Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑެނީ އޮލްމޯ

އޮލްމޯ ބާސެލޯނާ އަށް، އެހީތެރިވަނީ ލައިޕްޒިގުން

ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަންބޫޓު ހޯދި އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯ ގަތުމަށް ބާސެލޯނާއިން ކުރާ މަސައްކަތުގައި އޭނާގެ މިހާރުގެ ކުލަބު ލައިޕްޒިގުން އެހީތެރިވާން ފަށައިފި އެވެ.

ރާއްޖެ އެމްވީ | 21 ޖުލައި 2024 | އާދީއްތަ 05:27
ޑެނީ އޮލްމޯ

ޑެނީ އޮލްމޯ

ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަންބޫޓު ހޯދި އެޓޭކިން މިޑްފީލްޑަރު ޑެނީ އޮލްމޯ ގަތުމަށް ބާސެލޯނާއިން ކުރާ މަސައްކަތުގައި އޭނާގެ މިހާރުގެ ކުލަބު ލައިޕްޒިގުން އެހީތެރިވާން ފަށައިފި އެވެ.

ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލައިޕްޒިގުން ވަނީ ބާސެލޯނާ އަށް ބަދަލުވާން އޮލްމޯ ބޭނުންވާތީވެ، އޭނާގެ ރިލީޒް ކްލޯސް އަކީ 60 މިލިއަން ޔޫރޯ ކަމަށް ނިންމައިފަ އެވެ. މި ގޮތަށް ނިންމީ މި އަދަދަށް ބޮޑުކޮށް، ބޭނުން އަގެއް ކިއުމުގެ ބާރު ޖުލައި 20ގެ ފަހުން ކުލަބަށް ލިބިފައިވަނިކޮށެވެ.

ބާސެލޯނާއިން މިހާރު ވަނީ އޮލްމޯގެ އެޖެންޓާއެކު މަޝްވަރާތައް ފުރިހަމަކޮށް، އަނގަބަހުން ގިނަ ކަންތައްތަކަށް އެއްްބަސްވެފަ އެވެ. މި ގޮތުން އޭނާ އަށް ދޭން ނިންމާފައިވަނީ ހަ އަހަރުގެ ކޮންޓްރެކްޓެވެ. އަދި ފުރަތަމަ ދެ އަހަރު ދޭނީ ކުޑަ މުސާރައެކެވެ. އޭގެ ފަހުން އޮލްމޯގެ މުސާރައަށް ވަރަށް ބޮޑު ކުރިއެރުމެއް ގެންނާނެ އެވެ. އުމުރުން މިހާރު 26 އަހަރުގެ ކުޅުންތެރިޔާ މި ގޮތަށް އެއްބަސްވެ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވަނީ އޭނާ އެންމެ ކުޅޭ ހިތްވާ ކުލަބަކީ އެއީ ކަމުގައިވާތީ އެވެ.

އޮލްމޯ 2014 ވަނަ އަހަރު ޑީނަމޯ ޒެގްރެބަށް ބަދަލުވީ ބާސެލޯނާގެ ޔޫތު އެކަޑަމީ ލަމާސިއާގައި އަށް އަހަރު ހޭދަކުރުމަށްފަހު އެވެ. އޭގެ ފަހުން ލައިޕްޒިކަށް ބަދަލުވެ އެކުލަބުގައި އޭނާ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން ވެސް އޭނާ ގަތުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ސިޓީ އާއި އެނޫން ވެސް ބޮޑެތި ކުލަބުތަކުގެ ހުށަހެޅުން އޭނާ ދޫކޮށްލީ ބާސެލޯނާއާއެކު ކުރެވެމުންދިޔަ މަޝްވަރާތަކުގެ ތެރެއިން އެކުލަބަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.

އޮލްމޯގެ އިތުރުން އަންނަ ސީޒަނަށް ބާސެލޯނާއިން ގަންނަން ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިއަކީ ސްޕޭނުގެ ގައުމީ ޓީމުގައި ޔޫރޯގައި މޮޅު ކުޅުމެއް ދެއްކި ނިކޯ ވިލިއަމްސް އެވެ. މި ވިޔަފާރީގެ ކަންކަން އަންނަ ހަފުތާގައި ނިންމުމަށް ބާސެލޯނާއިން އުއްމީދުކުރާއިރު ކުޅުންތެރިޔާއާއެކު މިހާރު ވަނީ އަނގަބަހުން ހުރިހާ ކަމަކަށް އެއްބަސްވެފަ އެވެ.

ކުޅުންތެރިން ގަތުމުގައި ބާސެލޯނާ އަށް މަޑުޖެހުން އައިސްފައިވަނީ މާލީ ދަތިތަކުގެ ސަބަބުން ސްޕެނިޝް ލީގުން އެކުލަބަށް ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގެ ހުއްދަ ދިނުމުގައި ހުރި އުނދަގޫތައް ހައްލު ނުވާތީ އެވެ.

ޑެނީ އޮލްމޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސެލޯނާ މޮޅުކޮށްދިނީ އޮލްމޯ

ބާސެލޯނާ މޮޅުކޮށްދިނީ އޮލްމޯ

28 އޯގަސްޓު 2024
އޮލްމޯ ނިންމީ އިތުރު ތިން އަހަރު ލައިޕްޒިގުގައި މަޑު ކުރަން

އޮލްމޯ ނިންމީ އިތުރު ތިން އަހަރު ލައިޕްޒިގުގައި މަޑު ކުރަން

01 ޖޫން 2023
މުސްތަގުބަލާމެދު އޮލްމޯ ވަރަށް އަވަހަށް ގޮތެއް ނިންމާނެ

މުސްތަގުބަލާމެދު އޮލްމޯ ވަރަށް އަވަހަށް ގޮތެއް ނިންމާނެ

21 މެއި 2023
އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ

އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ

21 އޯގަސްޓު 2017
ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ

ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ

16 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު