Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާގެ ކޯޗު

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

މި ސީޒަނުގައި ބާސާ އަށް ލިބުނު ހަމައެކަނި ތައްޓަކީ ކޮޕާޑެލްރޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 30 މެއި 2017 | އަންގާރަ 14:47
ބާސާގެ އާކޯޗު އެރްނެސްޓޯ ވަލްވަރޑޭ

ބާސާގެ އާކޯޗު އެރްނެސްޓޯ ވަލްވަރޑޭ

ކުރިޔަށް އޮތް ސީޒަނަށް ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި އެވެ.

އުމުރުން 53 އަހަރުގެ ވަލްވަރޑޭ ބާސާގެ ކޯޗުކަމާ ހަވާލުވީ، މިދިޔަ ހަފްތާގައި އެތުލެޓިކް ކްލަބްގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް ފަހު އެވެ. ވަލްވަރޑޭ ވަނީ އެތުލެޓިކްގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ.

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސާގެ ކޯޗުކަމާ ވަލްވަރޑޭ ހަވާލުވެފައިވާއިރު، މިއީ އޭނާ އަށް ކުރެވޭނެ ތަފާތު ތަޖުރިބާއެއް ކަމަށް ދެކޭ ކަމަށް ބާސާގެ ރައީސް މާރިއާ ބާޓެމިއޯ ވިދާޅުވި އެވެ.

ބާޓިމިއޯ ވިދާޅުވީ، ވަލްވަރޑޭގެ ގާބިލުކަމާ އޭނާގެ ތަޖުރިބާއާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އޭނާއަކީ ޒުވާން ކުޅުންތެރިންނަށް އިސްކަންދޭ މޮޅު ކޯޗެއް ކަމަށެވެ.

އެގޮތުން ބާޓިމިއޯ ވިދާޅުވީ، ވަލްވަރޑޭގެ ވިސްނުން ބާސާގެ ވިސްނުމާ ވަރަށް އެއްގޮތް ކަމަށާއި، އޭނާ ފަރިތަކުރުންތައް ވެސް ކުރިޔަށްގެންދަނީ ބާސާ އިން އާންމުގޮތެއްގައި ކުރިޔަށްގެންދާ ގޮތަށް ކަމަށެވެ.

ވަލްވަރޑޭ ކޯޗުކަމަށް ހަމަޖެއްސުމާ އެކު، ބާސާގެ ކޯޗެއް ގޮތުގައި ހުރި ލުއިސް އެންރީކޭ އެޓީމަށް އިރުޝާދު ދިން އެންމެ ފަހު މެޗަކަށްވެގެން ގޮސްފައިވަނީ ނިމިގެންދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮތް ކޮޕާ ޑެލްރޭ ފައިނަލް މެޗަވެ. އެ މެޗު އަލަވޭސްއާ ވާދަކޮށް ބާސާ އިން 1-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ތަށި ވަނީ އުފުލާލާފައެވެ.

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފައިވާ އެންރީކޭ ވަނީ އެޓީމަށް އިރުޝާދުދިން ތިން އަހަރުގައި އެޓީމަށް ނުވަ ތަށި ކާމިޔާބުކޮށްދީފައެވެ.

މި ސީޒަނުގައި ބާސާ އަށް ސްޕެނިޝް ލީގު ގެއްލުނުއިރު، އެޓީމު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް ކަޓާފައެވެ. މި ސީޒަނުގައި ބާސާ އަށް ލިބުނު ހަމައެކަނި ތައްޓަކީ ކޮޕާ ޑެލްރޭ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު