަރު 2026

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

15 އޮކްޓޯބަރު 2026
އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް
15 އޮކްޓޯބަރު 2026

ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް

15 އޮކްޓޯބަރު 2026
ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް
14 އޮކްޓޯބަރު 2026

މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް

14 އޮކްޓޯބަރު 2026
މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް
14 އޮކްޓޯބަރު 2026

މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި

14 އޮކްޓޯބަރު 2026
މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި
14 އޮކްޓޯބަރު 2026

ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް، މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ދަނީ ބަދަލުކުރަމުން: ރައީސް ނަޝީދު

14 އޮކްޓޯބަރު 2026
ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް، މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ދަނީ ބަދަލުކުރަމުން: ރައީސް ނަޝީދު
14 އޮކްޓޯބަރު 2026

މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް އެމްޑީޕީ ސަރުކާރެއްގައި ހައްލުވެ، ތަކެތީގެ އަގު ހެޔޮވެގެންދާނެ: މޭޔަރު އާޒިމް

14 އޮކްޓޯބަރު 2026
މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް އެމްޑީޕީ ސަރުކާރެއްގައި ހައްލުވެ، ތަކެތީގެ އަގު ހެޔޮވެގެންދާނެ: މޭޔަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް