Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލާއި ފަލަސްތީނު މައްސަ

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017 | ހޮނިހިރު 19:00

ރައީސް އައްބާސް ވިދާޅުވީ އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ހަދައިފިނަމަ ދެ ދައުލަތް ގާއިމްކުރަން ހުރަސް އެޅޭނެކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 ޖެނުއަރީ 2017 | ހޮނިހިރު 19:00
ރައީސް އައްބާސް: އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ހަދައިފިނަމަ ދެ ދައުލަތް ގާއިމްކުރަން ހުރަސް އެޅޭނެކަމަށް އައްބާސް ވިދާޅުވި.

ރައީސް އައްބާސް: އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ހަދައިފިނަމަ ދެ ދައުލަތް ގާއިމްކުރަން ހުރަސް އެޅޭނެކަމަށް އައްބާސް ވިދާޅުވި.

ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފި ނަމަ އިސްރާއީލަކީ ދައުލަތެއްކަމަށް ބަލައިގެންފައި އޮތް އޮތުން އަނބުރާ ގެންދަން ޖެހިދާނެކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބް ވެފައިވާ ޑޮނަލްޑް ޓްރަމްޕަށް ލިއުއްވި ސިޓީއެއްގައި، އައްބާސް ވިދާޅުވީ އެގޮތަށް އަމަލު ކުރައްވައިފިނަމަ އދ. އިން އެ މައްސަލައިގައި އަދާކުރާ ދައުރުގެ ހައިސިއްޔަތާމެދު ސުވާލު އުފެދުމުގެ އިތުރުން ދެ ދައުލަތް އުފެއްދުމަށް ކުރާ މަސައްކަތްވެސް ނާކަމިޔާބު ވެގެންދާނެކަމަށެވެ.

ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަގާމާ ހަވާލުވެ ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމުގައި ހަމަޖައްސައި ތެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމަށް ލަފާ އަރުއްވާނެކަމަށެވެ.

އެމެރިކާ އަދި އދ.ގެ މެމްބަރު ގައުމުތަކުންވެސް އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ނުދެކޭއިރު އިސްރާއީލާ ފަލަސްތީނުގެ ޒަމާންވީ ހަމަނުޖެހުމުގައި ގުދުސްގެ ހައިސިއްޔަތަކީ އެންމެ ބޮޑު އެއް ބަހުސެވެ.

ޓްރަމްޕްގެ ވާހަކައަށް އިސްރާއީލުން ތާއީދު ކުރާއިރު އެމެރިކާގެ ކުރީގެ ރައީސުންނަށްވެސް އިސްރާއީލުން އެ ފިޔަވަޅު އެޅުމަށް ހިތްވަރު ދީފައިވެއެވެ. ނަމަވެސް އެކަމަށް ތާއީދެއް ލިބިފައެއް ނުވެއެވެ.

އައްބާސް ވިދާޅުވީ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފިނަމަ އެޅޭނެ އެތައް ފިޔަވަޅުތަކެއް ހުންނާނެ ކަމަށާއި އެކަމާ އަރަބި ގައުމުތަކާ ވާހަކަދައްކާނެ ކަމަށެވެ.

އޭގެ ތެރެއިން އެއް ފިޔަވަޅަކީ އިސްރާއީލަކީ ދައުލަތެއްކަމަށް ބަލައިގެންފައި އޮންނަ އަތުން އަނބުރާ ގެންދިއުންކަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެހިސާބަށް ކަންތައް ނުދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެމެރިކާއަށް ދެން އަންނަ ސަރުކާރާއެކުވެސް މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް އައްބާސް ވިދާޅުވި އެވެ.

އިސްރާއީލް އަދި ޕަލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން(ޕީއެލްއޯ) އިން އެއްބަޔަކު އަނެއްބަޔަކު ބަލައިގަތީ 1993ގައި އޮސްލޯ އެއްބަސްވުމުގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި
12 މެއި 2017

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް