Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ގާތްމީހުންނަށް ވަޒީފާދޭން ޚަރަދުގެ ދަންމަޅި ނިކަމެތި މީހާގެ ކަރަށް

10 ޖުލައި 2024 | ބުދަ 09:46

ސަރުކާރުގެ ސިޔާސީ މަގާމުތައް މިހާތަނަށް ހާމަކޮށްފައި ނުވާއިރު ހާމަވެފައިހުރި މައުލޫމާތުންވެސް ދެހާހަށްވުރެ މައްޗަށް ވަނީ ސިޔާސީ މަގާމްތައް އަރާފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 ޖުލައި 2024 | ބުދަ 09:46
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަަދު މުޢިއްޒު އަދި، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަަދު މުޢިއްޒު އަދި، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ

ސަރުކާރުގެ އަތްމަތީ ބަހަކީ މިހާރު ޚަރަދު ކުޑަކުރުމެވެ. ޤައުމު އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމެވެ. ބޮޑެތި ފިޔަވަޅުތަކެއް އެކަމަށް އަޅަމުންދާކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ފެންނަ ފެނުމަށް އެއީ ހަމަ ދައްކާ ވާހަކައެކެވެ. މީހުންގެ ލޯމައްޗަށް ދައްކާ ދަޅައެކެވެ. ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެކެވެ. އެއާ ޚިލާފަށް ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ކަންކަމަކީ މާ ކުރިން ރޭވި ނިމިފައިވާ ކަންކަމެވެ. ރައީސް ޑރ މުއިއްޒު ވިދާޅުވީ އެއްވެސް ކަމެއް ނޭނގި ވަގުތުން ވަގުތައް ނުކުރައްވާ ކަމަށެވެ. ކޮންމެ ކަމަކީވެސް އެނގިހުރެ މާކުރިން ޕްލޭން ކުރެވިފައިވާ ކަންކަން ކަމަށެވެ.

ރައީސް މުއިއްޒު އެވިދާޅުވާ ގޮތުންނަމަ ޚަރަދު ކުޑަކުރުމުގެ ފަހަތުގައި އޮތީ މުޅިން އެހެން ސިއްރެއްކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އެންމެ ބޮޑަށް ކުރާ ކަމަކީ ވަޒީފާތަކުން އާއްމުން ވަކިކުރުމެވެ. އެކިއެކި ކުންފުނި ތަކުގައި ތިބި އާދައިގެ މުވައްޒަފުން ވަކިކުރުމެވެ.

ސަރުކާރުން ވަޒީފާތަކުން އާއްމުން ވަކިކުރަމުން ދަނީ ދެގޮތަކަށެވެ، އެއް ގޮތަކީ ސީދާ ވަކި ކުރުމެވެ. އަނެއް ގޮތަކީ އެމީހަކަށް މަޖްބޫރު ކުރުވައިގެން ވަޒީފާއިން ވަކިކުރުމެވެ.

ސީދާ ވަޒީފާއިން ވަކިކުރުމަށް ދައްކާ ބަހަނާގެ ގޮތުގައި ކުންފުނިތަކުގެ އޮނިގަނޑަށް ގެންނަ ބަދަލުގެ ސަބަބުން މީހުން ވަކިކުރަނީއެވެ. ކުންފުނިތައް ކުޑަކުރަނީއެވެ. ފަރުވާ ކުޑަކަމަށް ބުނެ ދޭ ނޯޓިސް މެދުވެރިކޮށެވެ.

މަޖްބޫރު ކޮށްގެން ވަޒީފާއިން ވަކުކުރުވަނީ އެމީހާ އެތައް އަހަރެއް ވަންދެން އުޅޭ ތަންނޫން އެހެން ތާކަށް ބަދަލުކޮށްގެންނެވެ. އައްޑޫ އިންޖީނުގޭގައި ވަޒީފާ އަދާކުރާ މީހާ ކުޅުދުއްފުއްޓަށް ބަދަލުކޮށްގެންނެވެ. ޒަމާނުންސުރެ މަސައްކަތް ކުރަމުން އައި ޑިޕާޓްމަންޓް ބަދަލުކޮށް މުޅިން އެހެން ކަމެއް ކުރަން ހަވާލުކޮށްގެންނެވެ.

މިދެގޮތައް މީހުން ވަޒީފާތަކުން ވަކިކުރަމުން ދާއިރު އޭގެތެރޭގައި ހިމެނެނީ އާއްމު ނިކަމެތި މީހުންނެވެ. ނޫންނަމަ މިހާރުގެ ސަރުކާރަށް ތާއީދު ނުކުރާ މީހުންނެވެ.

ޚަރަދު ކުޑަކުރުމުގެ ނަމުގައި ވަޒީފާތަކުން މީހުން ވަކިކުރުމުގެ ފަހަތުގައި ސިއްރު އެޖެންޑާއެއް ވާކަމަށް ގަބޫލު ކުރެވެނީ ހަމަ އެކުންފުނިތަކަށް ނުވަތަ މިނިސްޓްރީތަކަށް ބޮޑު މުސާރައިގާ ސިޔާސީ މީހުން އައްޔަން ކުރަމުންދާތީއެވެ. އާދައިގެ ތިން ހަތަރު މީހުންގެ މުސާރައާ ނުބައްދަލު މުސާރައެއްގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި ކޮންސަލްޓަންޓުންނާއި ޕޮލިޓިކލް ޑައިރެކްޓަރުން އައްޔަން ކުރުން އަދިވެސް ދަނީ ނުހުއްޓި ކުރިއަށެވެ. ކޮންމެވެސް ވަޒީރެއްގެ ދަރިއަކަށެވެ. ވަޒީރެއްގެ ކޮއްކޮއެއް ނުވަތަ ޅިޔަން ފަހަރިއަކަށެވެ. ނޫންނަމަ މައިދައިތައަށާއި ބަފައިބެއަށެވެ. ނޫންނަމަ ސަނާކިޔައި ހުޝާމިދުކުރި ކޮންމެވެސް މީހަކަށެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތައް މިހާތަނަށް ހާމަކޮށްފައި ނުވާއިރު ހާމަވެފައިހުރި މައުލޫމާތުންވެސް ދެހާހަށްވުރެ މައްޗަށް ވަނީ ސިޔާސީ މަގާމްތައް އަރާފައެވެ. ނެތްލާރިން އެވެރިންގެ ކެބިންތައް ތައްޔާރުކޮށް ދޫލަ އަޅަނީއެވެ. އަގުބޮޑު ގޮނޑިމޭޒު ގަންނަނީއެވެ.

ކޮންމެއަކަސް ސަރުކާރުން ޚަރަދު ކުޑަކުރަން މިކުރާ ކަމަކުން މިފެންނަނީ އެހެން ކަމެއް ކުރާތަނެވެ. ގާތްމީހުންނަށް ވަޒީފާދީ ނިކަމެތި މީހާ ނިކަމެތި ކޮށް މަގުމަތިކުރާތަނެވެ. ގާތްމީހުންނާއި ޅިޔަންފަހަރިންނަށް ބޮޑު މުސާރައިގެ ސިޔާސީ މަގާމްތައް ދިނުމުގެ ބަހަނާއަކަށް ހަރަދު ކުޑަކުރުމުގެ ދަންމަޅި ނިކަމެތި އާއްމު މީހާގެ ކަރަށް މަހާލާތަނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2023

ލަންކާއިން އައިއެމްއެފްގެ އެހީ ހޯދަން ބޮޑުކުރި ކަރަންޓުގެ އަގުތަކާއެކު ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތުންނަށް!

22 ފެބުރުއަރީ 2023
ލަންކާއިން އައިއެމްއެފްގެ އެހީ ހޯދަން ބޮޑުކުރި ކަރަންޓުގެ އަގުތަކާއެކު ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތުންނަށް!
30 އޮކްޓޯބަރު 2022

އޮޅުވާލައިގެން ފައިސާ ހޯދުން، ލަދުގަންނަ ހިސާބަށް: މި ފަހަރު ނިކަމެތިންނަށް ވަޅު ބިނާކުރުމުގެ ނަމުގައި

30 އޮކްޓޯބަރު 2022
އޮޅުވާލައިގެން ފައިސާ ހޯދުން، ލަދުގަންނަ ހިސާބަށް: މި ފަހަރު ނިކަމެތިންނަށް ވަޅު ބިނާކުރުމުގެ ނަމުގައި
23 ސެޕްޓެމްބަރު 2022

އަޅުގަނޑުމެންގެ ގިނަ މީހުންނަކީ އެކަނިވެރި މައިން، އަޅުގަނޑުމެން ނިކަމެތިވިޔަ ނުދީ!

23 ސެޕްޓެމްބަރު 2022
އަޅުގަނޑުމެންގެ ގިނަ މީހުންނަކީ އެކަނިވެރި މައިން، އަޅުގަނޑުމެން ނިކަމެތިވިޔަ ނުދީ!
17 ޖޫން 2022

އަމިއްލަ އެދުމުން ފޯވާއިރު، ނިކަމެތި ރައްޔިތުންނާ މެދު ވިސްނާވެސް ނުލާ

17 ޖޫން 2022
އަމިއްލަ އެދުމުން ފޯވާއިރު، ނިކަމެތި ރައްޔިތުންނާ މެދު ވިސްނާވެސް ނުލާ
03 ސެޕްޓެމްބަރު 2021

މައިންބަފައިންނާމެދު އިހާނެތިކޮށް ނުހިތާށެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ލިބިދާނެއެވެ.

03 ސެޕްޓެމްބަރު 2021
މައިންބަފައިންނާމެދު އިހާނެތިކޮށް ނުހިތާށެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ލިބިދާނެއެވެ.
24 ޑިސެމްބަރު 2020

މަސްވެރިންގެ ނިކަމެތި ހާލަތުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން – ނާ ހަމަ ތެދެއް؟

24 ޑިސެމްބަރު 2020
މަސްވެރިންގެ ނިކަމެތި ހާލަތުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން – ނާ ހަމަ ތެދެއް؟
22 އޯގަސްޓު 2020

ލޯނުގެ ދަންމަޅި، ސާފުވާންޖެހޭ ކިތަންމެ ކަމެއް

22 އޯގަސްޓު 2020
ލޯނުގެ ދަންމަޅި، ސާފުވާންޖެހޭ ކިތަންމެ ކަމެއް
09 ޖުލައި 2020

ނިކަމެތިކޮށްލި ދިވެހި އަންހެނުން، އިންސާފު ހޯދަން ކުރީސަފަށް

09 ޖުލައި 2020
ނިކަމެތިކޮށްލި ދިވެހި އަންހެނުން، އިންސާފު ހޯދަން ކުރީސަފަށް
12 މާރިޗު 2019

ހިޔާ މަޝްރޫއު: ގެދޮރު ނެތް ނިކަމެތިންނަށް ކުރެވުނު މަލާމާތެއް

12 މާރިޗު 2019
ހިޔާ މަޝްރޫއު: ގެދޮރު ނެތް ނިކަމެތިންނަށް ކުރެވުނު މަލާމާތެއް
17 އޯގަސްޓު 2017

ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

17 އޯގަސްޓު 2017
ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް