Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

"ފޫހި ފިލުވަންވެސް ފަލަސްތީން މީހުންގެ ގަޔަށް ބަޑި ޖަހާ މަރަން"

ހަމާސް އިން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ގޮވާލައިފައެވެ.

ރާއްޖެ އެމްވީ | 11 ޖުލައި 2024 | ބުރާސްފަތި 12:12
އިޒްރޭލް ސިފައިން ފޫހި ފިލުވަންވެސް ފަލަސްތީން މީހުން މަރާ ކަމަށް ހަނގުރާމައިގައި ބައިވެރިވި އިޒްރޭލުގެ ބައެއް ސިފައިން ބުނޭ

އިޒްރޭލް ސިފައިން ފޫހި ފިލުވަންވެސް ފަލަސްތީން މީހުން މަރާ ކަމަށް ހަނގުރާމައިގައި ބައިވެރިވި އިޒްރޭލުގެ ބައެއް ސިފައިން ބުނޭ

ވަކި ސަބަބެއް ނެތި ފޫހި ވެގެން ވެސް ފަލަސްތީނުގެ މީހުންގެ ގަޔަށް ބަޑި ޖަހާ މަރާ ކަމަށް ގާޒާ ހަނގުރާމައިގައި ބައިވެރިވި އިޒްރޭލުގެ ބައެއް ސިފައިން ބުނެފިއެވެ.

އިޒްރޭލް ސިފައިން ފޫހި ފިލުވަންވެސް ފަލަސްތީން މީހުން މަރާ ކަމަށް ހަނގުރާމައިގައި ބައިވެރިވި އިޒްރޭލުގެ ބައެއް ސިފައިން ބުނާތީ އެކަން އެންމެ ސިރީއަސް ކަމާއެކު ތަހުގީގު ކުރަން ހަމާސް އިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ގޮވާލައިފިއެވެ.

ހަމާސް އިން ބުދަ ދުވަހު މިކަމަށް ގޮވާލީ، ފަލަސްތީންގެ އުދުވާނުގައި ބައިވެރިވި ބައެއް ޔަހޫދީ ސިފައިން އެމީހުންގެ ހަނގުރާމައިގެ ތަޖުރިބާތައް 972+ މެގަޒިން އަށް ކިޔައިދެމުން އިޒްރޭލް ސިފައިން ފޫހިވެގެން ފޫހި ފިލުވުމަށް ވެސް ވަކީ މީހެއް ނުބަލާ ފަލަސްތީނު މީހުން ގަޔަށް ބަޑިޖަހާ މަރާ ކަމަށް ބުނި ވާހަކަ ތަކާ ގުޅިގެންނެވެ.

ގާޒާ އަށް ހަމަލާ ދިނުމުގައި އިޒްރޭލް ސިފައިންގެ ތެރޭގައި ހިމެނުނު 6 ސިފައިންގެ މީހަކު ހަނގުރާމައިގެ ތަޖުރިބާތައް ކިޔައިދެމުން ބުނެފައިވަނީ، އާދައިގެ މަތިން ފަލަސްތީން މީހުން އެންމެ ގިނައިން މަރާ އެއް ކަމަކަށް އޮންނަނީ ވަނުން މަނާ ސަރަހައްދެއް ކަމަށް އިޒްރޭލް ސިފައިން ފާހަގަ ކޮށްފައިވާ ސަރަހައްދަކަށް ފަލަސްތީނު މީހަކު ވަނުން ކަމުގައެވެ. އެ ގޮތައް މީހަކު އެފަދަ ސަރަހައްދަކަށް ވަދެވިއްޖެ ނަމަ މަރާލުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށް އިޒްރޭލް ސިފައިން ކިޔައިދީފައިވެއެވެ. އިޒްރޭލު ސިފައިން ބުނާ ގޮތުގައި އެ ގޮތައް މަރުވެގެން ވެއްޓޭ މީހުންގެ ހަށިތައް އެ ހުރި ގޮތައް ކުނި ހަލާކުވާން ދޫކޮށްލާ ފައި ހުންނަނީ ކަމަށެވެ. ބައެއް ފަހަރު މަރުވެފައިވާ މީހުންގެ ހަށިތައް ޖަނަވާރުގެ ކާނާ އަށް ވެގެން ދާ ކަމަށްވެސް އެމީހުން ކިޔައިދީފައިވެއެވެ.

ޔަހޫދީ ސިފައިން ބުނާ ގޮތުގައި މަރުވެފައިވާ މީހުންގެ ހަށިތައް ނުފެންނަ ގޮތް ހަދާލަނީ، ބައިނަލް އަގްވާމީ އެހީ ފޯރުށްދޭ ފަރާތްތަކުން އެހީ ހިފައިގެން އަންނަ ވަގުތު އެކަނި ކަމަށެވެ.

އެމީހުން ކިޔައިދީފައިވާ ގޮތުގައި، އިޒްރޭލް ސިފައިންގެ މީހަކާ ދިމާލަށް އަންނަ ނުރައްކަލެއް ކަމަށް އެމީހުންނަސް ހީވާ ކޮންމެ މީހެއްގެ ގަޔަށް ބަޑިޖެހުމުގެ ހުއްދަ އޮންނަނީ ދީފައެވެ. އިންޒާރު ކުރުމުގެ ގޮތުން ކޮންމެހެން ވައިގެ ތެރެއަށް ބަޑިޖަހާކަށް ނުޖެހެއެވެ. އެއީ ހަތިޔާރު ހިފައިގެން ހުރި މީހެއްތޯ އަންހެނެއްތޯ، ކުޑަކުޖެއްތޯ، މުސްކުޅިއެއްތޯ ބަލަން ނުޖެހޭ ކަމަށް އިޒްރޭލް ސިފައިން ބުނެފައި ވެއެވެ.

އިންސާނިއްޔަތާ ޚިލާފް މިފަދަ ކުށްތައް އިޒްރޭލުން ކަރުމުން ދާއިރު އިޒްރޭލުގެ ވެރިންނަށް ހައްގު އަދަބު ނުދެވި ދާ ދިއުމަށް ހަމާސް އިން ނެރުނު ބަޔާނުގައި ބައިނަލް އަގްވާމީ މުޖްތަމައަށް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށް ފާޑު ކިޔައިފައެވެ. ހަމާސް އިން ބުނެފައިވަނީ، ފޫހި ފިލުވުމުގެ ގޮތުން މީހުންގެ ގަޔަށް ބަޑި ޖެހުމާއި، އަދި ކުށެއް ނެތް އިންސާނުންގެ ގަޔަށް ބަޑި ޖެހުމާ މީސް މީހުންގެ ގޯތި ގެދޮރުގައި ހުޅު ޖަހާ އަންދާ މީހުންގެ އަމިއްލަ ގެދޮރުން ނެރެ ބޭރުކުމުގެ ހުއްދަ ޔަހޫދީ ދައުލަތުގެ ވެރިން އިޒްރޭލް ސިފައިންނަށް އޮންނަނީ ދީފައި ކަމުގައެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އޮކްޓޯބަރު 7 ގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 38،241 މީހުން މަރުވެ، އިތުރު 88،241 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަނެއްކޮޅުން ދުނިޔޭގެ މަޝްހޫރު މެޑިކަލް މަޖައްލާ - ދި ލެންސެޓް އިން ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ އިޒްރޭލުގެ އުދުވާނުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 186،000ށް ވުރެ މައްޗައް ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު