Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

ރައީސް ނަޝީދު ވަނީ ބައްދަލުވުމުގައި ވާހަކަދައްކަވާފަ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 2 ފެބުރުއަރީ 2017 | ބުރާސްފަތި 16:36
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާއި އެކު

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާއި އެކު

އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯދައިގެން ހުންވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބަންދަލުކުރައްވާފިއެވެ.

ލަންކާގެ މޮއުންޓްވިއާނިއާ ބެރޮޖިއާ ހޮޓެލްގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ވަނީ ގިނަ އަދަދެއްގެ އެމްޑީޕީގެ އާންމު މެމްބަރުނާއި ސަޕޯޓަރުން ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ދިވެހިންނާއި މުހާތަބްކޮށް ރައީސް ނަޝީދު ވަނީ ވަހަކަދައްކަވާފައެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ބައިވެރި ދިވެހިންނާއި އެކު ނަގާފައިވާ ފޮޓޯތަށް ދަނީ ސޯސަލް މީޑިއާގައި ދައުރުވަމުނެވެ.

ރައީސް ނަޝިދު ލައްކާއަށް ވަޑައިގެން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި ދަނީ ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ވަކިން ހާއްސަކޮށް ޕާޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާ ބައްދަލުވުންތަށް ބާއްވަމުނެވެ.

ލަންކާގައި ކުރިއަށް ގެންދާ މަޝްވަރާތަކާގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕަޝަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ރައީސް ނަޝީދާއެކު ކުރިއަށް ގެންދެވޭ ކޮންމެ ބައްދަލުވުމަކީ އެމްޑީޕީއަށް ކާމިޔާބު ލިބޭނެ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ނިންމެވި މުހިންމު ކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނީ ރައީސް ނަޝީދު ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަނީ ެ އެމްޑީޕީގެ އާންމު މެމްބަރުނާއި ސަޕޯޓަރުން ބައިވެރިވެފ

ބުރާސްފަތި ދުވަހު (މިއަދު) ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމުގެ މަޤާމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލެއްވުމަށް ލަފާ އަރުވާފައިވާ ކަމަށް ވެސް އަލީ ނިޔާޒް ވިދާވިއެވެ.

ކުރީގެ ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެކި ގައުމުތަކަށް ނިސްބަތްވާ މަންދޫބުންނާ ވެސް ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ރައީސް ނަޝީދު އިގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނަވާތާ މިހާރު ވަނީ އަހަރު ދުވަސްވެފަ އެވެ. އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ ލަންކާއަށް ވަޑައިގެންފަ އެވެ. އެފަހަރުވެސް ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު