Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލުން ހިންގާ ޖަރީމާތައް

އިޒްރޭލުން އަނިޔާވެރި ޖަރީމާތައް ހިންގާ ސުލްހަ އަށް ނުރައްކާ ކުރަނީ އެމެރިކާ އާއި ހުޅަނގުގެ ދެފުށް ދެގޮތް ކަމުން: އީރާނުގެ ރައީސް

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެފައިވަނީ އެމެރިކާ އާއި ބައެއް ޔޫރަޕުގެ ޤައުމުތަކުގެ ދެފުށްދެގޮތް ސިޔާސަތުތަކުގެ ސަބަބުން އިސްރާއީލަށް ޣައްޒާގައި އަދި މުޅި ސަރަހައްދުގައި ނުރައްކާތެރި ކުށްތައް ކުރުމުގެ ހިތްވަރު ލިބިފައިވާކަމަށެވެ.

ރާއްޖެ އެމްވީ | 11 އޯގަސްޓު 2024 | އާދީއްތަ 20:38
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އިޒްރޭލުން އަނިޔާވެރި ޖަރީމާތައް ހިންގާ ސުލްހަ އަށް ނުރައްކާ ކުރަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ދެފުށް ދެގޮތް ކަމުން ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝެލްއާއެކު ފޯނުން ވާހަކަފުޅު ދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވެފައިވަނީ އިސްރާއީލުގެ ސަރުކާރުން މިހާރު ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތަށް އިތުރު ނުރައްކާތަކެއް ކުރިމަތިކުރަމުން ގެންދާ ކަމަށެވެ.

ޕެޒެޝްކިއާން މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޣައްޒާގައި ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ ސްކޫލަކަށް އިސްރާއީލް ސިފައިން ހޮނިހިރު ދުވަހު ދިން އަނިޔާވެރި ހަމަލާގައި 100 އަށްވުރެ ގިނަ އާންމު ރައްޔިތުން މަރުވި ހަދިސާ ދުނިޔޭގެ އެތައް ގައުމަކުން ކުށްވެރި ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އިސްރާއީލުގެ ބާރުތަކުން ޣައްޒާ ސިޓީގެ އަލް-ދަރާޖް ސަރަހައްދުގައި ހުރި އަލް-ތާބިއީން ސްކޫލަށް ދިން ބޮމުގެ ހަމަލާގައި 100 އަށްވުރެ ގިނަ ފަލަސްތީން މީހުން މަރުވެ އަދި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.

ޣައްޒާގައި އެންމެ ފަހުން މި ހިނގި އަނިޔާވެރި ހަމަލާއަށް އިޝާރާތްކުރައްވަމުން، ޔޫރަޕިއަން ކައުންސިލްގެ ރައީސް ވިދާޅުވީ އިސްރާއީލުގެ ހަމަލާތައް ހުއްޓުވުމާއި، ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމާއި، އަދި މިނިވަން ފަލަސްޠީނު ދައުލަތެއް ގާއިމް ކުރުމަށް ޔޫރަޕިއަން ކައުންސިލުން ތާއީދު ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު