Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ

ފުރަތަމަ ލެގުގެ މެޗުން ބާސާ ބަލިވީ 1-3 ގެ ނަތީޖާއިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2017 | ބުދަ 00:49
ބާސެލޯނާގެ ކޯޗު އެރުނެސްޓޯ ވަލްވެރުޑޭ

ބާސެލޯނާގެ ކޯޗު އެރުނެސްޓޯ ވަލްވެރުޑޭ

ސްޕެނިޝް ސުޕަކަޕްގެ ފުރަތަމަ ލެގުން ރެއާލް އަތުން ބަލިވި ނަމަވެސް މިރޭ ކުޅޭ ދެ ވަނަ ލެގް މެޗުގައި ނަތީޖާ އަނބުރާ ލެވޭނެ ކަމަށާއި، އެކަމަށް ބާސެލޯނާ މިހާރު އޮތީ ތައްޔާރަށް ކަމަށް ބާސާގެ ކޯޗް އެރުނެސްޓޯ ވަލްވެރުޑޭ ބުނެފި އެވެ.

މިރޭ ކުޅޭ ސްޕެނިޝް ސްޕަ ކަޕްގެ ދެ ވަނަ ލެގްގައި ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން، ވަލްވެރުޑޭ ބުނީ ބާސާ އަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެގޮތުން 1-3 ގެ ނަތީޖާއަކީ އަނބުރާލެވޭނެ ނަތީޖާއެއް ކަމަށެވެ.

ރެއާލް އަކީ ބާސެލޯނާއަށް ވުރެ ވަރުގަދަ ޓީމެއް ކަމަށް ގަބޫލް ނުކުރާ ކަމަށާއި ނަތީޖާއެއް އަނބުރާ ލުމަކީ ބާސާއަށް ނުވާނެ ކަމެއް ނޫން ކަމަށެވެ.

" އަހަރެން ގަބޫލްކުރަން ފުރަތަމަ މެޗުގައި ރެއާލް ވަރުގަދަ ކަމަށް. އަދި މޮޅަށް ކުޅެފައިވަނީވެސް ރެއާލް ކަމަށް. ނަމަވެސް އެރޭގެ ނަތީޖާ އަކީ ބަދަލުކޮށް ނުލެވޭނެ ނަތީޖާއެއް ނޫން. ފާއިތުވި އަހަރުތަކުގައި ބާސެލޯނާއިން ވަނީ މިފަދަ ނަތީޖާތައް އަނބުރާލާ އެއީ ވެދާނެކަމެއް ކަން ދައްކަދީފަ." ބާސާގެ ކޯޗު ވަލްވެރުޑޭ ބުންޏެވެ.

ވަލްވެރުޑޭ ބުނީ މިކަން މިގޮތަށް ވާނީ ރެއާލުން އުފައްދާ ކައުންޓާ އެޓޭކްތައްވެސް ހުއްޓުވައިގެން ގޯލް ޖަހައިގެން ކަމަށާއި އެހެން ނޫން ގޮތަކަށް އެކަން ކާމިޔާބު ނުވާނޭ ކަމަށެވެ.

އޭނާ ބުނީ ރެއާލްގައި ތިބީ މުޅިންވެސް މޮޅެތި ކުޅުންތެރިން ކަމަށާއި އެގޮތުން މޮޅުވަން ކުރަންޖެހޭ މަސައްކަތް ބޮޑުވާނޭކަމަށެވެ.

ބާސާއިން ދަނީ ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކުޅުންތެރިން އެޓީމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޓީމުން އެންމެ ބޮޑަށް މ،ަސައްކަތް ކޮށްފައިވަނީ ލިވަޕޫލްގެ ބްރެޒިލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ އާއި ބޫރުޝިއާ ޑޯޓަމުންޑްގެ ފްރާންސްގެ އުސްމާން ޑެމެބެލޭ ގެނައުމަށެވެ. އެހެން ނަމަވެސް އެކަން ނާކާމިޔާބުވުމުން އެޓީމުން ވަނީ މިއަދު ބްރެޒިލްގެ މިޑްފީލްޑާ ޕައުލީނިއޯގެ ސޮއި ހޯދާފައެވެ.

މިރޭގެ މެޗަށް ބާސާއާ ދެކޮޅަށް ރެއާލް ނިކުންނައިރު އެޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވޭނެއެވެ. އޭނާއަށް ނުކުޅެވެނީ ބާސާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކުމުން، އޭނާ، އެމެޗުގެ ރެފްރީގެ ބުރަކަށީގައި އަތް އަޅާ ކޮށްޕާލުމުގެ ސަބަބުން ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކުރުމުންނެވެ.

އެހެން ނަމަވެސް ކުރީ މެޗުގައި ނުކުޅެވުނު ލުކަ މޮޑްރިޗް މިރޭގެ މެޗުގައި ކުޅޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު