Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބާސެލޯނާ މޮޅުކޮށްދިނީ އޮލްމޯ

މިއީ ބާސެލޯނާ އަށް ބަދަލުވީ ފަހުން އެ ޓީމަށް އޭނާ ކުޅެދިން ފުރަތަމަ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޯގަސްޓު 2024 | ބުދަ 09:23
ބާސެލޯނާ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު އޮލްމޯ އުފާ ފާޅު ކުރަނީ

ބާސެލޯނާ އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު އޮލްމޯ އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ބާސެލޯނާ މޮޅުވެއްޖެ އެވެ.

ވަޔެކާނޯގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ވަޔެކާނޯ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ބާސެލޯނާ އިން ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ވަޔެކާނޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އުނާއީ ލޮޕޭޒް އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ބާސެލޯނާ އިން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ މެޗުގެ 60 ވަނަ މިނެޓުގަ އެވެ. ބްރެޒިލްގެ ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް އެ ލަނޑު ޖަހައިދިނީ ޕެޑްރީ އެވެ.

އޭގެ ފަހުން މެޗުން ބާސެލޯނާ މޮޅުވީ، މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ޖެހި ލަނޑުންނެވެ. އެ ލަނޑު ބާސެލޯނާ އަށް ޖަހައިދިނީ އައު ސީޒަނަށް އެ ޓީމުން ހޯދި ސްޕެއިންގެ ޑެނީ އޮލްމޯ އެވެ. މިއީ ބާސެލޯނާ އަށް ބަދަލުވީ ފަހުން އެ ޓީމަށް އޭނާ ކުޅެދިން ފުރަތަމަ މެޗެވެ. ރަޖިސްޓްރީ ނުވުމުގެ ސަބަބުން ކުރިން ކުޅުނު ދެ މެޗުގައި އޭނާ ނުކުޅެ އެވެ. އޮލްމޯ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޔަމީން ޔަމާލް އެވެ.

މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބާސެލޯނާ މޮޅުވެފައިވާއިރު، މިވަގުތު އެ ޓީމު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު އެވެ. ލީގުގައި ބާސެލޯނާގެ ހަތަރު ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ރެއާލް ވަލަޑޮލިޑާ ދެކޮޅަށެވެ.

ސްޕެނިޝް ލީގުބާސެލޯނާޑެނީ އޮލްމޯ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު