Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިޒްރޭލް ހަނގުރާމަ

މުޅި ދުނިޔޭން އިޒްރޭލު ކުށްވެރި ކުރިއަސް އިޒްރޭލަށް ފަރުވާލެއް ނެތް: ފަލަސްތީންގެ މަންދޫބު

އިޒްރޭލުގެ ހަމަލާތަކުގައި އަންގާރަ ދުވަހު ޣައްޒާ އިން 19 މީހުން ވަނީ ޝަހީދުވެފައެވެ.

ރާއްޖެ އެމްވީ | 14 އޯގަސްޓު 2024 | ބުދަ 08:14
އދ އަށް ފަލަސްތީނުން ކަނޑައަޅާފައިވާ މަންދޫބް ރިޔާޒް މަންސޫރު

އދ އަށް ފަލަސްތީނުން ކަނޑައަޅާފައިވާ މަންދޫބް ރިޔާޒް މަންސޫރު | ވަފާ

އިޒްރޭލުން ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް މުޅި ދުނިޔޭން ކުށްވެރި ކުރިއަސް އިޒްރޭލަށް ފަރުވާލެއް ނެތް ކަމަށް އދ އަށް ފަލަސްތީނުން ކަނޑައަޅާފައިވާ މަންދޫބް ރިޔާޒް މަންސޫރު ވިދާޅުވެއްޖެއެވެ.

އެނާ މިހެން ވިދާޅުވީ، ޣައްޒާ ސިޓީގެ އަލް-ތާބިއީން ސްކޫލަށް ބޮން އަޅާ އިޒްރޭލުން ހިންގި ގަތުލުއާއްމުންގެ މައްސަލައިގައި އަންގާރަ ދުވަހު ބޭއްވީ އދ ގެ ސެކިއުރީޓީ ކައުންސިލްގެ ޚާއްސަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ސެޝަންގައި އދ ގެ އިންސާނީ އެހީތެރިކަމާ ބެހޭ ޖަމްއިއްޔާ އިން ވާހަކަދެއްވި މަންދޫބު ވިދާޅުވީ، ޣައްޒާގެ ތާބިއީން ސްކޫލަށް ހަމަލާދީ 100 ށް ވުރެ ގިނަ މީހުން މަރުވި ހާދިސާ އަކީ އިޒްރޭލުން ހިންގި މިފަދަ ހަމައެކަނި ހާދިސާ ނޫން ކަމަށާއި، ސްކޫލް ތަކަށް ހަމަލާ ދިނުމަކީ އާއްމުކޮށް އިޒްރޭލުން ކުރަމުންދާ ކަމެއް ކަމަށެވެ.

އަންގާރަ ދުވަހު އިޒްރޭލް ސިފައިން ޣައްޒާ ސްޓްރިޕްގެ މެދުތެރޭ ސަރަހައްދުތަކަށާއި ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 19 މީހުން ވަނީ ޝަހީދުވެފައެވެ.

ދާރުލް ބަލާހް އަށް ބޮންއަޅާ ހަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި އުމުރުން ހަތަރު ދުވަސްވީ އެއް މާބަނޑު ދެބެންނާއި އެކުދިންގެ މަންމަ ހިމެނެއެވެ. އަލް ބުރެއިޖް ކޭމްޕް ގައި ހުރި ގެއަކަށް ބޮން އަޅާ ދިން ހަމަލާގައި ހަތް މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ މެޑިކަލް އޮފިޝަލުން ބުނެފައިވެއެވެ.

ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް-މަޣާޒީ ކޭމްޕަށާއި ރަފަހް އަށް ބޮން އަޅާ ހަތަރު މީހުން ޝަހީދު ކޮށްލާފައިވެއެވެ. މީގެ އިތުރުން ޣައްޒާގެ އުތުރުން ޝެއިޚް ރަޒްވާން އަވަށުގެ ގެޔަކަށް ބޮންއަޅާ ދެ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ޣައްޒާގެ އެކި ސަރަހައްދު ތަކުގައި އިޒްރޭލް ސިފައިންނާ ކުރިމަތިލާ ހަމާސް އާއި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ގެންދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

އިޒްރޭލުން ބުނެފައިވަނީ ޚާން ޔޫނިސްގައި ހުރި ހަމާސްގެ އަސްކަރީ އިމާރާތެއް ހަލާކުކޮށްލާ ހަނގުރާމަވެރިއަކު މަރާލާފައިވާ ކަމަށެވެ.

ހާމާސް އިން ވަނީ އަންގާރަ ދުވަހު އިޒްރޭލުގެ ވިޔަފާރީގެ މައިރަށް ކަމަށްވާ ތެލް އަވީވް އަށް ދެ ރޮކެޓް ހަމަލާ ދީފައެވެ. މި ހަމަލާގެ ސަބަބުން މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އެއް ރޮކެޓް ވެއްޓުނީ މޫދަށް ކަމަށާއި އެނެއް ރޮކެޓް ތެލް އަވީވް އާ ހަމައަށް ފޯރާފައި ނުވާ ކަމަށެވެ.

ހަމަލާ އާ ބެހޭ ގޮތުން ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ އެމް-90 ގެ ދެ މިސައިލް ހަމަލާ ތެލް އަވީވް އަށް ދީފައިވާ ކަމަށާއިއ އެއީ ޒަޔަނިސްޓުން ޣައްޒާގެ އާންމު ރައްޔިތުން މަރާ، ގަތުލުއާއްމު ހިންގާ ފަލަސްތީން ރައްޔިތުން އެމީހުންގެ ގޯތި ގެދޮރުން ނެރެ ގަދަކަމުން ބޭރު ކުރަމުންދާތީ އޭގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

އަނެއްކޮޅުން އިޒްރޭލް ސިފައިން ޚާން ޔޫނިސްގެ އިތުރު ސަރަހައްދުތައް ހުސްކޮށް ވަގުތުން އެތަންތަނުގެ ވަޒަންވެރިން ގެދޮރު ދޫކޮށް ދިއުމަށް އިޒްރޭލުން ވަނީ ހަރުކަށި އަމުރު ކޮށްފައެވެ. އަދި އެ އަމުރާ އެއްގޮތައް އަމަލު ނުކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 39،929 މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެ އިތުރުން އިޒްރޭލުގެ ހަމަލާތަކުގައި 92،240 މީހުން ވަނީ ޒަޚަމްވެފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު