Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

ޑެލޮފެއު އަކީ ޒުވާން އުންމީދީ ކުޅުންތެރިއެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 09:54
ޑެލޮފެއު: ބާސާގެ ޖާޒީގައި

ޑެލޮފެއު: ބާސާގެ ޖާޒީގައި

ބާސެލޯނާގައި ނޭމާ ނެތްތަން ފޫބައްދާނެ ކުޅުންތެރިއަކީ ނިމިގެން ދިޔަ ސީޒަނުގައި ލޯނެއްގެ ދަށުން އެވަޓަންއަށް ކުޅުމަށް ފަހު މިފަހަރުގެ ސީޒަނަށް އެނބުރި ބާސެލޯނާއާ ގުޅުނު ޖެރާޑް ޑެލޮފެއު ކަމަށް ބާސާއިން ބުނެފިއެވެ.

ބާސާއިން މިހެން ބުނީ އެޓީމުގެ ރަސްމީ ވެބްސައިޓުގައި ސާއިއުކުރި ރިޕޯޓެއްގައެވެ. މި ރިޕޯޓްގައި ބުނެފައި ވަނީ ނޭމާ ނެތްތަން ފޫބެއްދޭނެ ވަރުގެ ކުޅުންތެރިން ބާސެލޯނާގައި އެބަތިބި ކަމަށާއި ނޭމާ ނެތްތަން ފޫބައްދާނީ އެޓީމުގެ ޒުވާން ފޯވާޑް ޖެރާޑް ޑެލޮފެއު ކަމަށެވެ. އަދި ޑެލޮފެއުއަކީ އެކަން ކުރެވޭނެ ފެންވަރު ހުރި ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އެކަމާ ޝައްކު ނުކުރާ ކަމަށެވެ.

ޑެލޮފެއުއަކީ ބާސެލޯނާގެ ޖޫނިއާ ޓީމުން 2011 ވަނަ އަހަރު ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެންފެށި ކުޅުންތެރިއެކެވެ. އެގޮތުން އޭނާ 2015 ވަނަ އަހަރާ ހަމައަށް ބާސެލޯނާގައި މަޑުކުރިއިރު އޭނާ ބާސާއަށް ކުޅެދީފައި ވަނީ އެންމެ ދެ މެޗެވެ. ޖެހިގެން އައި ސީޒަނުގައި ބާސާއިން ވަނީ ލޯނެއްގެ ދަށުން ޑެލަފެއު އެވަޓަންއަށް ދޫކޮށްލާފައެވެ. އެގޮތުން އޭނާ އެވަޓަންގެ ފުރަތަމަ އެގާރައިގައި ހިމެނިގެން 25 މެޗު ކުޅެފައިވާއިރު އޭނާ ވަނީ 3 ގޯލް ވެސް ޖަހައިދީފައެވެ.

އެވަޓަންއިން 2014 ވަނަ އަހަރު ލޯނެއްގެ ދަށުން ސެވިއްޔާއަށް ޑެލަފެއު ދޫކޮށްފައިވާއިރު ޖެހިގެން އައި އަހަރު އެވަޓަންއިން ވަނީ އަނބުރާ އޭނާ ކުލަބަށް ގެނެސްފައެވެ. ސެވިއްޔާގައި ހޭދަކުރި ސީޒަނުގައި ވެސް އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން 17 މެޗު ކުޅެދީ 1 ގޯލް ޖަހައިދީފައެވެ.

ޖެހިގެން އައި އަހަރު 2015 ވަނަ އަހަރު އަލުން އެނބުރި އެވަޓަންއާ ގުޅި އޭނާ ވަނީ އެފަހަރުގެ ފުލް ސީޒަނެއް އެވަޓަންގައި ފުރިހަމަ ކޮށްފައެވެ. އެގޮތުން 2 ގޯލް ވެސް ޖަހާފައި ވެއެވެ.

އެހެން ނަމަވެސް ޖެހިގެން އައި ފުޓްބޯޅަ ސީޒަނުގައި އެވަޓަންއިން ވަނީ އަނެއްކާ ވެސް ލޯނެއްގެ ދަށުން އިޓަލީގެ މިލާނަށް ޑެލަފެއު ފޮނުވާލާފައެވެ. އެގޮތުން 2017 ވަނަ އަހަރު މިލާންގައި ހޭދަކުރުމަށް ފަހު އޭނާ މިހާރު ވަނީ ބާސެނޯއަށް އެނބުރި އައިސްފައެވެ. ޑެލަފެއު އެނބުރި ޓީމާ ގުޅިފައިވަނީ މިއަހަރުގެ ޖޫން 30 ވަނަ ދުވުގައެވެ.

މިފަހަރުގެ ފުޓްބޯޅަ ސީޒަންގައި ޑެލަފެއު އަށް ބާސެލޯނާގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބޭނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު