Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބޮޑުވަޒީރުގެ ކަރަޕްޝަން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ މަގާމު ގެއްލިދާނެ

ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 15:53
ބޮޑުވަޒީރު ނަވާޒް ޝަރީފް ރައީސް ޔާމީން އަށް ޕާކިސްތާނުގެ ނޫރު ޚާން އެއަރބޭސް އިން މަރުހަބާ ވިދާޅުވަނީ

ބޮޑުވަޒީރު ނަވާޒް ޝަރީފް ރައީސް ޔާމީން އަށް ޕާކިސްތާނުގެ ނޫރު ޚާން އެއަރބޭސް އިން މަރުހަބާ ވިދާޅުވަނީ

ޕެނަމާ ޕޭޕަރުތަކުގެ ޒަރީއާއިން ލީކުވި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަތައް އެ ގައުމުގެ ސްޕްރީމް ކޯޓުން ބެލުމަށްފަހު ހުކުމަކާ ހަމައަށް އައިސްފައިވާއިރު، މުޅި ގައުމު އިންތިޒާރު ކުރަމުންދަނީ ސްޕްރީމު ކޯޓުން ނިންމާނެ ނިންމުމަކަށް ކަމަށް ރޮއިޓާސް ނިއުސް އޭޖެންސީން ބުނެފިއެވެ.

ބޮޑުވަޒީރު ޝަރީފްގެ މައްޗަށް ކުރެވިފައިވާ ކަރަޕްޝަންގެ ތުހުމަތުތަކަށް އޭނާ ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ. ނަމަވެސް ހުސްވި އަހަރު ބޮޑުވަޒީރުގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތަކުގެ މައްސަލަތައް ސްޕްރީމް ކޯޓުން ބަލަން ނިންމީ އެ ގައުމުގެ އިދިކޮޅު ލީޑަރު އިމްރާން ޚާން އެ މައްސަލަ ބެލުމަށް ބާރު އެޅުއްވުމުގެ ސަބަބުންނެވެ. މައްސަލަ ސްޕްރީމް ކޯޓުން ނުބަލައިފި ނަމަ މަގުމަތީގެ މުޒާހަރާތައް ފައްޓަވާނެ ކަމުގެ އިންޒާރުވެސް އިމްރާން ދެއްވިއެވެ.

ނަވާޒް ޝަރީފްއާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ސްޕްރީމް ކޯޓުގެ ނިންމުންތައް އަތުވެދާނެ ގޮތްތައް ކަމަށް ރޮއިޓާސް އިން ބުނެފައިވަނީ، ބޮޑުވަޒީރުގެ ކުށެއް ނެތް ކަމަށް ކަނޑައެޅުން ނުވަތަ، ޝަރުއީ ކޮމިޝަނެއް އުފައްދާ އިތުރަށް މައްސަލަ ދިރާސާ ކުރަން އަމުރުކުރުން ނުވަތަ ނަވާޒް ޝަރީފް މަގާމުގައި ހުންނެވުމުގެ ޝަރުތެއް އުނިވެއްޖެ ކަމަށް ކަނޑައެޅުމެވެ. 2012 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު، ޔޫސުފް ރާޒާ ޖިލާނީގެ މައްޗަށް ކުރެވުނު ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ހުށަހެޅުނު މައްސަލައާ ގުޅިގެން ސްޕްރީމް ކޯޓުން ހުކުމް ކުރީ މަގާމުގައި އޭނާ ހުންނެވުމަށް ހުންނަންޖެހޭ ޝަރުތު އުނިވެއްޖެ ކަމަށެވެ. އެއާއެކު ޖިލާނީގެ ބޮޑުވަޒީރުކަން ނިމުމަކަށް އައެވެ.

ސްޕްރީމް ކޯޓުގެ ހުކުމާ ބެހޭ ގޮތުން ސަރުކާރުންވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް ބުނެފައިވަނީ ކޯޓުގެ ނިންމުން އަންނާނީ ރަނގަޅަށް ކަމަށެވެ. އަދި ކޯޓުގެ ނިންމުން ބަލައިގަންނާނެ ކަމަށެވެ.

ލީކު ވެފައިވާ ޕެނެމާ ޕޭޕަރު ތަކުގައިވާ ގޮތުން ނަވާޒް ޝަރީފް ބޭފުޅުންވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ކުންފުންޏެއް ރަޖިސްޓަރީ ކޮށް އެ ކުންފުނިން އިނގިރޭސިވިލާތުން އިމާރާތްތައް ބައްލަވައި ގަނެފައެވެ.

އިދިކޮޅު ލީޑަރު އިމްރާން ޚާން މި މައްސަލައިގައި ތަކުރާރުކޮށް ވިދާޅުވެފައިވަނީ، ޝަރީފްގެ މަސްލަހަތު ހިމެނޭ ކުންފުނިތަކުން މަނީ ލޯންޑްރިންގައި ބައިވެރި ނުވާ ކަން ސާބިތު ކުރެއްވުމަކީ ޚުދު ޝަރީފް އަމިއްލަފުޅަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.

ޕާކިސްތާނަކީ ކަރަޕްޝަން އިންތިހާއަށް އަށަގަނެފައިވާ ގައުމެއްގެ ގޮތުގައި ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލުން ފާހަގަ ކުރާ ގައުމެކެވެ. ކަރަޕްޝަން ޕަސެޕްޝަން އިންޑެކްސްގައި ޕާކިސްތާނު އުޅެނީ 176 ގައުމުގެ ތެރެއިން 116 ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު