Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުރައްކާތެރި އެކްސިޑެންޓެއް ހިނގުން

ވިނަރެސް ފުލެޓު ކައިރީގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް ބަންދުކޮށް އަނެއް 2 މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޯގަސްޓު 2024 | ބުރާސްފަތި 13:15
އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުން

އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުން

ހުޅުމާލޭ ފޭސް-2 ގެ ވިނަރެސް ފުލެޓު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދިވެހި 3 ފިރިހެނުންނެވެ.

އޭގެ ތެރެއިން އެކަކު 15 ދުވަހަށް ބަންދުކޮށް އަނެއް 2 މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީ ހ. ނޫރަަންމާގެއާގެ، އިކްރާމުއްރަހްމާން އާއި، މ. ލޭންޑްއޮފްގާރޑްން އިބްރާހީމް އިކްރާމާއި، ގއ. ކަނޑުހުޅުދޫ އާޒާދުގެ، ޖިނާހް އިސްމާޢީލްއެވެ.

ފުލުހުން ބުނި ގޮތުގައި އޭގެ ތެރެއިން އިކްރާމުއްރަހްމާނާއި އިބްރާހިމް އިކްރާމްގެ ބަންދާ މެދު ގޮތެއް ނިންމަން ގެންގޮސްފައި ވަނީކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން އެ 2 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކުރި އަނެއް މީހާގެ ބަންދުގެ މުއްދަތު ޖަހަން ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ހިނގި މިއެކްސިޑެންޓް ވެފައިވާ ކާރަކީ ބީ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މާލެސިޓީގައި ދުއްވުމުގެ ހުއްދަ ދީފައި ވަނީ އޭ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރުތަކަށެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެއީ ބާރު ސްޕީޑްގައި ދުއްވާފައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. އެކްސިޑެންޓު ހިނގުމުން ކާރު ދުއްވި މީހާ ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓް ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އެކްސިޑެންޓް ވީ ރޭސިން ކާރެއް ކަމަށާއި، ހުޅުމާލޭގެ މަގުތަކުގައި ރޭސް ޖެހުން ހުއްޓުވަންޖެހޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ކާރު މަގަށް އަޅާއިރު، ކޮންޓްރޯލް ނުވެ ސައިކަލު ދުއްވާލޭނުން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލުގައި ވަރަށް ބާރަށް ޖެހެއެވެ. ސައިކަލުގައި އިން މީހާ ވިއްސާގެން ގޮސް ވެއްޓެނީ އެސަރަހައްދުގައި އިން ފިހާރަ ކައިރިއަށެވެ. އަދި ދުވާރު ކައިރީގައި އިންދާފަ އިން ގަސް ވެސް ވިއްސާގެން ދެއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ޕާކު ކޮށްފައި އިން އެހެން ސައިކަލަކަށް ވަނީ ގެއްލުން ލިބިފައެވެ.

މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް ކިޔައި ދިން ގޮތުގައި ސައިކަލުގައި އިން ފިރިހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ގައިގެ އެތަން މިތަން މަށައިގެން ގޮސްފައިވާއިރު، ދެފައި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި ކާރުގެ ތެރޭގައި 3 ޒުވާން ފިރިހެނުން ތިބި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމީހާ ބުންޏެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު