Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާރްބީ ލައިޕްޒިގް

އޮލްމޯ ނިންމީ އިތުރު ތިން އަހަރު ލައިޕްޒިގުގައި މަޑު ކުރަން

1 ޖޫން 2023 | ބުރާސްފަތި 09:58

އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2023 | ބުރާސްފަތި 09:58
ލައިޕްޒިގަށް ކުޅެމުން އަންނަ ޑެނީ އޮލްމޯ

ލައިޕްޒިގަށް ކުޅެމުން އަންނަ ޑެނީ އޮލްމޯ

އިތުރު ތިން އަހަރު އާރްބީ ލައިޕްޒިގުގައި މަޑު ކުރުމަށް އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން އެޓޭކިން މިޑްފީލްޑަރ ޑެނީ އޮލްމޯ ނިންމައިފި އެވެ.

ޖަރުމަނުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އޮލްމޯ މިހާރު ވަނީ އެ ނިންމުން ނިންމައި، އައު އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލައިޕްޒިގުން އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ލައިޕްޒިގާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރު އެވެ. އޮމްލޯ ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބުތަކުން ޝައުޤުވެރިކަން ފާޅު ކުރަން ފެށުމުން، ލައިޕްޒިގުން ވަނީ އޭގެ ކުރިން އެއްބަސްވުން އައު ކުރުމަށް ހުށަހަޅައިފަ އެވެ. ލައިޕްޒިގާއެކު އޮލްމޯ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.

އައު އެއްބަސްވުމާއެކު އޮމްލޯގެ ރިލީސް ކްލޯސްގެ އަގު ބޮޑުވާނެ އެވެ. އެހެންކަމުން އޭނާގެ ރިލީސް ކްލޯސްގެ އަގު ގާތްގަނޑަކަށް 60 މިލިއަން ޔޫރޯ އަށް އަރާނެ ކަމަށް މީޑިއާތަކުން ވަނީ ލަފާކޮށްފަ އެވެ. ޑައިނަމޯ ޒަގްރެބް ދޫކޮށް އޮލްމޯ ލައިޕްޒިގަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ އެކުލަބާއެކު ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

އޮލްމޯ ވަނީ މިހާތަނަށް ލައިޕްޒިގަށް ކުޅެދިން 122 މެޗުގައި 21 ލަނޑު ޖަހައިފައެވެ. އެ ޓީމާއެކު އޭނާ ވަނީ ޖަރުމަނު ކަޕް އެ ފަހަރު ކާމިޔާބުކޮށްފައެވެ.

އާރްބީ ލައިޕްޒީގްޑެނީ އޮލްމޯ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
24 އޮކްޓޯބަރު 2024

ލައިޕްޒިގް ބަލިކޮށް، ލިވަޕޫލަށް ތިން ވަނަ މޮޅު

24 އޮކްޓޯބަރު 2024
ލައިޕްޒިގް ބަލިކޮށް، ލިވަޕޫލަށް ތިން ވަނަ މޮޅު
28 އޯގަސްޓު 2024

ބާސެލޯނާ މޮޅުކޮށްދިނީ އޮލްމޯ

28 އޯގަސްޓު 2024
ބާސެލޯނާ މޮޅުކޮށްދިނީ އޮލްމޯ
21 ޖުލައި 2024

އޮލްމޯ ބާސެލޯނާ އަށް، އެހީތެރިވަނީ ލައިޕްޒިގުން

21 ޖުލައި 2024
އޮލްމޯ ބާސެލޯނާ އަށް، އެހީތެރިވަނީ ލައިޕްޒިގުން
03 ޑިސެމްބަރު 2023

މޮޅާއެކު ލައިޕްޒިގް ހަތަރު ވަނަ އަށް

03 ޑިސެމްބަރު 2023
މޮޅާއެކު ލައިޕްޒިގް ހަތަރު ވަނަ އަށް
29 ނޮވެމްބަރު 2023

ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން މޮޅުވެ، ގްރޫޕްގެ އެއްވަނަ ސިޓީ އަށް

29 ނޮވެމްބަރު 2023
ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން މޮޅުވެ، ގްރޫޕްގެ އެއްވަނަ ސިޓީ އަށް
05 އޮކްޓޯބަރު 2023

ފަހު ދިހަ މިނެޓުގެ ލަނޑުތަކާއެކު ސިޓީން ލައިޕްޒިގް ބަލިކޮށްފި

05 އޮކްޓޯބަރު 2023
ފަހު ދިހަ މިނެޓުގެ ލަނޑުތަކާއެކު ސިޓީން ލައިޕްޒިގް ބަލިކޮށްފި
02 ޖުލައި 2023

ލޯނު އެއްބަސްވުމެއްގެ ދަށުން ފަބިއޯ ކަވާލިއޯ ލައިޕްޒިގަށް

02 ޖުލައި 2023
ލޯނު އެއްބަސްވުމެއްގެ ދަށުން ފަބިއޯ ކަވާލިއޯ ލައިޕްޒިގަށް
21 މެއި 2023

މުސްތަގުބަލާމެދު އޮލްމޯ ވަރަށް އަވަހަށް ގޮތެއް ނިންމާނެ

21 މެއި 2023
މުސްތަގުބަލާމެދު އޮލްމޯ ވަރަށް އަވަހަށް ގޮތެއް ނިންމާނެ
21 މެއި 2023

ލައިޕްޒިގް އަތުން ބަލިވުމުން، ލީގު ނުލިބުމުގެ ބިރު ބަޔާން އަށް

21 މެއި 2023
ލައިޕްޒިގް އަތުން ބަލިވުމުން، ލީގު ނުލިބުމުގެ ބިރު ބަޔާން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް